މ.ކޮޅުފުށީގައި އިމާރާތް ކުރާ 100 ހައުސިން ޔުނިޓްގެ ބިންގާ އިއްޔެ އަޅައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީގެ ފަރާތުން މިރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރު ޚާލިސް ޝަރީފާއި ސީނިއަ އެގްޒެކެޓިވް ޑިރެކްޓަރު ޙަސަން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ ޕްރިސިޝަން އިންޖިނިއަރިން ސަރވިސަސް އާއި ޕީއީއެސް މެރިން ސާވިސަސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަ ކުންފުންޏާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

ކޮޅުފުށީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމާއި ބަދިގެ ހުންނާނެއެވެ. މި ހައުސިން ޔުނިޓްތަކަކީ މިނިސްޓްރީން ކަނޑައަޅާ ވަކި ޑިޒައިންގެ ދަށުން އަޅާ ހައުސިން ޔުނިޓްތަކެއް ކަމަށްވެއެވެ.

މި މަސައްކަތް 75 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ 11 މަހާއި 20 ދުވަހުން ނިންމާ ގޮތަށެވެ.

ކޮޅުފުށީގައި 100 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ހަމަޖެހިފައިވާ އިރު، މިފަދަ މަޝްރޫއުތައް ރާއްޖޭގެ ބައެއް އެހެން ރަށްރަށުގައި ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނަައީމް

    2019 ހަވާލްކުރީ 11މަސްތެރޭ ނިންމަން މިހާރު ކިތައްމަސްވެއްޖެތޯ އަދި ކިރިޔާ ބިންގާއެޅުނީ އެވެސް އެތާގެ ބިންގަލެއްނޫން ރަސްމިއްޔާތު ބޭއްވީ ރަމްޒީކޮށް ބިންގާ ރައްޔިތުންނޭ ވިސްނާތި ކަމެއްބޯމަތިވީމާ ނަމެއްއަޅުވާ ދުވަސް ދޫކޮއްލާ ކަންކޮށްފާ ނުދައްކާހިދެއްގާ ވޯޓޤ ދޫކޮށްނުލާ މިގޮތުގާ ހިފަހައްޓާ ވޯޓް މިފަހަރު ދޭނީ ރުކައް ނޫނީ އިންތިހާބުގެ ކުރިން ނިންމާ............

  2. ވަތުބަތާނަ

    ކައުންސިލް އިންތިޚާބް ވަރައް ކައިރިވެއްޖެ

  3. ެެނޫ މެެން

    މީސް ތަކުނެނޭ ތީ ތިޔަބަޢިމީހުންގެ ކަރަށް އޮރުވާ މަޅިއެން. މަހަކު 5000 ރުފިޔާ 20 އަހަރު ވަންދެން ދައްކާލަ ދައްކާލަ ތިބެވޭނެތަ.ހަމަ ނިދި ނިދޭނެތަ!.ރައްޔިތުން އަޅުވެތި ކުރިޔަސް މީ ބޮޑުވަރު.ހުރިހާކަމަކުން ވިޔަފާރި.އެއުޅެނީ ައނެންލާރި ގަނޑު ދަވާލަން.ނޭވާ ހޮޅިންވައްކަން ކުރާ ބައިގަނޑޭ މީ

  4. ރައްޔިތުމީހާ

    މިހިރީ ސަރުކާރުން ރައްޔިތުން ނިކަމެތިކޮއް ފަސޭހަ ކަމާއެކު ވޯޓް ހޯދަން ޖަހާމަޅި ހުރިހާ ރައްޔިތުންނަކީ ގެސްޓުންނައް ހަދަން ބޭނުންވަނީ ސަރުކާރުން ކީއްވެގެންތޯ އަސްލު ގެސްޓް ހައުސް އާއި ރިސޯޓްތަރައްގީ ކޮއްގެން ރުފިޔާ ހޯދިއްޔާ ކޮންމެހެން ޖެހޭތޯ ރައްޔިތު މީހާ ދަރަނި ވެރުކޮއްފައި ކުއްޔައް އުޅޭ ބަޔަކައްހަދަން މީތޯ އެވިދާޅުވާ ރައްޔިތުން ދެކެ ލޯބިވާ ސަރުކާރު ތަކަކީ ުުުުުުުުުުުުުުުުޔޔޔޔޔޔޔ

  5. ޢައްޑު

    ތި ފައިބާނީ އަޑިޔަށް ޔަޤީނެއްނު! ދޮގުހަަދާ ސަރުކާރު.

  6. ކެއަސް

    ގޯތި ނުދީ ފުލެޓުގެ ދަންމަޅީގަ ރައްޔިތުން ޖެއްސުން ހުއްޓާލާ. ގޯތި ދީފަ އެގޯތިތަކުގަ ގެއަޅާފަ ދީބަލަ ކަމެއްކުރަންޏާ. ފުލެޓުތައް އަޅާނީ ހަމަ ރައްޔިތުން ބިކަކުރަން.

  7. ބަލަގަ

    މިރާއްޖޭން ބިން ހުަސްވީތަ ؟ ފުލެޓުމުދިހާވަނީ؟ ކިހާބޮޑު ބަލާވެރިކަމެއް އޭނ.... އަޅެ ފަހެ މީހަކު ރުޅިއެއް ނާއްނާނެތަ. އޭނ...