ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޓިކްޓޮކަށް ވަން ހަބަރު ވެފައި ވަނީ އެތައް ބަޔަކަށް ޖޯކަކަށެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ޓިކްޓޮކްއަށް ވަދެފައި މި ވަނީ ވަރަށް މުހިންމު ބޭނުމެއްގައެވެ.

މިހާރު ގިނަ މީސް މީޑިއާގެ ގިނަ ޕްލެޓްފޯމްތައް މެދުވެރިކޮށް އެޗްޕީއޭއިން މައުލޫމާތުތައް ދެމުންގެންދާއިރު، ޓިކްޓޮކް ބޭނުން ކުރަން ފެށީވެސް އެފަދަ ޕްލެޓްފޯމްތައް ބޭނުން ނުކުރާ ޒުވާނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށެވެ. މިހާރު ދިވެހިންގެ ތެރޭގައި ޓިކްޓޮކް މިއީ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ޕްލެޓްފޯމެކެވެ.

އެޗްޕީއޭއިން ޓިކްޓޮކްއަށް ވަދެފައި ވަނީ ކޮވިޑް-19ގެ މައުލޫމާތުތަކާއި، ވެކްސިންއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ދިނުމަށެވެ. އެގޮތުން މިހާރުވެސް އެޗްޕީއޭއިން ވަނީ ޓިކްޓޮކްއަށް ދެ ވީޑިއޯއެއް އާއްމުކޮށްފައެވެ.

އޭގެ ތެރެއިން އެއް ވީޑިއޯއިން ފެނިގެން ދަނީ ވެކްސިން ޖެހުމަށް ގޮސް، ކަންތައް ކުރަން ޖެހޭ ގޮތެވެ. އެ ވީޑިއޯގައި ފެނިގެން ދަނީ މަޝްހޫރު ޕްރެޒެެންޓަރ މޫސާ ވަސީމެވެ.

@hpa_mv

Storytime: How Moosa got vaccinated #COVID19Dhifaau #AaUmmeedhu #Covid19

♬ Moosa Waseem Vaccination journey - Health Protection Agency

މީގެ ހަތަރު ދުވަސް ކުރިން އާއްމު ކުރި އެ ވީީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ. އެ ވީޑިއޯއަށް މިހާތަނަށް 1185 ލައިކް ލިބިފައިވާއިރު، 28،000 އަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ.

މީގެ އިިތުރުން، އިއްޔެ އެޗްޕީއޭއިން އާއްމު ކުރި ވީޑިއޯއަކުން ފެނިގެން ދަނީ މީހަކު ސައިކަލެއްގައި ދާ ތަނެވެ. އަދި އޭނާއަށް މީހަކު ހަރު ނުޖަހާ ސައިކަލު ދުއްވާތަން ފެންނައިރު، އޭނާ އެ މީހާ ހުއްޓުވައެވެ. އޭނާ ހުއްޓުވުމުން ފެނިގެން ދަނީ މާސްކް ދަތްދޮޅީގައި އަޅުވައިގެން ހުންނަ ތަނެވެ. ވަގުތުން އޭނާ ވަނީ އެ މީހާއަށް މާސްކް އެޅުމަށް ހަނދާން ކޮށްދީފައެވެ. އެ ވީޑީއޯގައި އެ މީހާ ބުނަނީ "ބްރޯ މާސްކް" މިހެންނެވެ.

@hpa_mv

Bro

♬ Bro - Health Protection Agency

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު، މިހާރު މުޅި ރާއްޖޭގައި މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ.

އެޗްޕީއޭ އިން އާއްމުކުރި އެ ވީޑިއޯއަށް އެއް ދުވަސް ތެރޭގައި 41،000 އަށްވުރެ ގިނަ ވިއުސް ލިބިފައި ވެއެވެ. އަދި 1805 ލައިކްސް އާއި 100 އަށްވުރެ ގިނަ ކޮމެންޓްސް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަނާ

    ވެކްސިން ޖަހައިގެން 15ވަ ރަކަށް މިނިޓް ކިޔޫގަ ކިތައް މިނިޓް ތޯ؟

  2. ހިޖާމާޖެހި

    ތިވިޑިޔޯ ޕޮލިހަށްވެސް ފޮނުވާބަ. ހަނދާންކޮށްދޭން

  3. ބޯގޯސް

    އެޗްޕީއޭން ވެސް މިކުޅި ކުޅެންފެށީތަ ލޮލް