ޏ. ފުވައްމުލަކުގެެ ގިރާ ސަރަހައްދުގެެ މައްސަލަ ހައްލު ކުރުމުގެެ މަސައްްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައއި ވެރިކަން ކުރާ އެމްޑީޕީގ ފަރާތުން ފުވައްމުލަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއެކު ވާޗުއަލްކޮށް ރޭ ބޭއްވި ބައްދަލުވުމެއްގައި އެެމަނިކުފާނު ވިދާޅުވީ ފުވައްމުލަކު ރަށް ގިރުމުގެ މައްސަލައަކީ އެ ރަށަށް ދިމާވެެފައިވާ އެެންމެ ބޮޑު މައްސަލަ ކަމަށާއި، އެ މައްސަލައަށް ހައްލެެއް ހޯދުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށެެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެ ރަށަށް ވަޑައިގަތުމުން ވެސް ރައްޔިތުންގެ އެންމެ ބޮޑު ޝާކުވާއަކަށްވީީ އެ މައްސަލަ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އޭގެ ފަހުން އަމަލީ މަސައްކަތް، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފެށުމަށް މި ވަނީ ތައްޔާރުވެފައި. ދުވަސްވީ ބޮޑު މައްސަލައަށް މި އަހަރުގެ ތެރޭގައި ހައްލެއް އަންނަން ފަށާނެ." ރައީސް ވިދާޅުވިއެވެ.

ބޭރުގެ ހިލޭ އެހީއާއެކު ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ޓެންޑަރިން މަސައްކަތް ކަމަށް އެމަނިކުފާނުު ވިދާޅުވިިއެވެެ. އަދި ބިޑު ބައްދަލުވުން އަންނަ މާޗު މަހުގެ ތެރޭގައި ބޭއްވުމަށް އަންނަނީ ތައްޔާރުވަމުން ކަމަށްވެެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކުގެ ގޮނޑުދޮށުގެ 2650 މީޓަރު ހިމާޔަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި ފުވައްމުލަކު ވަށައިގެެންވާ ނެރުތައް ބެއްދުމަށް މިހާރު އަންނަނީ ސާވޭއެެއް ވެސް ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ތޫޑު

    ތީހަމަ ތެދުވާހަކަ ފުޅެއްތޯ

  2. ރައްރިތުމީހާ

    އައްޑޫ އަތޮޅ ހިތަދޫ ގިރެމުންގޮސް ގެތައް ވެއްޓޭހިސާބައް ގޮސްހުރިއިރު އެކަމައް ހައްލެއް ނެތީތޯ؟