ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުމުގެ ހުއްދަ ދިން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ އަލީ ވަހީދު ފުރުން މަނާ ކުރި ހުކުމް ބާތިލްކޮށް ފުރުމުގެ ހުއްދަ ދިނުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި، ގާނޫނު އަސާސީއާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުއާރަތްތަކާ ޚިލާފު ވެފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

މި ގޮތުން އެ އަމުރު ނެރުމުގައި ދައުވާ ލިބޭ ފަރާތް ކަމުގައިވާ އަލީ ވަހީދުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމަށް ހުރަސް އެޅޭ ގޮތަށާއި އެފަދަ ޖިނާއީ ދައުވާ އުފުލޭ އެހެން ފަރާތްތަކާ މެދު އަމަލު ކުރާ ގޮތާ ތަފާތު ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

އަލީ ވަހީދަށް ނާޒާއިދު ފައިދާތައް ހޯދައި ދިނުމުގެ ގޮތުން އަދުލު އިންސާފުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ތުހުމަތު ވެސް މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު މައްޗަށް ކޮށްފައިވެއެވެ.

މި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދުގެ މައްސަލައެއް މީގެ ކުރިން ވެސް ޖޭއެސްސީއިން ބެލިއެވެ. އެ މައްސަލަ އަކީ ވެސް ޖިންސީ ފުރައްސާރަ މައްސަލައާ ގުޅިގެން އޭނާ ނިންމެވި ނިންމެވުމުގެ މައްސަލައެކެވެ. އެ މައްސަލާގައި އެކަމަކު ޖޭއެސްސީއިން ނިންމީ ފިޔަވަޅެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ބަދަލު ކުރުމެކެވެ. ޖޭއެސްސީގެ އެ ނިންމުމަށް އާންމުންގެ ފާޑުކިއުންތައް ވަރަށް ބޮޑަށް އަމާޒުވިއެވެ.

މި މައްސަލަ ތަހުގީގު ކުރުމަށް ޖޭއެސްސީގައި ތަހުގީގު ކޮމިޓީއެއް ވެސް މިހާރު އެކުލަވާލާފައިވާއިރު މި މައްސަލަ ބަލަން ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ފަރާތުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރައާއި ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ކުށްތަކުގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރާވަޑައިގެން ދިޔައީ މި މަހުގެ ނުވަވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ކްރިމިނަލް ކޯޓުން ހުރި ހުކުމުގެ ލިޔުމެއް ލީކުވިއިރު ލިޔުމުގައި ފުރަތަމަ އޮތީ އަލީ ވަހީދު ފުރުވާލުމުގެ ހުއްދައަށް އެދުނީ ދައުލަތުން ކަމުގައެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ކަން ދޮގުކުރައްވައި ވިދާޅުވީ ދައުލަތުން ވަކާލާތު ކުރެއްވީ އަލީ ވަހީދު ފުރާވަޑައިގެންފިނަމަ ފިލައިގެން ދާނެ ކަމަށް ބަލައެވެ. އަދި ކްރިމިނަލް ކޯޓުން ވެސް ވިދާޅުވަނީ އެއީ ލިޔުމުގެ ކުށެއް ކަމުގައެވެ.

އަލީ ވަހީދު ފުރުވާލުމާ ގުޅިގެން ސަރުކާރަށާއި ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އަލީ ވަހީދު ފުރުވާލި ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމުންނާއި މައްސަލަ ބެއްލެވި ގާޒީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން ވެސް ޕީޖީއަށާއި ދައުލަތަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. ރަދީފް

  ސާބަހޭ ޖޭއެސްސީ.މިފަހަރު ރަނގަޅަށް މައްސަލަ ބަލާތި.

  8
  5
  • ހުސް

   ނުބެލޭނެ ނުވެސް ބަލާނެ ހުސްވަގުން ތީ ޔަހޫދީ ހިޔަޅުން މޮޔަވެފަތިބި ދިވެހިންގެތެރޭގަ ތިބި ރީދޫހުންޖެހިފަތިބި މީހުން ބާރަށް އަތްޖަހާ ކީއްކުރާނީ ސަދުމުގެ ފަނޑިޔާރުން ގިނައީ ވެކްސިނުން ވައްކަން ނޭވާހޮޅިން ވައްކަން ސިފައިން ނަށް ދިން ލާރިކޮޅުން ވައްކަން އިންޑިޔާގެ ޕޮރޮޕެގެންޑާއިން ވައްކަން ކަރަޕްސަން %1000 ގަ

 2. މާމީ

  އަލީވަހީދު ފުރާކަން މިސަރުކާރުގެ ވެރިންނަށް ނޭނގިތޯ؟ އެއަރޕޯރޓުގެ ވީއައިޕީ އިން އަލީވަހީދު ފުރާގެން ދިއައީ؟؟ ރައްޔިތުން ނައް އޮޅުވާ ލަންނޫޅޭ..

  23
 3. އަޙްމަދު

  މީ ކުޅޭ ޑްރާމާއެއް!

  26
 4. އިއްސޭ

  ހަސަން ސައީދޫ. މަގޭ ބަފާކަލޭގެ އަތުން ރިސްވަތު ކައިގެން ކައޭ ސަރިޔަތްކުރި ހަނދާން އެބަހުރިތަ؟ ހީވަނީ ސަރިޔަތަށްދާ ކޮންމެ މީހަކު ހަސަނުމެންނަށް ދަރާ ވިކިފަ ތިބޭހެން.

  16
  1
 5. މަބޭ

  އަލީވަހީދު ފުރުވާލުމުގަ ސަރުލާރުގެ %100 އިހުމާލުއެބައޮތް މިހާރުމިކުޅޭ ޑުރާމާއަކީ އެހެންބަޔެއްގެ ބޮލުގަމިކަންއަޅުވާ ސަރުކާރު ބޯދަމައިގަތުމައް ކުރާމަސައްކަތެއް

  21
  1
 6. ޕީޖީ އާއި ގާޒީ

  ކޯޓުތަކުން ބައްލަވަމުންގެންދަވާ މައްސަލަތަކުގައި ގާޒީ ނިންމަވާގޮތަކީ ޕީޖީ އެދޭގޮތާއި ހިލާފަށް ނިންމަވާ ނިންމެވުމެއް ނަމަ، ކޮންމެ ފަހަރަކު ގާޒީންގެ ސުލޫކީ މައްސަލަ ޕީޖީ އިން ޖޭއެސްސީއަށް ހުށަހާޅާ އަދުލު އިންސާފުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުކުރުން ނޫންގޮތެއް ނެތީތޯ؟ އެހެންކަމުން ކޯޓުތަކުގައި ގާޒީންގެ ދައުރަކީ ކޮބާތޯ؟ ގާޒީންނަކީ ޕީޖީ ވިދާޅުވާކޮންމެ ގޮތަކަށް ކަަންކަންކުރަން ތިއްބަވާ ބައެއްތޯ؟ އަދުލު އިންސާފުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކުރަނީ ގާޒީތޯ ނުވަތަ ހަގީގަތުގައި ޕިޖީތޯ؟

  14
  2
 7. އަލީ

  ކޮބާތަ ގޮދަޑިދަށުން ފެނުނު ޑޮލަރުތައް އެދުވަހު ބުއްޅަމެން ބުނީ ދޮގެކޭ ހަސަނާ މެން ކަމެއް ނުކުރާނެއޭ ބަލަ މިއޮތީ 0 ޓޮލަރެންސުގަ

  14
 8. ޖަންޕު

  އެމްއެމްޕީއާރުސީގެ ފައިސާއަށް ޚިޔާނަތްތެރިވި އަހްމަދު އަދީބު އަބްދުލްޣަފޫރު ދެމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް ޖަލަން ލާން ހުކުމްކުރީވެސް ގާޒީ ހަސަން ސައީދު. އޭރު މިގާޒީ ވަރުކަމެއްނެތް، ކުޅަދާނަ ގާޒީއެއްކަން ސާބިތުކޮށްދިނުމުން އަނެއްކާވެސް ބޮޑު ކޭސްއެއް ހަވާލުކުރެއްވުމުން މިފަހަރު ގާޒީ އަމަލުކުރެއްވި ގޮތް ޕީޖީ ހިތްޕުޅާނުވުމުން އިނގެނީ ޕީޖީ ކަމެއް ފޮރުވަން ރައްޔިތުންނަށް އުޅޭކަން. މިއަދާ ހަމައަށްވެސް މިކޭސްގެ ހަގީގަތް ރައްޔިތުންނަށް ނޭނގެ. ކަންހިނގާފައިވާގޮތް ކަށަވަރުކޮށްދެވޭނެ އެއްވެސް މީހެއްނެތް.

  11
 9. ޙަސަނު

  ޙަސަނަކީ މިގޮތައް މީހުން ހުރުވާލަން ވަރަށް ކުޅަދާނަ ޤާޟީ އެއް.

 10. ކޯޓު

  ފަނޑިޔާރުންގެ ބޭނުމެއްނެތް، ފަނޑިޔާރުންގެ މައްސޫލިއްޔަތު އަދާކުރަން ދަތިވާނެހެން ޕީޖީގެ ނުފޫސް. ޕީޖީ ފަނޑިޔާރުކަންވެސް ކުރަށްވާ!

 11. ހާލަތު

  މީނަގެ މައްސަލަވެސް އުޅޭނެ.....އެކަމު ކަތިލާ ކަންބަޅިޔަކައް ނުހަދާ.......ޑރ. އަކު ފުރާނަެަށް ނުރައްކާ ވެއޭ ބުނީމަ ނިހިފެހެއްޓޭނެ. .ސަބަބަކީ ހިފަހައްޓައިގެން ލިބޭ ގެއްލުންވެސް އަޅުވާނީ މިސޮރުގެ ބޮލުގަ......ފޮނުވުންވެސް ގޯސް....ނުފޮނުވުންވެސް ގޯސް

 12. އަހައްމަދޫ

  ދެން ކޯޗެއް ބަލާކަށް. އެންމެން ރާވައިގެން ފުރުވައިލައިގެން