22:19

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިހާރު ޖަހަމުންދާ ކޮވިޝީލްޑް ވެކްސިން، 7800 އަށްވުރެ ގިނަ މީހުންނަށް މިއަދު ދީފި

21:46

ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

19:41

ގދ. އަތޮޅު ގައްދޫއިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

11:44

މާލެ ސަރަހައްދުގައި ދިރިއުޅޭ އުމުރުން 65 އަހަރުން މަތީގެ ހުރިހާ މީހުން ވީ އެންމެ އަވަހަކަށް ވެޖްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަނެއްކާ ވެސް އިލްތިމާސްކޮށްފި.

09:42

 


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މައްޗަށް ދާން ފެށުމުން އެޅި ހަރުކަށި ފިޔަވަޅުތަކަށް ފަހު ވެސް އަދި ހެޔޮ ބަދަލެއް ނައިސް ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.

މިއަދު ވެސް 142 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މިއަދު ފައްސިވި މީހުންގެ ތެރެއިން 129 މީހަކު ފައްސިވީ މާލެއިންނެވެ. މިއަދު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުން ހަ މީހުން، ރިސޯޓްތަކުން ފަސް މީހުން އަދި ސަފާރީތަކުން ދެމީހަކު މިއަދު ފައްސިވިއެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން ނުދިޔަ ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރެއް ނުވެއެވެ. މިއަދު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 171 މީހުންނަށެވެ. އިއްޔެ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދިޔައީ 172 މީހުންނަށެވެ.

ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 2391 އަށް އަރައެވެ.

މިއަދު ރާއްޖެ އިން 4589 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވެއެވެ. މިއަދު އިތުރު 6171 މީހަކަށް ވެކްސިން ދީފައި ވެއެވެ. ރާއްޖެ އިން ވެކްސިން ދިން މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 56218 އަށް އަރާފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ލައިބުރަރީ

  ކޭސްތައްއިތުރުވާއިރު ވާއެއްގޮތަކީ ކޭހެއްނެތްގޭގޭގަވެސް ކޭސްވާކަމަށްބުނެގޭގެ ދޮރުކައިރީވަރުގަދަލިއުމެއް ހަރުކުރޭ. ޕޮޒިޓިވްކަން،
  ނެގެޓިވްކަންއެގޭނީ ސާންޕަލްވެސްނެގިނަމައެއްނު.
  (ނުނަގާ)މިތުންމައްޗަންގޮޅީ ބުރުކައިރީ ހުރިގެއެއްގަ
  ވެސްލިއުންހަރުކޮއްފި.

 2. ސަނާ ޒަރީރު

  ކޮވިޑް ވެކްސިން ފުރަތަމަ ޑޯ އަހަރެން ޖަހާފިން، ދެވަނަ ޑޯޒް ވެސް ކަނޑައެޅިފައިވާ ތާރީޚްގައި ޖަހާނަށް އޭރުން ހައްޖު އީދު ޗުއްޓަށް 05 މަސްވާނީ. ސަރުކާރުން ހެޔޮނުވާނެ 02 ޑޯޒް ޖަހާފައިވާ މިހުންނަށް ކަރަންޓީނާއި ނުލާ ރަށަށް ދެވޭގޮތް އެހެން ޤައުމުގައި ވެސް ހެދިހެން ހަދާބަލަ، ގިނަ ބައެއްގެ ތަރުހިބު ހަމަ ޔަޤީން ލިބޭނެ. މިއީ ވެސް ސަރުކާރަށް އޮތް ގޮތެއް