ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރި، ހާލަތު ގޯސްވަމުންދާތީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކުރާ މީހުންގެ ކްރިޓީރިއާ އަށް ބަދަލު ގެނެސްފިއެވެ.

ރާއްޖެ އިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 58 މީހަކު ވަނީ ނިޔާވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 15،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 2،000 އަށް ވުރެ މައްޗަށެވެ.

އަދި މިވަގުތު ހޮސްޕިޓަލްތަކާއި ފެސިލިޓީތަކުގައި 172 މީހުންނަށް ވަނީ ފަރުވާ ހޯދަމުންނެވެ. ސިއްހީ ތަޖުރިބާކާރުން އިންޒާރުދޭ ގޮތުން ނަމަ، ރާއްޖެ އަށް ވަނީ ތިން ވަނަ ރާޅެއް އަރައިފައެވެ. އަދި އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އަމަލުތައް ބަހައްޓަން ސިއްހީ މާހިރުން ވަނީ އިރުޝާދު ދީފައެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން (ތަހޭ) ވިދާޅުވީ "ވަގުތަށް" ވިދާޅުވީ ފެސިލިޓީ އަށް ގެންގޮސްގެން ފަރުވާދޭން ޖެހޭ މީހުންގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައެޅީ 55 އަހަރުން މަތީގެ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ.

ނަމަވެސް ބަލީގެ ހާލަތު ގޯސްވުމާ ގުޅިގެން މިހާރު ފެސިލިޓީއަށް ގެންގޮސްގެން ފަރުވާދެވެނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް މީހުންގެ އިތުރުން ހާލު ވަރަށް ބޮޑަށް ސީރިއެސްވާ މީހުން ކަމަށް ވެސް ތަސްލީމާ ވިދާޅުވިއެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ފެސިލިޓީގައި ފަރުވާދެމުންދާ ހުރިހާ އެންމެންގެ ހާލަތު ސިއްހީ ހިދުމަތްތެރިން އަންނަނީ ކޮންމެ ދުވަހަކުވެސް ވަޒަން ކުރަމުންނެވެ. އެގޮތުން ފެސިލިޓީީ ފުރި ބާރުވަން ފެށުމާއެކު ހުޅުމާލޭގައި ހުންނަ ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީއަށް ބައެއް ބަލިމީހުން ފޮނުވަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައްޔަށް ފައްސިވެފައިވާ މީހުންގެ ތެެރެއިން ހާލު ރަނގަޅު މީހެއް ނަމަ ހޯމް އައިސޮލޭޝަންއަށް ބަދަލު ކުރާ ކަން ވެސް ފާހަގަކުރެއްވިއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީ މިދިޔަ އަހަރުގެ ޖޫން މަހު ހުޅުވުމާ ހަމައަށް، ބައްޔަށް ޕޮޒިޓިވްވާ މީހުން ބޭތިއްބީ ފަރުކޮޅުފުށީގައި ހުންނަ ފެސިލިޓީގައެވެ. މި ބަލިމަޑުކަމުގެ ފުރަތަމަ ދެ ރާޅު ރާއްޖެއަށް އެރި އިރު، އެންމެ ގިނައިން ފަރުކޮޅު ފުށީގައި އެޑްމިޓް ކުރެވިފައިވަނީ ފަސްދޮޅަހަކަށް މީހުންނެވެ. އެއީ ދުވާލެއްގެ މައްޗަށް އެންމެ ގިނައިން ވެސް 15 ވަރަކަށް މީހުންނެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 60-30 ހަކަށް މީހުން އެޑްމިޓް ކުރެވިގެން ދާއިރު، ފެސިލިޓީތައް ފުރި، ހޯމް އައިސޮލޭޝަންއަށްވެސް 50-20 މީހުން ފޮނުވާލެވޭ ކަން ފާހަގަކުރެވެއެވެ.

އެނދުތައް ގާތްގަނޑަކަށް ފުރިފައި ހުރި އިރު، ބަލި މީހުންނަށް އެކަށީގެންވާ ވަރަށް ޑޮކްޓަރުންނާއި ނަރުހުން ނެތުމުން ސިއްހީ ހިދުމަތްތެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބަލި ހާލަތު ކިރިޔާ ވެސް ރަނގަޅު ނަމަ ހޯމް އައިސޮލޭޝަންއަށް ފޮނުވާލާ ކަމަށްވެއެވެ.

ނަމަވެސް އެ ހުސްވާ އެނދުތައް ވެސް ވަގުތުން ފުރިގެންދާ ކަމަށް ހުޅުމާލެ ފެސިލިޓީގައި މަސައްކަތް ކުރާ ނަރުހެއް "ވަގުތު" އަށް ވިދާޅުވިއެވެ.

"ކިރިޔާވެސް ރަނގަޅު މީހެއް ނަމަ ގެޔަށް ފޮނުވާލާފަ ހައިރިސްކް މީހުންނާށާއި ބަލީގެ ހާލަތު ގޯސް މީހުންނަށް މިހާރު ބޮޑަސް އެ އިސްކަން ދެނީ. ހާލަތު މިއަށް ވުރެ ގޯސްވާނެ ހެން ހީވަނީ. ވަރަށް ބިރުން މި ހުންނަނީ މީހުން ހުސްވާ ވަރަކަށް ގެންނާތީ. ޕޭޝެންޓުންނަކަށް އަސްލު ފުރިހަމައަށް ފަރުވާ ނުވެސް ދެވޭ މިހާރު، ނަރުހުންނާއި ޑޮކްޓަރުން މަދުކަމުން" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން އެ ނަރުސް ކިޔައި ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ހުޅުކޮޅު

  ކޮބާތަ ސަރުކާރުން ބުނި ފްލޯޓިން ހޮސަޕިޓަލް؟

  15
  1
  • މރޔ

   ވާސްޓް ސިޓުއޭޝަންގަ ފްލޯޓިން ހޮސްޕިޓަލް ގެއްނާނެ. ހާސް ނުވޭ

 2. ސަމްވަން

  ގޭގައި ޕޮޒިޓިވް ވެގެން ބަހައްޓާފައިވާ ބައެއް ފަރާތްތަކަށް ފަރުވާ ނުދޭކަން ފާހަގަ ކުރަން

  15
  1
 3. ނުސައިބާފާރކް

  ގައުމު މިހާލަތަށް ވައްޓާލީ ވެ ރިކަމުގައިތިބި ހ ރާންކޯ ރުން!! ކޮންހާ ވާހަކައެއްދައްކާކަށް!!

  22
  2
 4. މާމީ

  ކޮބާތޯ ވެންޓިލޭޓަރުތައް؟ ކާލީ ކޮބާ ފުލޯޓިން ހޮސްޕިޓަލް؟؟ ހޮސްޕިޓަލް ތައް ފުރޭވާހަކަ ނުދައްކާ ސަރުކާރުގެ ފަރުވާ ކުޑަކުރުމުގެ ސަބަބުން މިހެންމިވަނީ...

  17
  2
 5. ސިނެކް

  އިގިރޭސިވިލާތުން އައި ރޯޔަލް ބަޔަކު މިގައުމުއަނދަވަޅަކަށްވައްޓާލީ މީހަގީގަތް

  14
  1
 6. ފާރިސް

  ތިތަނައް ގެންދިޔަސް ފަރުވާއެއް ނުދޭ.ދޮށީ އުމުރުގެ މީހުން ތިތާ އޮވެ ހިތްދަތިވެގެން މިދުނިޔެ އަޅާ ދަނީ.

  12
  1
 7. ހުސޭނުބޭ

  1 އަހަރުން ކޮވިޑަށް 2 ބިލިއަން ރުފިޔާ ޚަރަދުކުރުމުން މިވަރަށް ބެކާރީވާންޖެހޭތަ؟ ތި ލާތިތައް ވަތް ތަނެއް ސޯލިބެޔަށް އެނގޭނެ! އެޗްޕީއޭއިން ބުނި އެންމެ ނާޒުކު ހާލަތަށްވެސް ތައްޔާރޭ! ކަމަކާޖެހުނީމާ މިއޮތީ ހަމަ ސޯމާލިޔާ! ކެކެކެކެކެކެކެ

  12
  2
 8. ޗޮއްޓުގުރާމް

  ވީއައިޕީ ފެސިލިޓީގަ އަދި އެބަހުރި ވާރަވަށް ޖާގަ. އެކަމަކު އެވާހަކަ ނުދައްކާތި!
  ވެންޓިލޭޓަރުތައް އަދިވެސް ނާދޭ. ވެކްސިންފެ ދެވަނަ ޑޮޒުވެސް ވާނީ އެހެން. ކުދިންނޭ މަންމަޔަށް ބައްޕަޔަށް ޖެހިއްޖިއްޔާ ގޭގައި ބަލަހައްޓައިގެން ތިބެން ޖެހޭނީ.......
  މޯލްޑިވުސް!
  ސަނީ ސައިޑު އޮފު ލައިފު!

 9. ސިޔާސީ

  ބޭކާރު ވާހަކަދައްކާނެ ކަމެއްނެތް، ކަލޭމެން ބޭނުމެއްނުވޭ މީތި މިގައުމުން ކޮންޓްރޯލް ކުރާކައް، ބޮޑުން ޗުއްޓީގަ ދަނީ ކޮވިޑް އެއްމެ ނުރައްކާ ކަމައްބުނާ ގައުމުތަކައް، އެމީހުން ޗުއްޓީން އަންނަންވާއރައް މައިމޫނާ ދަނީ އުސޫލު ބަދަލުކުރަމުން، ބޭރުން އަންނަމީހުން ކަރަންޓީނު ވާންނުޖެހޭގޮތައް، އެމީހުން އަންނަނީ ހުރިހާރާޅެއް ހިފައިގެން، ދެން ކޮން ރާޅެއްގެ ވާހަކަ ދައްކާކައް، އަހަރެމެން ނިކަމެތި ރަތްޔިތުންނައް ހުރިހާ ނުހޮރުއްޕާނެއް، ޖުރިމާނާ ކުރުމުގެވެސް ހައްދެއް ނެތް، ހިލޭލިބުނު އެހީތައްވެސް ކައިފި ހީވަނީ އީދެއް އައިސްގެން އުޅޭހެން، ދައުލަތް އެއްމެނައް ބަހަނީ