ކ. ގުރައިދޫން މީހަކު ފައްސިވެ، އެރަށަށް އަރާ ފޭބުން މަނާކޮށްފި އެވެ.

އެރަށު ކައުންސިލުން ބުނީ، އެރަށުން ފައްސިވީ ކަރަންޓީންގައި ހުރި މީހެއް ކަމަށެވެ. އެހެން ނަމަވެސް އެ މީހާ ދެ މީހަކާއި ގާތުން ބައްދަލުވި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. އަދި އެ މީހާއާ ގާތުން ބައްދަލުވި މީހުންގެ ތެރޭގައި އެރަށު ސްކޫލްގައި ކިޔަވާ ދަރިވަރަކު ހިމެނޭ ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

އެ ރަށަށް އަރާ ފޭބުން މަނާކޮށް، އެރަށަށް މިހާރު ވަނީ އެޗްޕީއޭގެ ލިޔުން ފޮނުވާފައެވެ.

އެ ރަށް މޮނީޓަރިންގއަށް ލައި އެޗްޕީއޭއިން ފޮނުވި އެންގުމުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނިޓަރިންއަށް ލާފައިވާ ކަމަށެވެ.

އެ އެންގުމުގައި ވަނީ މިވަގުތު ރަށުގައި ތިބި އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެ ރަށަށް އެރުމަކީ މަނާ ކަމެއް ކަމަށެވެ.

މާލެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައި ވާއިރު ފަހަކަށް އައިސް އެހެން ރަށްތަކުން ފައްސިވާ މީހުންގެ އަދަދު ވެސް ގިނަ ކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު