އދ.ފެންުފުށީގައި ހިންގި މާރާމާރީއެއްގައި އެ ރަށު ކައުންސިލްގެ ނައިބު ރައީސް މޫސާ އަލީ ޒަހަމްކޮށްލައިފިއެވެ.

ފެންފުށީ ކައުންސިލްގެ ރައީސް ޝާހިދު އަބްދުއްރަހީމް ވިދާޅުވީ އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމަށެވެ. އެކަމަކު، އެއްވެސް ފަރާތަކުން ރަސްމީކޮށް އެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައި ނުވާތީ ހާދިސާ ހިނގި ގޮތް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އެއްވެސް ފަރާތަކުން ނާންގާ ސީދާ ކައުންސިލަށް އެކަހަލަ ހާދިސާ އެއް ހިނގައިގެން. ކޮންކަމަކާއި ގުޅިގެން ކަން ވެސް ނޭނގޭ ޕޮލިހުން ވެސް އެހެން ފަރާތަކުން ވެސް ކައުންސިލަށް އެފަދަ ވާހަކައެއް ހުށަނާޅާ. އަޅުގަނޑުވެސް ކައުންސިލްގެ ނައިބު ރައީސް އަށް ގުޅައިގެން އަދި އެ މައުލޫމާތު ސާފެއް ނުކުރަން. އެކަހަލަ ވާހަކަ އެއް ރަށުތެރޭ ދެކެވޭ އެބަ." އޭނާ ވިދާޅުވިއެވެ.

"ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ މޫސާ އަލީ އަށް ހަމަލާ ދީފައި ވަނީ އޭނާ މަގުމަތިން ސައިކަލުގައި ދަނިކޮށް ކަމަށެވެ. އެ ހަމަލާ ދިން މީހާ އަކީ މޫސަގެ އަނބިމީހާގެ ތިމާގެ މީހެއް ކަމަށާއި، ހަމަލާ ދީފައި ވަނީ އާއިލީ މައްސަލައަކާއި ގުޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.

" ޖެހީ މަގުމަތިން ސައިކަލުގައި ދަނިކޮށް ހުއްޓުވާފައި. އޭނާގެ އަންހެނުންގެ ކޮއްކޮއެއް އެއީ. އޭނާގެ މަސްތުވާތަކެތީގެ ރެކޯޑުވެސް އޮންނާނެ އެ ޖެހި މީހާގެ. ބުމަ ފަޅައިގެން ގޮސްގެން މޫސަ ހޮސްޕިޓަލަށް ގެންގޮސް ބޭސް އަޅާފައި ވީ. ދެން މައްސަލަ ހުށަހެޅުމުން މިހާރު ފުލުހުން ގެންގޮސްފައި ކަން ނޭނގޭ ވީ. ހަމަލާ ދިން މިހާ އަކީ ޒުވާނެއް." އޭނާ ބުންޏެވެ.

އެ މައްސަލަ މިހާރު ވަނީ ފުލުހުންނަށް ހުށަހަޅައިފައެވެ. މި މައްސަލައާ ގުޅޭ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    ''އަޅުގަނޑުވެސް ކައުންސިލްގެ ނައިބު ރައީސް އަށް ގުޅައިގެން އަދި އެ މައުލޫމާތު ސާފެއް ނުކުރަން. އެކަހަލަ ވާހަކަ އެއް ރަށުތެރޭ ދެކެވޭ އެބަ." އޭނާ ވިދާޅުވިއެވެ. (އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތް މީހެއް ދޯ ކައުންސިލްގެ ރައީސް އެއީ.ތިމާ ނޫން ދެންހުރި އެންމެ ސީނިއަރ މީހާއަށް އަނިޔާއެއް ލިބުނީމަ ފޯނުންވެސް ހާލުބަލާލުން އެއީ ރީތިގޮތް ދޯ.އދ.ފެންފުށި އެއީ ކުޑަކުޑަ ރަށެއް.) ދެރަކަމެއް.

  2. ޅަބޭ

    ރަގަޅު ހަމަ.