އޭޝިއަން ފުޓުބޯލް ފެޑެރޭޝަން (އޭއެފްސީ) ގެ އިންތިޚާބުގައި އެފްއޭއެމްގެ ފަރާތުން ވާދަކުރެއްވި މަރިޔަމް މުހައްމަދު (މާޔަން) ގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ބަލައިދޭން އެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އޭއެފްސީއާ ދެކޮޅަށް ދުނިޔޭގެ ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް މަޔާން ހުށަހެޅި މައްސަލާގައި އަލުން އިންތިޚާބު ބާއްވަން ނުނިންމި ނަމަވެސް އިންތިޚާބުގައި ހިނގައިދިޔަ އެތައް ގޯހެއް ފާހަގަކޮށްފައިވާ ކަމަށެވެ.

މާޔަންގެ އިތުރު ޝަކުވާތަކެއް ވެސް ހުރި ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. މި ގޮތުން އެ އިންތިޚާބުގައި އޭނާ ތަމްސީލް ކުރި ދިވެހި ފުޓުބޯޅައިގެ ފެޑެރޭޝަން، އެފްއޭއެމްގެ ވެރިންގެ ފަރާތުން އޭނާއަށް ހުރަސްތައް ކުރިމަތިވެފައިވާ ކަމަށް ބުނެ އޭނާ ކުރި ޝަކުވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން މި ކަން ހިނގައިދިޔަ ގޮތް ބަލައިދިނުމަށް، އިޖްތިމާއީ ކޮމިޓީއަށް މި ކަން ފޮނުވަން މަޖިލީހުގެ އަމީންއާންމު [ފާތިމަތު ނިއުޝާ] ގެ އަރިހުން އެދޭނަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އިއްޔެ އެމަނިކުފާނު ވަނީ މާޔަން އާއި ބައްދަލުވެސް ކުރައްވައިފައެވެ. އެ ދުވަހު ރައީސް ނަޝީދާއި ބައްދަލު ކުރެއްވުމަށް ފަހު ވެސް މާޔަން ޓްވީޓް ކުރިއެވެ. އަދި ފަހުން މިއަދު ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގެ ވީޑިއޯއެއް ހިއްސާ ކުރަމުން ވެސް ޓްވީޓެއް ކުރިއެވެ. އޭނާ ބުނެފައިވަނީ މަޖިލީހުން އެ މައްސަލައަށް ރިއާޔަތް ކުރާތީ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

މާޔަން ތުހުމަތުކުރަނީ އޭޕްރީލް 2019 ގައި އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އަށް އޭނާއާ ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބު ހޯދައިދޭން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި ކަމަށެވެ. ކަންކަން ނިންމުމުގައި ރަސްމީ އިދާރާތަކުން ޖިންސުގެ ތަފާތުކުރުންތައް ގެންގުޅުނު ކަަމަށެވެ.

މި އިންތިޚާބުގައި ޖިންސީ ތަފާތުކުރުން ހުއްޓުވިފައިނުވާ ކަމަށް ކުޅިވަރާ ބެހޭ ދުނިޔޭގެ އެންމެ މަތީ ކޯޓުގެ ނިންމި ނިންމުމުގައި ވެއެވެ. އަދި 2019 ގައި ކުރިއަށް ދިޔަ އިންތިޚާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ކަނޑައަޅާފައިވެއެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން އިންތިހާބު އަލުން ބޭއްވުމަށް މާޔަން ހުށަހެޅި ހުށަހެޅުން ވަނީ ބޭރުކޮށްލާފައެވެ. އެ ބަޔާނުގައި ވަނީ އެދިފައިވާ ގޮތަށް އިންތިޚާބުގެ ނަތީޖާތައް ބާތިލުކުރުމުގެ ބާރު އެ ކޯޓަށް ނެތް ކަމަށެވެ.

މިކަމާ ގުޅިގެން މާޔަން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ ހުށަހެޅި މައްސަލައިގައިވާ ކަންތައްތައް ސީއޭއެސްއަށް ސާބިތުވެފައިވާތީ އެކަމާ އުފާކުރާ ކަމަށެވެ. އެކަމަކު ކަންބޮޑުވާ ކަމަކީ އޭއެފްސީގެ އެ އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ނުނިންމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ބުރުނީ

  އޭއެފްސީ ނުބުނޭބާ ތިދައިތަ ހީވަނީ އެއްޗެއް ބޮއިގެން އުޅޭ ދައިތައެއްހެނޭ.

  47
 2. ނަައީމް

  އުރަތްޕެއްނެތްމަޖިލިސްމެންބަރުންލައްވާއައްނި ނާޗަރަންގީވެސްކުޅޭނެ ހިތުހުރި މައްސަލައެއްބަލާ ނުބަލާ ތިޔަ މަޖިލިސް ބޭކާރުތަނަކައްހަދައިފި ކޯޓްތަކުގެ ބޭނުނުމެއްނެތް މީނާ ގަޔާވަ މީހެއްގެ ކަމެއްވީމާ މަޖިލީހުންވެސް ބަލަާ ރައްޔިތުންނޭވިސްނާ މިފަހަރު ރުކަށް ވޯޓްއަޅާ

  60
 3. މަސީހު

  މަޖުލިހުން މިކަމާދޭތެރޭ ވިސްނާލުމް ބުއްދިވެރި ހުރިހާކަމަކައް އަތްބާނަންހަދައިގެން ރާއްޖެފުޓުބޯޅައިން ސަސްޕެންޑްކޮއްފާނެ

  48
 4. އަހްމަދު

  އެކޯޓުންއެގޮތައްނުނިންމިއަސް މަޖިލީހުގެކޮމެޓީން ތިމައްސަލަނިންމާ އޭއެފްސީގެ އިންތިހާބު ބާތިލުކޮށް ނަޝީދުގެ ލޯބިވެރިޔާއެކޯޓުގެ ފަޑިޔާރެއްގެގޮތުގައި ހަމަޖައްސާ މައްސަލައަލުން ބަލަންފެނޭ

  37
 5. ފިޔަވަޅު

  މިމީސްމީހުންގެ ހުރިހާ ކަންބޮޑުވުންތަކެއް މިމީހުން ވަރަށް އިސްކަމެއް ދީގެން ބަލާނެ.
  އެ ވަރިހަމަ ކުޑަކޮށް ބަނޑު ހަރުވިޔަސް.
  އެކަމް އަހަރެމެން ކީއްކުރާނީ .
  ފްލެޓް ގަނޑު ގެއްލިގެން ވެސް ރޮއި ރޮއި ތިބްން މި ޖެހެނީ

  25
  1
 6. Anonymous

  ނަޝީދު ނޫނީނެތެއްނު ކަމެއްވާމީހެއް.
  މިހާރު ދެން ނަޝީދުގެ މައްސަލަ އެއްވެއްޖެއްޔާ ބަލާނީ ކޮންތާކުން ބާ؟
  ހިތްތަކުގެ އެންމެ މަތީ ރައީސް. ޝުކުރިއްޔާ ރައީސް ނަސީދު

  7
  21
 7. ބަބުކެޔޮ އިއްބެ

  މީތަ ސޫސަން އެބުނާ ފްރެންޑަކީ. މިމީހާއަށް މިކަމެއް ނުވެގެންދޯ ސޫސަން ވެސް އެވަރެއް އެރުވީ. އެހެންތާވާނީ ވެސް އެއްކުޅިވަރެއްގެ މީހުންވީމަ

  12
 8. ވަހީދު

  އޭއެފްސީ އެއީ ކެނެރީގެ ބޮޑުއަށި ދޮށުން ހިގާ ތަނެއް ނޫން. ޖޭއެސްސީ ހިސާން ބޮޑުއަށި ދަށަށް ވައްދާގެން ހިންގިއަސް އޭއެފްސީ އެއީ އެހެންވާ ތަނެއް ނޫން. ހަޖަމް ކޮށްލަބަލަ

  13
 9. ހަޑިމިލޭރު

  މިކަހަލަ ދެއުޅިއެއްނުވާ މައްސަލަތައް އުފައްދާ މައްސަލަ ބަލާ ވަގުތުބޭކާރުކުރުން މީނާގެ ކަމަކީ.

  12
 10. ފަރުހާދު

  ދެން މަޖިލިސް އިންތިހާބެއް ބާއްވަދެން ވީނުންތޯ. އޭރުން އިންތިހާބެއްވެސް ލިބުނީ ނޫންތޯ. މަޖިލީހަށް ހުށަހަޅާއިގެން އިންތިހާބެއް އެންމެ ފަސޭހަމަގުން ކުރެވޭނެކަމަށް ފެންނަ ގޮތަކީ އެއީ ދެއްތޯ؟

 11. އާސިދާ

  މީ މީނަގެ ދެބެންގެ ދެދަރި ކޮށްކޮ އޮތަ..

  13
 12. ބިންގޯ

  ވީ ގެއްލުމަށް ފައިސާގެ ބަދަލެއް ލިބޭތޯ ފައިސާ ލިބުނީމަ މައްސަލަ ނިމޭނެ.

 13. ޑިންޑިން ކޮވެލި

  ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަނޖިސް މަޖިލިސްގެ ނަޖިސް ރައީސް މުޅި ގައުމު ނަޖިސް ކޮށްފި.

 14. އަޙްމަދު

  ދުވަހަކުވެސް ބުރުގާ އެޅި މީހަކާއެކު މި އަންނި ފޮޓޯނަގާފައި ހުއްޓައެއް ނުފެނެއެވެ. މިއީ ކީއްވެ ވާކަމެއްބާއެވެ.