ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ގުޅިގެން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ މޯލްޑިވްސް ނިއުސް ނެޓްވޯކު (އެމްއެންއެން) އިން ޝާއިއުކުރި ލިޔުމަކާ ގުޅިގެން އެކަމަނާގެ ކިބައިން މައާފަށް އެދެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އަންގައިފިއެވެ.
އެމްއެންއެންއިން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޝާއިއު ކުރި ހަބަރެއްގައި ވަނީ މެޑަމް ފަޒްނާއަށް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން ލޮނުޒިޔާރަތް ކޮޅުގައި ތަރައްގީ ކުރި ޕާކަށް ގަސް ވިއްކީ ފަޒްނާގެ ހިއްސާ އޮންނަ ކުންފުންޏަކުން ކަމަށާއި އަނެއް ހިއްސާދާރަކީ ސްރީލަންކާގެ ރައްޔިތެއް ކަމަށް ވަނީ ބުނެފައެވެ. އަދި އަޑި ޕާކަށް ގަސް ފޯރުކޮށްދިނީ މާކެޓްގެ އަގުތަކަށް ވުރެ ދެ ގުނަ ބޮޑުކަމަށްވެސް ވަނީ ބުނެފައެވެ.
އެ ހަބަރު ޝާއިއު ކުރުމާއި ގުޅިގެން ފަޒްނާގެ ފަރާތުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.
އެގޮތުން އެކަމަނާ ވިދާޅުވީ، އެ ހަބަރު ޝާއިއުކޮށްފައި ވަނީ އޭގެ ސަބަބުން އެކަމަނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ކަމަށެވެ.
ބްރޮޑްކާސްޓު ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު ކަމެއް ކަމަށް ބުނެ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވަނީ އެކަމަނާގެ ވަކީލުންގެ ޓީމުންނެވެ.
އެ މައްސަލައިގައި ސުލްހަވެރި ހައްލެއްގެ ގޮތުގައި، ފަޒްނާގެ ފަރާތުން އެދުނީ، އާޓިކަލްއާ ގުޅިގެން އެކަމާނާގެ އަރިހުން މައާފަށް އެދި، އެމްއެންއެންގެ ފަރާތުން އެކަން އާންމުކޮށް އިއުލާނުކުރުމަށެވެ.
މި މައްސަލަ މީޑީއާ ކައުންސިލުން ބަލައި ނިންމާފައިވަނީ އެމްއެންއެންއިން އަމަލުކޮށްފައި ވަނީ މީޑިއާ ކައުންސިލުގެ ގާނޫނާއި ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް ކަމަށެވެ. އެހެން ކަމުން އެ ކައުންސިލުން އަންގާތާ ތިން ދުވަހުގެ ތެރޭގައި ފަޒްނާގެ ކިބައިން މަައާފަށް އެދުމަށާއި، މައާފަށް އެދުނުކަން ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އާންމު ކުރުމަށް ވަނީ އަންގާފައެވެ.
މީޑިއާ ކައުންސިލްގެ ގާނޫނަށް ބަލާއިރު، މީޑީއާއަށް ލިބޭ މައުލޫމާތަކީ އެއި ތެދު މައުލޫމާތެއްތޯ ބެލުމަށާއި އެކަން ނުބަލައި ޝާއިއު ނުކުރުމަށް އަންގާފައި އޮވެއެވެ.
ޜާއްޖޭގަ އަބުރުގެ ގާނީނެއް އޮވޭތަ މިހާރު ؟
އެދެންޖެހެނީ ރޯޔަލް މަޢާފެއްތަ؟
" އެގޮތުން އެކަމަނާ ވިދާޅުވީ، އެ ހަބަރު ޝާއިއުކޮށްފައި ވަނީ އޭގެ ސަބަބުން އެކަމަނާގެ އިއްޒަތާއި އަބުރަށާއި ގަދަރަށް އުނިކަން ލިބި މުޖުތަމައުގައި އެކަމަނާއާ މެދު ނުބައި ތަސައްވަރެއް އުފެދިދާނެ ފަދަ ގޮތަކަށް ކަމަށެވެ. " ހަޖަމް ކޮށް ނުލެވުނެއްނު ބަލަ 2013 އިން 2018 އަށް ތިޔަބައިގަނޑުން ނޭ އޭރުގެ ފަސްޓްޅޭޑީ ގެ އަބުރު ކަތިލަމުން ހޯބޯ ލަވަމުން ދުވީ. ދެ އަހަރު ވީ އިރު މިހާރު ހަޖަމް ނުވެގެން ތި ދުވަނީ. އެހެން ވީމައޭ މެޑަމް ފާތުން ނަކީ މިޤައުމުދުއް ހަޤީޤީ ފަސްޓްލޭޑީ އަކަށް ވަނީ.
ތާހިރުވެއްޖެ މިހިރަކަނަކަން ވަމުންދާގޮތް ނިކަންވިސްނާ ފިކުރުކޮއްބަރަ ރައްޔިތުންނޭވޭ.....
މިފަހަރު މިއޮތީ އަބުރުފުޅުވެފަ އަދިމިކަމުގެހަގީގަތް އެންގި މިނޫހުގެވެރިން ހީރޯއިންނައްވާނެ
މެޑަމް ބަނޑިބުރާސްފަތި ފަޒުނާ 3 ނޮވެމްބަރ 1988 ، 19 ދިވެހިންގެ ލޭބޯލީ
ނުޖެހޭނެ
ތިޔައީ ޢަބުރެއް އޮތް މީހެއްނޫނެވެ. ބާޣީއެކެވެ.