އިންޑިއާއިން ދިވެހިރާއްޖެ އަށް ހަދިޔާ ކުރި އަސްކަރީ ދެވަނަ ހެލިކޮޕްޓަރު ވެސް އަނބުރާ ގެންދަން ރާއްޖެއިން އެދިއްޖެއެވެ.

އިންޑިއާގެ ނޫހެއްކަމަށްވާ ޓައިމްސް އޮފް އިންޑިއާއިން ބުނެފައިވަނީ އިންޑިއާއިން ހަދިޔާކުރި ނޭވީ ހެލޮކޮޕްޓަރ (އޭއެލްއެޗް ޑުރޫވް) އިންޑިއާ އަށް އަނބުރާ ގެންދިއުމަށް ރާއްޖެއިން އިންޑިއާގެ ސަރުކާރުގެ ކިބައިން އެދިފައިވާކަމަަށެވެ. މި ހެލޮކޮޕްޓަރ އޮންނަނީ ލ.ކައްދޫގައެވެ.

އެނޫގައި އިތުރަށް ބުނެފައިވަނީ މި ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމަށް ހެދުނު އެއްބަސްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވިއިރުވެސް އެ އެއްބަސްވުން އާ ކުރަން ރާއްޖެއިން ބޭނުން ނުވާކަމަށާއި ރާއްޖެއިން ބޭނުންވަނީ އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕްޓަރު ވެސް ޖޫން މަސް ނިމުމުން އަނބުރާ ފޮނުވާލަން ކަމަށެވެ.

އިންޑިއާގެ ނޫހުގައި ވަނީ އެއް ހެލިކޮޕްޓަރު އޮންނަ ލ.އަތޮޅަކީ ޗައިނާ އިން ބަނދަރެއް ހަދަން އުޅޭ އަތޮޅެއް ކަމަށެވެ. ލ.އަތޮޅު ގާދޫގައި ޗައިނާ އިން ބަނދަރެއް ތަރައްޤީ ކުރާ ވާހަކަ އިދިކޮޅު ބައެއް ފަރާތްތަކުން 2016 ވަނަ އަހަރު ދެއްކިއެވެ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި އެކަމުގެ ރަސްމީ މަސައްކަތްތަކެއް ހިނގަމުންދާ މަންޒަރެއް ވެސް ނުފެނެއެވެ.

އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ރާއްޖެ އިން މިހާރު ބޭނުން ނުވަނީ ވެސް ޗައިނާގެ ބާރުއެޅުންތަކުގެ ސަބަބުން ކަމަށް އިންޑިއާގެ މީޑިއާ އިން ވަނީ ތުހުމަތު ކޮށްފައެވެ.

އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި މިހާރު ދުއްވާ ދެހިކޮޕްޓަރާއި ރާއްޖެ އަށް ހަދިޔާ ކުރަން އިންޑިއާ އިން ބޭނުންވާ ޑޯނިއާ މެރިޓައިމް ސަވައިލަންސް މަތިންދާބޯޓް ވެސް ރާއްޖެ އިން ބެނުންނުވާ ކަމަށް އިންޑިއާގެ މީޑިއާ ތަކުން މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފިއެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެ އިން ބޭނުން ވަނީ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް ވަރަކަށް ދިވެހި ސިފައިން ބައިވެރި ނުކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަ މިއު މަ

    ފޮނުވާލާ، ފޮނުވާލާ. ހެލިކަޕްޓަރު ހަދިޔާ ކުރުމަކީ އެ ހެލިކަޕްޓަރުގެ އޮޕަރޭޝަންތައް އިންޑިއާ މީހުން ތިބެގެން ކުރުމެއް ނޫން. ބާއްވާނެ ކަމެއް ނެތް ތިހެނެއް!

  2. ފގސގސ

    ހަދިޔާކޮށްފައި ކަމަށް ނަމެއްގައި މިތާ ކީިއްކުރަން ބާއްވާ އެއްޗެއް. ރަނގަޅު ހަމަ ފޮނުވާލަންވީ. ޝުކުރިއްޔާ ރައީސް. މިގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވާތީ.

  3. ގެރިބޯ

    މާބޮޑަށް ވެސް ލަސްވެއްޖެ. ރާއްޖޭގައި އިންޑިޔާ ސިފައިން ޖާސޫސް ކުރުމުގެ ފުރުސަތު ދީގެން ނުވާނެ.

  4. މުސްތަފާ

    އައި.ޖީ.އެމް.އެޗް ވެސް އަނބުރާ ފޮނުވާލަންވީ. ރަށްރަށު ބަނދަރުގަ ޖަހާފަހުރި ބޮޑު ހިލަތައްވެސް އަނބުރާ ފޮނުވާލަންވީ.

    • ޙާމް

      މުސްތަފާ މެން ކަހަލަ ހޭބަލިން ވެސް އިންޑިޔާއަށް ފޮނުވާލަންވީ

  5. ރެޓޭ

    ތިޔައީ މޮހޮނަށް ދޯނިދޭހެން ހަދިޔާ ކޮށްފަ އޮތް ދެ ހެލިކޮޕްޓަރދޯ؟ އާނ އެހެންޏަ އެތަކެތި ދުއްވަނީ އިންޑިއާ މީހުން ގެ ބޭނުންތަކަށް އެމީހުން! ދިވެހި ސިފައިން އަތްޖައްސާލަންވެސް ނުލިބޭ!

  6. ާއަލީ

    ޢެއީކީ ހަދިޔާކުރުމެއްނޫން. ޢެމީހުންގެ ތައްޕާހުން ދިވެހިން ގެންގުލުން. ރާއްޖެން 2 ހެލިކޮޕްޓަރާ މަތިންދާބޯޓެއް ގަނެލާ.

  7. ފުވައްމުލަކު ބޭސްސިޓީ

    ދެންރިޔާނެގިބޮއްކޮރައެއްބައްވާ ... އޭރުން ދަތުރުތައްއަވަސްވެފަ ޚަރަދުކުޑަވާނެ އަދި ޗައިނާއަސްވެސްދެވޭނެ !!

  8. ސާލިހު

    ފޮނުވާލަންވީ

  9. ރޮކް

    އައިޖީއެމްއެޗްވެސް ފޮނުވާލާ. ހުރިހާ އިންޑިޔާ ޓީޗަރުންނާ ޑޮކްޓަރުންތައްވެސް ރަށަށް ފޮނުވާލާ.

  10. މޮހޮނު

    ކަމެއްވާއިރަށް އައިޖީއެމްއެޗް އާއި ބޮޑު ހިލަވާހަކަ ،، އައިޖީއެމްއެޗްގަ އިންޑިއާ ޑޮކްޓަރުންނާ ނަރުހން ވަޒީފާތަކުގަ ހުރިހާބޭހެއް އިންޑިއާ އިންގަނެގެން ،، ބޮޑުހިލަވެސް ހުންނާނީ ގަނެގެން ގެނެސްފަ ހިލެއަކުނޫން ،، ހިލަނުގެނައިމަ އިންޑިއާމީހުން ބަޑަށްޖެހޭނީ........

  11. ޙލޫ

    ހަދިޔާކޮށްފައި ކަމަށް ނަމެއްގައި މިތާ ކީިއްކުރަން ބާއްވާ އެއްޗެއް. ރަނގަޅު ހަމަ ފޮނުވާލަންވީ. ޝުކުރިއްޔާ ރައީސް. މިގައުމު އިންޑިޔާގެ އަޅުވެތިކަމުން ސަލާމަތްކޮށްދެއްވާތީ.
    ތީހަމަ ލަސް ވެފައޮ ކަމެއް

  12. ސަމަރޭ

    އަހެންތާވާނީ އެމީހުންގެ ބޭނުމަކީ ޗައިނާއަށްފާރުލުން މިހާރުވެސް ލ.ގަމުގައި އިންޑިޔާ ސިފައިންގެ 20ސަކަށްމީހުން އެބަތި

  13. ހަރުދަނާ

    ރަނގަޅު.. ސިޔާސީ ކަންކަން އެއްފަރާތްކޮށްފަ ނިކަން ވިސްނާލަބަލަ.. ހެޔޮނިޔަތެއްގަ ހަދިޔާކުރާ އެއްޗެއްގެ ބޭނުން ދިވެހީންނަށް ނުކުރެވޭ ގޮތަށް އޮތްއޮތުމަކީ މައްސަލައެއް.. ހަމަ މިގޮތަށް ދިވެހި ފަސްގަނޑުބޭނުންކޮށްގެން ދިވެހީންނަށާއި އެހެން ފަރާތްތަކުގެ މައްޗަށް ވަގަށް ފާރަލުމަކީވެސް މައްސަލައެއް.. މުސްތަޤިއްލު ކަމަށް އަރައިގަނެވުނީ.. ހަމަ މިގޮތަށް އެމެރިކާއިން 'ހަދިޔާ' ކުރި ކަސްޓަމްސް އަދި އިމިގްރޭޝަން ސޮފްޓްވެއާރ ސިސްޓަމަކީވެސް ބޭނުންކުރަން ހެޔޮވާވަރު އެއްޗެއްނޫން.. އޭގެން އެކުރަނީ ހަމަ ޖާސޫސް..