ތަހުގީގީ އިދާރާތަކުން ތަހުގީގު ކުރަންވީ މައްސަލަ ބައްލަވާ ގާޒީގެ ސުލޫކީ މައްސަލައެއް ނޫން ކަމަށާއި ތަހުގީގު ކުރަން ޖެހޭ ކަމަކީ ފުރުމުގެ ހުއްދަ ދިނުމުގެ ހުކުމް ނެރުމުގެ ކުރިން ރާވައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުވާލި ބަޔަކު ހޯދުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. އަހުމަދު އަބްދުﷲ ދީދީ މިހެން ވިދާޅުވެފައިވަނީ އަލީ ވަހީދު ފުރުމުގެ ހުއްދަ ދިން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައި، އެ މައްސަލަ ތަހުގީގު ކުރަން އެ ކޮމިޝަނުން ނިންމާފައިވަނިކޮށެވެ.
މިކަމާ ގުޅިގެން ޑރ. ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ފަރާތަކުން ދެއްކި ވާހަކައާއި ހުށަހެޅި ހުށަހެޅުންތަކަށް ރިއާޔަތް ކުރުމަށްފަހު، ޝަރީއަތެއްގައި ގާޒީއަކު ނިންމާ ނިންމެވުމަށް މުރާޖައާ ކުރަން ޖެހޭނީ މަތީ ކޯޓެއްގައި އިސްތިއުނާފް ކޮށްގެން ކަމަށާއި ޖޭއެސްސީ ފަދަ ތަހުގީގު އިދާރާއަކުން ހުކުމުގެ ކަންކަން ބަލައިގެން ނުވާނެ ކަމަށެވެ.
"ތަހުގީގީ އިދާރާތަކުން ބަލަންވީ އަމުރު ނެރުމުގެ ކުރިން ކުރިއާލާ ރާވައިގެން މުއްތަހަމު (އަލީ ވަހީދު) ފުރުވުމުގައި ބައިވެރިވި ކޮން ބައެއްތޯ؟ ޑްރާމާ ކުޅުން ހުއްޓާލަން ޖެހޭ،" ޑރ. ދީދީގެ ޓްވީޓްގައިވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޒާރާގައި މަސައްކަތް ކުރާ މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރި ކަމުގެ ތުހުމަތުގައި ވަޒީރަކު މަގާމުން ވަކިކޮށް ޖިންސީ ކުށްތަކުގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވަނިކޮށް އަލީ ވަހީދު ފުރާވަޑައިގެން ދިޔައީ މި މަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
ކްރިމިނަލް ކޯޓުން ހުރި ހުކުމުގެ ލިޔުމެއް ލީކުވި އިރު ލިޔުމުގައި ފުރަތަމަ އޮތީ އަލީ ވަހީދު ފުރުވާލުމުގެ ހުއްދައަށް އެދުނީ ދައުލަތުން ކަމުގައެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މި ކަން ދޮގުކުރައްވައި ވިދާޅުވީ ދައުލަތުން ވަކާލާތު ކުރެއްވީ އަލީ ވަހީދު ފުރާވަޑައިގެންފި ނަމަ ފިލައިގެން ދާނެ ކަމަށް ބަލައެވެ. އަދި ކްރިމިނަލް ކޯޓުން ވެސް ވިދާޅުވަނީ އެއީ ލިޔުމުގެ ކުށެއް ކަމުގައެވެ.
އަލީ ވަހީދު ފުރުވާލުމާ ގުޅިގެން ސަރުކާރަށާއި ކްރިމިނަލް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައިވަނިކޮށް އަލީ ވަހީދު ފުރުވާލި ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމުންނާއި މައްސަލަ ބެއްލެވި ގާޒީ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން ވެސް ޕީޖީއަށާއި ދައުލަތަށް އާންމުންގެ ފާޑުކިއުންތައް އަމާޒުވެފައިވެއެވެ.
ސަރުކާރުން ފުރުވާލީވެސް..... ސަރުކާރުން ތަހުޤީޤު ވެސް ކުރަންޖެހެނީ.... އަދުވެރިވެރިކަން!!!!!
ގާޒީ ނިންމަވާގޮތާއި ހުކުމް ކުރިގޮތް އޯކޭ. ޕީޖީ އަމަލުކުރެއްވި ގޮތް އޯކޭ ނޫން. މާބޮޑަށްވެސް ޑްރާމާ! ތަހުގީގު ކުރަންވީ ޕީޖީ.
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ ވާޤިއާތަކާއި، ދެފަރާތުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި ކޯޓުން ހުކުމް ކުރުމުން އެކުރި ޙުކުމުގެ ސަބަބުން (ޖޭ އެސްސީ ނުރުހޭ ކޮންމެފަހަރަކު) ގާޒީން ނަށް އަދަބު ލިބޭނަމަ، މިނިވަން ކަމާއި އެކުގައި ހުކުމް ކުރުމުގެ މާހަލުގެއްލި ކޯޓުން ކުރާ ހުކުމުގެ ޞައްޚަކަން ނެތި ހިގާދާނެ.
ސަބަބަކީ ގާޒީން ނަފުސު ސަލާމަތްކުރުމުގެ ބިރުވެރިކަމުގައި ތިބެގެން ރަގަޅަށް ހުކުމް ނުކުރެވޭނެތީ... އެހެންވެ ނިޒާމު ގާއިމުކޮށްފައިވަނީ ދަށުކޯޓުގެ ހުކުމް މަތީ ކޯޓުން ރިވިއުކުރާގޮތަށް..
ޖޭ އެސް ސީން ކޯޓުގެ ގާޒީން ކުރާ ހުކުމާއި ގުޅިގެން އަދަބު ދީ ހާޒިރުކޮށް މައްސަލަ ބެލުމަކީ މުޅި ކޯޓު ނިޒާމު ފުޑާލުން ކަމަށް ބެލެވެނީ
މިއީ ޑިމޮކްރެޓިކް އޭކިޔާފައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން.. ގާޒީއަކު ނިޒާމުން ބޭރުވެއްޖެ ނަމަ އެމައްސަލަ ބެލިޔަސް.. ކުރާ ހުކުމާއި ގުޅިގެން އިރު އިރު ކޮޅާ ޑިސްޕްލިނަރީ މައްސަލަ އޭ ކިޔާފަ ބިރު ދެއްކުމަކީ ގާނޫ ނީ ނިޒާމާއި ބީރައްޓެހި އަދި
އަދުލު އިންސާފު ފުޑަިއލުމުގެ ހަޑި ހުތުރު ޢަމަލެއް