އުމުރުން 16 އަހަރު ވުމުން ލައިސަންސް ލިބޭނެ ގޮތް ހެދުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ގޮވާލައްވައިފިއެވެ.

ލައިސަންސް ނެތި ވެހިކަލް ދުއްވުމުން ޖޫރިމަނާ ކޮށްފައިވާ އެތައް ކުދިންނެއް އެބަތިބި ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވަނިކޮށް ޝަހީމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 18 އަހަރުގެ ބަދަލުގައި 16 އަހަރުވުމުން ސައިކަލް ލައިސަސް ލިބޭ ގޮތް ޒުވާނުންނަށް ފަހިކޮށްދިނުމަކީ ލައިސަންސާއި ގުޅޭ ހައްލެއް ކަމަށެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ވެސް 16 އަހަރުވުމުން ލައިސަންސް ދޫކުރާކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ މިހާރު ލައިސަންސް ދޫކުރުން ވަނީ ހުއްޓާލާފައެވެ. އެކަން ފާހަގަ ކުރައްވާ ޝަހީމް ވިދާޅުވީ ލައިސަންސް ދޫކުރުން ހުއްޓުވާފައިބާވާފައި ލައިސަންސް ނެތި ދުއްވާ ޒުވާނުން ޖޫރިމަނާކުރުމަކީ ހަމަޖެހޭ ކަމެއްނޫން ކަމަށެވެ. އެހެންކަމުން ލައިސަންސް ދޫކުރަން ފަށައި (އަވަސް ޚިދުމަތުގައި) ޒުވާނުންނަށް ލައިސަންސް ދޫކުރަން އޭނާ އެދިވަޑައިގެންނެވިއެވެ.

"ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ޒުވާނުން ޤާނޫނީ އިމުން ބޭރުވާން މަޖްބޫރުވެ ކުށްވެރިންނަށް ބަދަލުވާން ފުރުޞަތު ދެވިގެންނުވާނެ. އިޖުތިމާޢީ ޙާލަތަށް ބަލައި ގެންނަންޖެހޭ ޒަމާނީ ޙައްލު އަވަސްގޮތަކަށް ގެންނަންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

އުމުރުން 16 އަހަރުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ލިބޭ ގައުމުތަކުގެ ތެރޭގައި އެމެރިކާ، ކެނެޑާ، ސައުދީ އަރަބިއްޔާ، އިސްރާއީލް، އައިސްލޭންޑް އަދި ފްރާންސް ފަދަ ގައުމުތައް ވެސް ހިމެނެއެވެ. ބައެއް ގައުމުތަކުގައި 16 އަހަރުގައި ލައިސަންސް ލިބެނީ ހަމައެކަނި ސައިކަލް ދުއްވުމަށެވެ.

ލައިސަންސް ނެތި ވެހިކަލް ދުއްވާނަމަ މިހާރު ރާއްޖޭގައި ޖޫރިމަނާ ކުރުމުގެ އިތުރުން އެވެހިކަލެއް ފުލުހުން ޓޯ ވެސް ކުރެއެވެ. އަދި ވެހިކަލް ދުއްވަން އިން މީހާގެ އިތުރުން ވެރހިކަލްގެ ވެރިފަރާތް ވެސް ޖޫރިމަނާ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަައީމް

    ސަހީމް ތިޔަދއެްވީ ހާދަ ތަނަވަސް ހިޔލެކޭ އަސްލުވެސް ވަރައް އަގުހުރި ވާހަކައެއް ވަރައްކިޔާހިއްވެ އަގުހުރި ހިޔާލެއް ތިފަދަބޭފުޅުން މިއަދު މިގައުމު ބޭނުންވަނީ ފުރުސަތު ނުދެވުނީތީ ވަރައްދެރަވެއްޖެ އިރާދަކުރެއްވިއްޔާ ދެއްދޭނީ ސަހީމައް ތި ހިޔާލައް ވވވ ތާއީދު

    20
    4
  2. މާއްކޮ

    މިއީ ރަނގަޅު ޚިޔާލެއްކަމުގައި ދެކެން

    18
    3
  3. ދިނާ މަގެޤައުމާ

    ބަންގުލަދޭސް މީހާ އޯކޭ ގަވައިދާހިލާފަށް އެތައް ކަމެއް ކުރިޔަސް . ފާޅުގަ އެބައިމީހުން ގަވައިދާ ހިލާފަށް އެތައްކަމެއް ކުރާއރުވެސް ޖޫރިމަނާއެއް ނުކުރޭ . ނިކަމެތި ދިވެހި މީހާ އަމިއްލަ ޤައުމުގަ ނިކަމެތިވެފަ އޮންނަގިތަށް ސިސްޓަމް އޮތީ. މިނޫން ގޮތަކަށް ދިވެހިންނަށް އުޅެވެން އެބަޖެހޭ. މީ 80 ގެ އަހަރުތަކެއް ނޫން 2021 އަހަރު. ހެޔޮލަފާ ެ ވެރިއެއް މިރާޖެގަ ވެރކަން ކޮށްފިނަމަ މި ރާއްޖެ އޮންނާނީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓްގަ. ދިވެހިން ހޭލަންވެއްޖެ ސިޔާސީ މީހުން ދައްކާ ދަޅަތަކުގެ ނުޖެހި އުޅެން ދަސްކުރަން އެބަޖެހޭ.

    14
  4. Anonymous

    ތިކަން ސަޅިއެއް ނޫން އެއުމުރުފުރައި ގެ ގިނަ ކުދިންނަކީ ޒުވާން ކަމުގެ ޖޯޝްގައި ފޮނި ދައްކަން ބޭނުންވާނެ ކުދިން ސިކުނޑި ވަރައް ޅަވާނެ އެކުދިންނަށް ދުއްވޭ ކަން ދައްކަން ނޫނީ ފަރިތަ މިންވަރު ދައްކާލަން ކުރަާމަސައްކަތެއްގެ ސަބަބުން ހީނުކުރާ ކަހަލަ ނަތީޖާ އެއް ނުކުމެދަާނެ މަ ވެސް ގަބޫލު ކުރަން އެކުދިން ހުނަރު ވެރިވެފަ ސައިކަލުވެސް ބުލްޑޯޒަރުވެސް ދުއްވިދާނެކަމަށް އެކަމަކު ރައްކަާތެރިއެއްނޫން

    10
    11
  5. ަދގރފ

    ނުކެރުނެއްނު އިސްލާމް ދީނާ އެއްގޮތަށް 16 ވީމަ ކައިވެނި ކުރެވޭ ގޮތަށް ހަދަން އެއްޗެއް ބުނާކަަށް..ހަމަ ޒިނޭ އާއްމުވާ ގޮތަށް ގާނުން ހަދައިގެން މި ތިބެނީ... މިހެންވެ ބުނަނީ ޑީގުރީ ވެސް އަމިއްލަ އަށް ނަގާށޭ

    7
    5
  6. ހަވަރު

    ޝަހީމް 16 އަހަރުަގައި ލައިސަންންސް ދޭންބުންޔަސް 16 އަހަރަކީ ރާއްޖޭގެ ގާނޫނު ބުނާގޮތުން ކުޑަކުދިންގެ ގޮތުގައި ބަލާ އުމުރެއް.ފުރަތަމަ ގާނޫނު އިސްލާހު ކުރަން ޖެހޭނީ އޭގެ ފަހުގއި ތިކަން ކުރެވެން އަންނަނީ.ތިބުނާ ގޮތުން ވަންޔާ އަލައް އުފަން ވާ ކުއްޖާ އަށްވެސް އުފަންވާ ތަނުން ލައިސަންސް ދޭން ޖެހޭނެ.

    5
    12
  7. ގަލަން ތުނޑު

    ވަރަށް ރަނގަޅު ވާހަކަފުޅެއް. ރާޢްޖޭގެ ސަރުކާރުން ދެކޭގޮތުގަ ދިވެހިންގެ ގައިގާ ލޭގެބަދަލުގައި ހުންނަނީ ދިޔާ ރުފިޔާ..އެހެވީމަ އެންމެކުޑަ އިރުއްސުރެ ރައްޔިތުމީހާ ދިޔަފެލާލަނީ ރުފިޔާ ހޯދަން ސަރުކާރުގެ ބޮޑުން ކާން..

    14
    2
  8. ބޮންއަކުއާ ޝެއިޚް

    ޝަހީމުގެ ވިސްނުން ހުންނާނީ 16އަހަރު ނުވާ ކުދިންނަށް ކައިވެނިކުރަން

    7
    10
  9. ކާމިލް

    އެއް ވަނަ ތިޔަ😘😘😘😍

    9
    4
  10. އާސިދާ

    ރަނގަޅު ޓޯވެސް ކުރަންވީ އެހެންނޫނީ އެކުދިންނައް ސައިކަލް ދޭމީހުންވެސް ގިނަވާނެ އަދި ނުރައްކާތެރި އެކްސިޑެންޓްތައްވެސް ގިނަވާނެ.. އެއީ ރަނގަޅުކަމެއް ފުލުހުން ޓޯކުރަނީ ކުއްކުރީމަ..

    5
    3
  11. ޝަހީމް

    މީހަމަ އަަހަރެންގެ ވެސް ހިޔާލު. މީވަރަށް ރަނގަޅު ވާހަކަ އެއް. ސަބަބަކީ އުމުރުން 16 އަހަރުގެ ކުދިންނަށްވެސް ސައިކަލު ދުއްވަން އިނގޭ. ނުހާލިކު ފަރިތަ. އަދި އެކުދިން ޖިސްމާނީ ގޮތުންނާއި ދުޅަހެޔޮ ހަށިހެޔޮކޮށް ތިބެނީ. ލައިސެންސް ނުދީ ހިފަހައްޓަންވީ އެއްވެސް ސަބަބެއްނެތް.

    14
    4
  12. ބަސްފުޅު

    ވަރަށް ރަނގަޅު ވާހަކަ އެއް. ކޮންމެ ކަމެއްގަވެސް ނާޖާއިޒު ފައިދާ އެއް އޮންނާނެ. އެހެންނަމަވެސް ލައިސަންސް ކަންތަކުގަ ތިކަން ކުރެވެން ވާނެ.

    10
    1
  13. މޫސަ

    ޝަހީމް ވިދާޅުވިޔަސް ތިޔަވާހަކަ ރަނގަޅެއް ނޫން! 16 އަހަރު ވާއިރު ހާދަ ބުއްދި ޅަވާނޭ! އެއްގަމުގައި ދުއްވާ އިނޖީނުލީ އެއްޗެތި ދުއްވުމަކީ ވަރަށް ވިސްނުންތެރިކަމާއި އެކު ފުރިހަމަ ބުއްދީގައި ހުރެގެން ނޫނީ ކުރަންވާވަރު ކަމެއްނޫން! ތިޔަށްވުރެ މާ މުހިއްމު ލައިސަންސް ނެގުމަށްޓަކައި ހަދާ ޓެސްޓުގެ މާއްދާއެއްގެ ގޮތުގައި ދަތުރު ދުޢާ ހިތުދަސްކުރުން ހިމެނުން!

    5
    12
  14. ޢަލިފުތު

    މިއީވަރަށް ރަނގަޅު ޚިޔާލެއް

    10
    3
  15. Ķùďà

    ޙަހަހަހަހަހަހަ ޔަަހަ

    1
    1
  16. ރާއްޖެ

    ކައިވެނިވެސް....

  17. ސަމީ

    ތީ އަދި މިހާ ތަނަށް ޝަހީމް ދެއްކެވި އެންމެ ތާކުން ތާނު ނުޖެހޭ ވާހަކަ، މިހާރުވެސް މި އުޅެނީ އޮބިނޯވެގެން މަގުތަށް އަދިވެސް އުމުރު ފުރާ މަތިކުރަންވީ 21 އަހަރު ވީމަ ދުއްވޭގޮތް ހަދަންވީ އެވެސް އަމިއްލަ އަށްަ މަސައްކަތް ކޮށް އަމިއްލަ ފައިސާއިން ހޯދާ ސައިކަލް. މާމަ ކާފަ އަށް ބައިތުލްމާލުން ދޭ ފައިސާކޮޅުން އިންސްޓޯލް މަންޓަށް ފައިސާ ދައްކަ ދައްކާ މިތިބެނީ.

  18. އަހުމަދު

    ޝަހިމުގެ މިޚިޔާލު ރަނގަޅު. 16 އަހަރުގައި ކުޖާ ހުންނާނި ގީސީއީ އޯލެވެލް ނިންމާފައި.

    އެކްސިޑެންޓް އާއްނުވަނި ކުއްޖާގެ އުމުރަކުންނެއް ނޫން، އެއީ މީހާގެ ނުލަފާކަމުން އަދި ދޯދިއާކަމުން. ލައިސެންސް އާއި އެއްވަރަށް ވަޒީފާ އަދާކުރެވޭން މަގުވެސް ތަނަވަސް ކުރަން ޖެހޭނެ.