ރާއްޖޭގައި އުފެދިފައި އޮތް ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ ތިބުމަށް ސިފައިންގެ އަރިހުން އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހްސާން ގޮވާލައްވައިފިއެވެ.

އިހްސާން އެގޮތަށް ގޮވާލެއްވީ ރިޔާސީ ލޯންޗުކޮޅު، ފިނިފެންމާގައި ހިނގި ފަދަ ހާދިސާއެއް ތަކުރާރުވެދާނެ ކަމުގެ އިންޒާރާ އެކު ސިފައިންގެ މައި މަރުކަޒަށް ލިޔުންތަކެއް އެޅުނު ކަމަށް ބުނެ، ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައި ވަނިކޮށެވެ.

އެކަމަކު، ސިފައިންގެ ތެރެއަށް އެފަދަ ލިޔުންތަކެއް އެޅުނު ކަމަށް ބުނާ ވާހަކަތައް ޑިފެންސް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.

އިންޒާރުގެ ލިޔުންކޮޅެއް ކަމަށް ބުނެ މީސްމީޑިއާގައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި ސިފައިންގެ ބައެއް އޮފިސަރުންނަށް ޕްރޮމޯޝަނާއި ކާރު ދީގެން މައިތިރިވެދާނެ ކަމަށް ހީނުކުރުމަށް ބުނެފައެވެ. އަދި ސިފައިންގެ ޕްރޮމޯޝަނާއި ކޮވިޑް އެލަވަންސް "ބަނޑުއަޅައިގެން" ނުތިބެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުންތައް ދައުރުވަމުންދާތީ ކަންބޮޑުވުން ފާޅު ކުރައްވައި އިހްސާން ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ކަންކަމުން ދުރުވެ ސިފައިންގެ ގައުމީ ޚިދުމަތުގައި ސާބިތުވެ ތިއްބެވުމަށް ގޮވާލައްވއަިފައވެެ. އަދި ސިފައިންގެ ބަދަހިކަމާ އެކު ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމަށް އިހްތިރާމްކޮށް ވެރިކަން ދިފާއުކުރުން މަތީ ދެމިތިބުމަށް އިހްސާން އިލްތިމާސް ކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތަކީ ސިއްހީ ކުއްލު ހާލަތުން އަރައިގަތުމަށް ސަރުކާރަށް ސިފައިންގެ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާ ވަގުތެކެވެ. އެހެން ކަމުން 2012 ވަނަ އަހަރު އޭރުގެ ވެރިކަމާއި ދެކޮޅަށް ގައުމީ ދިފާއީ ބާރުގެ ސިފައިންނާއި ފުލުހުން ނިކުތް ފަދަ ކަމެއް ތަކުރާރު ނުކުރު އިހުސާން ގޮވާލެއްވިއެވެ.

"ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލޭ މިފަދަ އެއްވެސް ކަމެއް ނުކޮށް ގާނޫނީ ވެރިކަމަށް ކިޔަމަންވެ އެހީތެރިވުމުގައި ދެމި ތިބުމަށް އެންމެހައި ސިފައިންގެ އަރިހުން އެދެން. މިވަގުތަކީ ސިއްހީ ކުއްލި ހާލަތުން އަރައިގަތުމަށް ސަރުކާރަށް ސިފައިންގެ ބަދަހިކަމާއި އެހީތެރިކަން އެންމެ ބޭނުންވާ ވަގުތު." އިހުސާން ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

https://twitter.com/ali_ihusaan/status/1362087442946215939

ފެބްރުއަރީ 7، 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ސިފައިންނާއި ފުލުހުންގެ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު ރައީސްގެ މަގާމުން ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.

ރައީސް ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަނީ އެއީ "ބަޣާވާތެއް" ގެ ގޮތުގައެވެ. އެކަމަކު އެ މައްސަލަ ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަންގެ ކޯނި ރިޕޯޓްގައި ބުނެފައިވާ ގޮތުން އެ ދުވަހު ނަޝީދު ރައީސް ކަމުން އިސްތިއުފާ ދެއްވީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަފުޅަށެވެ

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކާޅު

    މިކަލޭގެ މީ ކާކުތަ؟ ސިފައިންގޭ ކެޕްޓަނަކަށް ހުރެފަ ޣައްދާރު ވެގެން ސިފައިންގެއިން ކެނޑިގެން ގޮސް ހުރި މީހެއް. ދެން ކޮން މޮޔަގޮވުމެއް ތީ.

    19
    41
    • ޚަލެ

      ބްރޯ ގައްދާރުން ނަކީ މިއަދު ޤައުމުގެ ރިޔާސަތާ ހަވަލުވެތިބި ޚާއިނުންތައް.

      ކާޅަކަށް ނޭނގޭނެ ކޮވެއްޔެއް ކާޅެއް ވަކިކުރާކަށްް.

  2. އިސްވެޓިގޭޓަރ

    މިރާއްޖޭގެ ސަރުކާރުން އަދުލުއިންސާފުން ކަންތައްތައް ކުރެވިގެން ސިފައިން ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެވޭނީ....

    41
    5
  3. ކެޕްޓަން

    ކޮންމެވެސް އެއްޗެއް ކެކޭ ހެން ހީވާން ފަށައިފި

    44
    3
  4. ޙަހަހަހ

    މިޚަބަރުގެ އެންމެ ފަހަތުން 2 ވަނަ ޕެރަގްރާފް ގައިވަ މައުލޫމަތު ރަނގަޅެއްނޫން. ސިޔާސީ މީހުންނާ ސަލަމަތީ ބަރުން ގުޅުނިކީ ނޫން. ފުލުހުން ޖުމްޙޫރީ މައިދަނުގައި ކުރަމުންދިޔަ އިހްތިޖާޖަށް ސިފައިން ބޭނުންކޮށްގެން ހަމަލަތަލެއް ދިނިމަ ސިޔާސީ މީހުންވެސް ވަދެގަތީ. އެއީ ހަޤީގިތް. އަޅުގަނޑު ވަރަށް ގާތުން އެކަން ފެށިގެން ނިމެންދެން ބަލަމުން ދިޔައިން.

    ސަލަމަތީ ބާރުތަކުގެ އަގު ވެއްޓޭގޮތަށް ވަހަކަ ދެއްކުން އެއީ އެއްވެސް ޙާލެއްގައި ރަނގަޅު ކަމެއްނޫން. ޢެމީހުން ހާދަ ކެއްގަދަޔޭ. މިހާރުވެސް ސަރުކާރުން އެމީހުން އަޅުވެތިކޮށް ނިކަމެތިކޮށްލައިގެން ގެންގުޅޭއިރުވެސް ކިހާ ކެއްތެރިވޭތޯ. ކެއްތެރިކަން ކޮޅުންލީމަކާ ދެން ކުރާނެ ކަމެއް ނޯންނާނޭ. ކޮންމެ ގައުމެއްގައިވެސް މީ ކަންވާގޮތް

  5. ކާފަ

    މިފަހަރު ބަޢާވާތްކުރަން އުޅުނިެްޔާ ހަތިޔާރު ނަގާގެންވެސް ލޭ އޮހޮރުވާގެންވެސް މިވެރިކަން ދިފާއު ކުރާނެ.. އަބަދަކު ތިގޮތަކަށް ނުތެޅެވޭނެ.. އިންޑިޔާ ސިފައިންގެނެސްގެންވެސް ބާޢީންތައް ތަޅުވާނެ..

  6. އަބްދޫ

    ގާނުނީ ވެރިކަމަކަށްވަނި ރައްޔިތުން ވޯޓްލައިގެން ވެރިޔަކު ހޮވީމަ އެކަންޏެއްނޫން. ރައްޔިތުން ވޯޓް ލައިގެން ހޮވާފަ ހުވައެއްކުރުވާފަ ރައްޔިތުން ވެރިމީހާ އަތަށް ދެނި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ .ގާނޫނުއަސަސީގައިވާގޮތަށް ދައްވަލްތު ނުހިންގާނަމަ އެ ވެރިކަމަށް ގާނޫނީ ވެރިކަމެކޭ ކިއިދާނެބާ؟

  7. އަބްދޫ

    ސިފައިން ރައްޖޭގަ އޮންނަ ގާނޫނީ ވެރިަކަމަށް ކިޔަމަންތެރިވުން ވަޖިބު. ވެރިކަމަށް ވޯޓްލައިގެން ހޮވާމީހާ ލައްވާ ހުވާކުރުވާފަ އޭނައަތަށް ދެނީ ކީރިތި ގުރްއަނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ .އެއީ ގައުމު ހިންގަންޖެހޭގޮތް ބަޔާންކުރެވިފައިވަ ދުސްތޫރު. އެ ދުސްތޫރު ގައިވާގޮތަށް ގައުމު ނުހިންގާނަމަ ދުސްތޫރުގެ އިމަށް ރައީސުލްޖުމްހޫރިއްޔާ ވެއްދުމާި ޖަވާބުދާރީކުރުމުގެ މަސްއޫލިއްޔަތު ވަނީ ރައްޔިތުންގެ މަޖިލީހާއި މަތިކޮށްފަ، އެކަމަކު ރައިސުލްޖުމަހޫރިއްޔަގެ ވާޖިބާއި މަސްއޫލިއްޔަތު ހިންގުން މަޖިލީހުން ހަވާލުވެއްޖެ ނަމައެއަ ގާނޫނީ ވެރިކަމެއްގެހައިސިއްޔަތު ނެތި ދިޔައީ ކަމަށް ނުވަނެބާ؟

  8. އަބްދޫ

    2012 ގަވެސް ގައުމުގެ ސިފައިން އޭރުގަ އޮތް ވެރިކަމާ ދެކޮލަށް ނިކުމެފަ އެއް ނެތް. އޭރު ހުންނެިވި ރައީސުްލ ޖުމްހޫރިއްޔާ އެބޭފުޅާގެ އަތްޕުޅުން ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެންގެވި ވާހަކަ ލިއުއްވާ ގާނޫނުއަސަސި ހުއްޓިފަ ވާކަން ނުވަތަ ގާނޫނުއަސަސިއަށް އަމަލުކުރުން ހުއްޓާލިކަން އިއުލާންކޮށް ގައުމު ހަމަނުޖެހުމަކަށް ގެންދަވަން އުޅުއްވާކަން ތުހުމަތު ކުރެވެންފެށުމުން ސިފައިން މަސައްކަތް ކުރެއްވި ގާނޫނީ އިމަށް ރައީސުލްޖުމްހުރިއްވާ ވެއްދެވުމަށް އެމަނިކުފާނު އެކަން ނުކުރައްވާ އިސްތިއުފަ ދެއްވުމަކީ ސިފައިން ވެރިކަމާ ދެކޮލަށް ނިކުތް ކަމަށް ބެލެވޭނެ ޖާގަ އޮތް ކަމެއްނޫން.

  9. ޢަލިބެ

    ޤާނޫނީ ސަރުކާރުން ކުރާކަންތައްވެސް ކުރަންވާނީ ޤާނޫނުގައި އޮންނަގޮތަށް. ބޮޑަތިމީހުންގެ ޖީބުބޮޑުވާގޮތަކަށްނޫން. ދެކޮޅުވެރިކަމާ ހަސަދަވެރިކަމުގެ އަޞްލަކީ އަބަދުވެސް ވެރިންނަށް ތިބޭމީހުން ދީނަށާއި ރައްޔިތުންގެ މުދަލަށް ހިތުހުރިގޮތެއްހަދައި ހިތުހުރި ވާހަކައެއް ދައްކާތީ. ވެރިންގެގޮތުގައި ކޮންމެބަޔަކު ތިއްބަސް ދީނުގެ ހަމަތަކާއި އުސޫލުތައް ބޭނުންވާގޮތަކަށް ބަދަލުކުރުމަށް އަމުދުން ދީންނުދަންނަބަޔަކު އުޅުމަކީ ދީނަށް ލޯބިކުރާ އެއްވެސްމީހަކު ޤަބޫލުކުރާނެކަމެއްނޫން.

  10. އަހްމަދު

    މިތަންތަނަށް ސިޔާސީނުފޫޒު ވަންނަނަމަ މިކަހަލަކިތަންމެކަމެއްދިމާވާނެ ސިޔާސީ ނުފޫޒުން އެއްކަބާވެފައިވާ ތަންތަނައް ޕޮލިހާ ސިފައިން ވާންއެބަޖެހޭ

  11. ތަނބު

    މިފަހަރު ތިހެން ވިޔަކަނުދޭނަން އިންޝާﷲ ތުރުކީ ރައްޔިތުން ގެ ކިބައިން މިސާލު ލިބިގަނެ ފިސާރި ކެރިގެން ކުރިމަތި ލާނަން ، އިންސާނާޔަށް އިންސާފު ހޯދާ ދެވޭނެ އިންސާނަކު ނެތް ، ބޭނުންވާ އިންސާފު ލިބޭނީ އާޚިރަތް ދުވަހުން ، އެދުވަހުވެސް އިންސާނާގެ ޝަކުވާ ވަރަށް ގިނަވާނެ ، އެންމެފަހުން ޢަމަލެއްކުރި ްުނަވަނަކުން ކުރަކުން ހެކި ހުށަހަޅާ ހިސާބުން ނިމޭނީ ، ﷲ އަކްބަރު

  12. ރާޖާ

    ކޮބައިތަ ސިފައިންގެ ފްލެޓްތައް، ސީނޭއަށް ނިންމަން ދިނަސް އޭނަ ނުނިންމާނެ، އޭނައަށްވެސް އެނގޭ އެމީހުންގެ ފެމިލީ ބިޒްނަސް އާރްސީސީ އަޑިއަޅާލާނެކަން، އަދި ކެރަފާމެން ސިއްކަމެންވެސް ބޭނުމެއްނުވާނެ އެތަން ނިންމާކަށް.

  13. ެއަބްދޫ

    ޥޯޓަކުން އިންތިހާބު ކުރިޔަސް ގާނޫނީ
    ވެރިކަމަކަށްވަނީ ހުވަޔާއެއ ެއްގޮތަށް ކީރިތި ގުރް އާނާ އި ގާނޫނު އަސާސީ އާއ އި ގާނޫނު ތަކާ އެއ އްގޮތަށް ވެރިކަމުގެ މަސް އުލި
    އްޔަތު އަ ދާ ކުރަމުން ގެންދާނަމަ.

  14. ހުއްތު

    އެންލިސްޓެޑް ރޭންކްތަކުގެ ސިފައިންގެ ވެލްފެއަރ ކަންތައްތައް ނުބެލެހެއްޓޭތީ ވާކަންތައްތައް. މިނިސްޓަރ މިކަންކަން ގާތުން ބަލާބަލަ،