އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގައި ހަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް އެ ކޯލިޝަނުން ކުރަމުންދާ ސުލްހަވެރި އިހްތިޖާޖުތައް
ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިގޮތަށް ބުނެފައި ވަނީ، އެ އިހްތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު
އިސްމާއީލް ވަގުތުން ދޫކޮށްލުމަށް ގޮވާލައި، ނެރުނު ބަޔާނެއްގައެވެ.

އެ ކޯލިޝަނުން ބުނީ، އެ ކޯލިޝަނުން އިއްޔެ ހަވީރު ސުލްހަވެރިކަމާއެކު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގައިވާ ގޮތުން މަތިން އިހްތިޖާޖު ކުރަމުންދަނިކޮށް ފުލުހުންވަނީ އިހްތިޖާޖުގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށެވެ. އަދި ހައްޔަރު ކުރި މީހުންގެ ތެރެއިން މެމްބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް މިއަދު ކޯޓުން ތިން ޖަހާފައިވާތީ، އެކަން ކުށްވެރި ކުރާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އޭނާ ވަގުތުން ދޫކޮށްލުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހުމަކީ މިސަރުކާރު ވަރަށްބޮޑަށް ބަލިކަށިވެ ހަދާނެގޮތް ހުސްވެގެން
ވާދަވެރި ކޯލިޝަންގެ އަޑު ކަނޑުވާލާ ބިރުދެއްކުމަށް ހިންގި ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި ޖުޑިޝަރީ ޙިސާރުކޮށް
ސަރުކާރުގެ ޚުދުމުޚުތާރު ކަން މުޅި ސިސްޓަމްގެ ތެރެއަށް ބާނާލާފައިވާކަން ސާފުކޮށްދޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

"މުހައްމަދު އިސްމާޢީލް އާއި މި ކޯލިޝަންގެ އިސްސަފުގައި ޙަރަކާތްތެރިވާ އެންމެން ހައްޔަރު ކުރިއަސް މި ކޯލިޝަނުން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖުތައް ހުއްޓާނުލާ ކުރިއަށްދާނެ. އަދި މިސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކުރަމުންދާ މަސައްކަތް
އްޓުމެއްނެތި ކުރިއަށް ދާނެ". އިދިކޮޅު ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ކޮވިޑް

  ސަރުކާރުން ހެދޭނެ އެންމެ ޅައެތި އަޅަމުން ތިދަނީ . ގަޓް އެމްޕީ މުހައްމަދު
  އިސްމާއީލް. ބްރޯ ތިންދުވަސް ތެރޭ ޖަލު ކައްކުވާލާ. ފްރުސަތުގެ ބޭނުން ވާނެ ހިފަން އެމްޕީ. ސަރުކާރުން ބަޔަކު ރާވައިގެން އިބޫ އަށް ލަނޑުދޭން ކުރާކަމެއް ދޯ ތީ ؟ޖަލުގަ ތިބި މީހުން ހަލަބޮލިކުރުވަން އިމްރާން އަޑީގަ ހުރެގެން ކުރުވާ ކަމެއް ހެން ހާދަ ހީވެޔޭ. ކީއްކުރާނީ ކިންބޫ ފެންގަނޑުން އެއްގަމަށް އަރަން އަދި ވެސް ނުވޭވިއްޔާ.

  3
  1
 2. ލަތީފު

  ތި ޕާޓީގަ ލީޑަރ ޟިޕެއް ނުފެނޭ ޓިނު އަދުރޭ ފަހަތުގަ އުޅެނީ އޭނަކަހަލަ ނުކިޔަވާ ތިބި ގަމާރުންތަކެއް ތިޔަ ޕާޓީ ކިޔަވައިގެން ތިބި މީހުނާ ހަވާލުކުރޭ.

  2
  5
 3. އިންސާފު

  އިހްތިޖާޖު ކޮންމެއް ދުވަހަކުސް ފެށުމުގެކުރިން ދުޢާ އެކުން ފަށާފައި ދުޢާއަކުން ނިންމުން ވަރަށް ރަގަޅު ކަމަށް ފެނޭ!

  5
  1
 4. ޤައްދާރު

  އަސްލަމު ފުލެޓް ދޭނަމޭ ބުންޏަސް މިފަހަރު ޤަބޫލެއް ނުކުރާނަން....އަތައް ފުލެޓުގެ ތަޅުދަނޑި ނުލެބެނީސް. މިހާރުވެސް ހަވާލުނުކޮށް އެތައް ފުލެޓް އެބަހުރި...މިއިހްތިޖާޖު ފުލެޓް ނުބެނީސް ހުއްޓައި ނުލާނަން....

  3
  1
 5. އަންދާޤާނޫނު

  ދިވެހިރައްޔިތުން ނުލާ ވެރިކަމެއް ނުކުރެވޭ..... ފުލެޓް ހައްޤުވާ އެތައްބަޔަކަށް ޕޮއިންޓް ދިނުމުގައި މަކާރާއި ހިލާތް ވަނީ ހަދާފައި. އިތުރުވި އެއްވެސް ދަރިކަށް ޕޮއިންޓް ނުދިނުން މިހުރީ ފެންނަން ހުރި ހެކިތައް؟ ސަރުކާރުގެ އިހުމާލު؟ ހެޔޮއެދޭ ވެރިކަން..... ވަރަށް ސަލާން.....

  4
  1
 6. އުމަރުމަނިކު

  މިސަރުކާރުގެ އިސްވެރިންގެ އަބިންނާއި ދަރިން ފައިސްޓަރ ތަންތަނުގައި..... ނިކަމެތި ރައްޔިތުންނަށް ފުލެޓެއް ދޭންވީމަ ހަރާމްކޯރުވާ ބަޔަކު ސަރުކާރުގެ އިސްމަޤާމުގެ ތިބުން ހައްގެއް ނޫން...އިސްތިއުފާ!

  4
  1
 7. ޔާމީނު

  ފްލެޓްތަކުން ކުރި ވައްކަން...... އިތުރުވި ދަރިންނަށް ޕޮއިންޓް ދިނުމުގައި ސަރުކާރުން އިހުމާލުވީ ކީއްވެތޯ؟ ސަރުކާރުގެ އިސްފާރާތުގެ ޖަވާބު ބޭނުން......

  3
  1