ރާއްޖެއިން އިތުރު 142 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 129 މީހަކު ފައްސިވީ މާލެއިންނެވެ.

މިއަދު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން ހަ މީހުން، ރިސޯޓްތަކުން ފަސް މީހުން އަދި ސަފާރީތަކުން ދެމީހަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދިޔަ ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރެއް ނުވެއެވެ. މިއަދު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 171 މީހުންނަށެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 172 މީހުންނަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 2391 އަށް އަރައެވެ.

މިއަދު ރާއްޖެ އިން 4589 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު އިތުރު 6171 މީހަކަށް ވެކްސިން ދީފައި ވެއެވެ. ރާއްޖެ އިން ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 56218 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާއަބްދޯ

    ބަލަ ޓެސްޓު ކުރާވަރުވެސް އިތުރު ވެއްޖެ، އަދަދުގިނަ އެކަމަކު ސައްތައިން ބަލާނަމަ ހުރީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއއްވަރެއްގަ