ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާ އާއި ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީގައި އިން މީހާއަކީ ސްރީލަންކާ އިން މަސްވެރިކަމަށް ނުކުތް ބައެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، ޑިންގީން ފެނުނު މީހާ އާއި ވ. ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ޖެނުއަރީ 30 ވަނަ ދުވަހު ލަންކާ އިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން މިހިސާބަށް އައި ބައެއްކަން އެނގިފައިވާ ކަމަށެވެ.

އިއްޔެ ހަވީރު އަންބަރާ ކައިރިން ސިފައިން ސަލާމަތް ކުރީ ޑިންގީގައި އިނީ ފިރިހެނެކެވެ.

އިއްޔެ އެރަށުން ނިޔާވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އޭނާ އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އެހެންވެ، ބެހިގެން އެ ރަށަށް ލެއްގީ ކަމަކަށް ނުބެލެވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް "ވަގުތު"އަށް މައުލޫމާތުދެމުން ވިދާޅުވީ، މި މައްސަލާގައި އިތުރަށް ސާފް ކުރަން ޖެހޭ މައުލޫމާތުތަކާއި ކަމާއި ގުޅުން ހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް ސާފް ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިސްނާލުމަށް އެދެމޭ

    އެއްގަމު މަސްވެ ރިކަމައްތަ ލަންކާ މަސްވެ ރިން ނުކުތީ...🤔🤔🤔🤔

  2. ޖޮނަތަން

    އަދިވެސް މަރުވެފައޮތްމީހާ މަރުވިގޮތެއް ނުހޯދޭ ދޯ؟ސަލާމަތްވި މީހާއަށް އިނގޭނެތާ އޭނަ މަރިވި ގޮތް.މަރުވީ ކިހިނެއްވެގެންކަން.ސާބަސް ފުލުހުންނޭ...

    8
    7
  3. Anonymous

    މިވީގޮތަކާމެދުވިސްނާބަޔަކައްއިބުރަތެއްލިބޭނެ

  4. ދޮހކއްކޮ

    ޕޯސްމޯޓަމް ހަދަން ޖެހެނީ އެންމެން ކުރިމަތީ ވަޅިޖަހާ މަރާލާ މީހާއެއްނޫން.