އަމީނީ މަގު، ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ހަނި ގޯޅީގައި އެއްގަމު އުޅަނދު ފަހަރު ޕާކް ކުރުން މަނާކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އެއްކޮޅު ބެދިފައި އޮންނަ ގޯޅިގަނޑަކީ ގިނަ ބަޔަކު ސައިކަލް ޕާކް ކުރާ ތަނެކެވެ. އާންމު ގޮތެއްގައި ފިނޭންސަށާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އަށް އަންނަ ގިނަ މީހުން ސައިކަލް ޕާކް ކުރަން ބޭނުން ކުރަނީ އެ ގޯޅިގަނޑެވެ. އަދި އެ ގޯޅިގަނޑުގައި ދިރިއުޅޭ ގިނަ މީހުން ސައިކަލް ފަދަ ވެހިކަލްތައް ޕާކް ކުރަނީ ވެސް އެ ތަނުގައެވެ.
Ameenee magu, 205 no. koshi Finance kurmathi kolhu behifaivaa goalheegai dhuvaa echhehi park kurun manaa kurun. pic.twitter.com/vInhVZO6cP
— Malé City Council (@MaleCitymv) February 18, 2021
އެކަމަކު، މާލެ ސިޓީ ކައުންސިލުން މިއަދު އާންމުކޮށްފައިވާ އެންގުމެއްގައި ވަނީ އިއްޔެ އިން ފެށިގެން އެއްގަމު އުޅަނދު، އެ ގޯޅިގަނޑުގައި ޕާކް ކުރުން މަނާކޮށްފައިވާ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލުން އަންނަނީ ޕާކިން ޒޯނުތައް އެކި ސަރަހައްދުތަކުގައި ތަރައްގީކުރަމުންނެވެ. އަދި ބައެއް ތަންތަނުގައި ފީ ދައްކައިގެން ޕާކުކުރެވޭނެ އިންތިޒާމުތައް ވެސް ދަނީ ހަމަޖައްސަމުންނެވެ.
ތިތަން ހުޅުވާން އިބާރަހިމް ސޯލިހު ނުގެން ދޭތަ ކޮންމެހެންވެސް ގެންދަންވާނެ ތިޔަކުރެވުނީ ވަރަށް ވަރުގަދަ މަސައްކަތެއް މުޅި ހަފްތާ ނޫސްތަކުގެ ސުރިހާތަކުގައި ޖަހާވަރުގެ ބޮޑު މަސްރޫއެއް ތި ނިންމާލީ
ހަމަތިގޮތަށްް 152 ނަންބަރު ކޮށި ބަނޑޭރިކޮށިކުރިމަތި ގޯޅިގަނޑުވެސް ޕާކުކުރުން މަނާކޮށްދީބަލަ. ބަލިމީހުން ވަދެނުކުތުމަށް ހާދައުނދަގުލޭ. ގޯޅީގެ ދެފފފަރާތުގައިހުރި ކެފޭރެސްޓޯރަންޓްތަކަށް އަންނަހާބަޔަކުވެސް ޕާކުކުރަނީ މިގޯޅިގަނޑުގައި.
އިތުރައް ލާރިހޯދޭނެ މެގް ޕުރޮޖެކްޓެއް އަނެއްކާވެސް ތިޔަ އިފްތިތާހުކުރީ ރައްޔިތުންނޭ މިހާރުވެސް އޮފީސްތަކުގެ ކާރީ ޕާކުކުރާނެތަނެއް ނެތްއިރުވެސް ތަންތަން އިތުރުކުރުމެއްނެތި ބަންދުމިކުރާކުރުން ހެޔޮހިތުން ވިސްނާލަބަލަ ސަރުކާރުގެ އަދުގެވިސްނުމަކީ ސަރުކާރުން ހަރަދެއްނުކޮށް ރައްޔިތުން އަތުން ފައިސާނަގައިގެން ކަންކުރާގޮތެއް ރައްޔިތުންނޭ ވިސްނާ
ހުސް ބޭކާރު އަނގަ. ބަހާ އަމަލާ ދިމާވާ އެކަކުސް ނެތް.
ކިހާބޮޑު ބލއއ. ގޯތި ދޭށޭ. ބިންކޮޅެއް ދޭށޭ. ކޮން ފަދަ ބޮޑު މުސީބާތެއްތަ އޭނ. ފްލެޓު ދީބަލަ ބިދޭސީންނަށް. ގޯތި އެއީ އަސާސީ ހައްގެއް ދޯ. ފުލެޓުވެސް ދެންޏާ ދީ ގޯއްޗަކާ އެއްކޮށް. މިހާރު ބޮޑު ވޭނަކަށް ވެޖޭ. ދެން އަމިއްލްޔަށް ގޯތިނަގާ ގެ އެޅީމަ އަންނާނެ އނެއްކާ އެ އަތުލަން. މިއޮތީވާ ގައުމެއް.