ވާދަކުރާނެ އެހެން ކެންޑިޑޭޓުން ނެތުމުން ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ލޯކަލް ކައުންސިލްތަކުގެ 22 ގޮނޑިއެއް ކަށަވަރު ކުރެވިފައިވުމުން ލާމަރުކަޒީ ނިޒާމަށް އެ ޕާޓީ ފަރިތަކަން ފެނިގެން ގޮސްފި ކަމަށް މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު ވިދާޅުވެއްޖެއެވެ.

އަނަސް ކުރެއްވި ޓްވީޓްއެއްގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް އެމްޑީޕީގެ ފަރިތަކަން އަދި އެ ނިޒާމަށް އެމްޑީޕީގެ ވާދަވެރި ސިޔާސީ ޕާޓީތައް ބީރައްޓެހިކަން ސާފު ވަނީ އިންތިހާބެއް ނެތި އެމްޑީޕީއިން ކާމިޔާބު ކުރި ގޮނޑިތަކުން ކަމަށެވެ.

"ހާމަވަމުން މި ރާއްޖެ އަލިވިލެން މި ދަނީ މާ އުފާވެރި ރަން ރީނދޫ ފަތިހަކަށް،" އަނަސްގެ ޓްވީޓްގައިވެއެވެ.

މިހާތަނަށް ކައުންސިލްތަކުގެ ގޮނޑިއެއް ކަށަވަރު ކޮށްފައިވާ ހަމައެކަނި ޕާޓީއަކީ ވެސް އެމްޑީޕީއެވެ. އެމްޑީޕީއަށް 22 ގޮނޑި މިހާތަނަށް ކަށަވަރު ވެގެން ދިޔައިރު، އެ ޕާޓީގެ އިތުރުން ދެން ގޮނޑި ކަށަވަރު ވެފައި ވަނީ އަމިއްލަ ގޮތުން އިންތިހާބަށް ކުރިމަތިލި އަށް މީހަކަށެވެ.

ރާއްޖޭގައި އެންމެ ފަހުން ބޭއްވި ތިން އިންތިޚާބުގައި ވެސް އެމްޑީޕީއިން ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައެވެ. 2017 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި އެންމެ ގިނަ އަދަދަކަށް ކައުންސިލްތަކުގެ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއިންނެވެ. 2018 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން އޭރުގެ ރައީސް އަބްދުﷲ ޔާމީން ބަލިކޮށް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 65 ގޮނޑި ކާމިޔާބުކޮށް މަޖިލިސް އިންތިޚާބެއްގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ހޯދުމުގެ ރެކޯޑް އެމްޑީޕީއިން ހޯދިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޖަނާޒާ

    އަނގައޮތީމަ ބަހެއްދެއްތޯ، ތިޔަ ބޭރުކޮށްލެއްވީ. ދަންނަވަންތޯ! އެމް.ޑީ.ޕީ ވަރަށްފަރިތަވާނެ އިނގޭތޯ ބަހުގެ އަޅުންނަށްވާން. ދަލީލު ވަރަށް އަވަހަށް ފެނިގެންދާނެ. #އިހްތިރާމް އަނަސް

    30
    1
    • ޙައްގުބަސް

      މިހަދާ ގޮތަކީ ދެން ވާދަކުރާ ކެންޑިޑޭޓަށް ދެ ތިން ލައްކަ ރުފިޔާ ދީފަ ނަން އަނބުރާ ގެންދުވަނީ!! އެހެން މިހާތަނަށް ހަދާފައިވާ ކަމުގެ މަޢުލޫމާތު ލިފައިވޭ!! ފައިސާކޮޅު ހޯދައިގެން ނަން އަނބުރާ ގެންދިޔަ ގާތް އެކުވެރިއެއްގެ ފަރާތުންވެސް އެނގިފައިވޭ!! އޭނާ ބުނީ “ހޮވޭނެކަމެއްވެސް ނޭގެޔޭ ނަން އަނބުރާ ގެންދާމަތިން 2 ލައްކަ ރުފިޔާ ހުށަހެޅީމަ ނަން އަނބުރާ ގެންދިޔައީ ލާރިކޮޅެއް ލިބިއްޖެ ނޫންހޭ މިނިމުނީ ނޫންހޭ”!! މިކަހަލަ ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި އުޅޭ ފަރާތްތައް ހަމަ މިބޭނުމުގައި ގޮނޑިތަކަށް ކުރިމަތީލާކަމީ
      މިރާއްޖެ ދަންނަ ޙަގީގަތް!!

      38
      1
  2. ރިޕޯޓު

    އިންތިހާބެއް ނެތި ގޮނޑި ލިބުމަކީ އެމްޑީޕީ ލާމަރުކަޒީ ނިޒާމަށް ރައްޔިތުން ފައިސާ ބަހާ ރައްޔިތުން ބިކަ ކުރުން.

    42
    1
    • ފްލޯކް

      ލާ، ކިޔައިފިއްޔާ ތި ބައިގަނޑު ކޮންމެ ކަމަކަށް ވެސް ފަރިތަވާނެ، މިސާލަަކަށް ލާދީނީ، ލާއިންސާނީ، މިހެންގޮސް އެތައްކަމެއްވެސް

  3. ކުރަމޓީ

    އޭގެން އެގޭ އެއްޗަކީ އމްޑީޕީގެ ނުކުޅެދިކަން ވޯޓް ލައިގެން ނޮހޮވޭނެތީ އެކިގޮއްގޮތުން ބިރު ދައްކައިގެން ނަން އަނބުރާ ނަންގަނީ މީ އެންމެން ދަންނަ ސިއްރެއް ސަރުކާރައް ރައްޔިތުން އިތުބާރު ނުކުރާ ކަމުގެ ހަގީގަތް ވޯޓް ބޮއިކޮޓް ކުރަން ރައްޔިތުން އެދޭކަމުގެ ފުރިހަމަ ދަލީލެއް

    38
    1
  4. ކޮވިޑް

    ވަރަށް ތެދު ހަޤީޤީ ވާހަކަ އެއް ތިބުނީ. ހަމަ ޔަގީނެއްނު ވޯޓަކުން ގޮނޑި އެއް ނުލިބޭނެކަން. ވެރިކަމަށް އައީވެސް އަދި މަޖިލީސް ވެސް ހަމަ ތިފަދަ ޖަރީމާތަކުން ނެއްނު ފޭރިގަތީ....

    37
    1
  5. Anonymous

    ކަލޭމެންގެ ޖަމާޢަތަކީ މިދިވެހި އުއްމަތަށް ޖެހި ފަ އޮތް ނި ފުއްސުވި ބަލާވެރިކަމެއް

    35
    1
  6. އަޙްމަދު

    އިންތިހާބެއް ނެތި ގޮނޑި ލިބުމުގެ މާނައަކީ ކާލޭމެން ތިކުޅޭ ޑްރާމާއަކީ މާރައްޔިތުން ބަލައިގަންނަ އެއްޗެއް ނޫންކަން! ވާދަނުކޮށް ގޮނޑި ލިބުމަކީ މާމޮޅުކަމެއްް! ލިބެނީ ކިތައްވޯޓްތޯބަލަން ނިކަން ފެންނަ ނުފެންނަ ވޯޓަކަށްދެބާލަ!!!!

    30
    1
  7. މައސްއޫދު

    މިހިރަ މީހާގަޑާ އެކުމުގައި އްެމްޑީޕީގެ ދައުރެއް އިބަފެނޭތަ! ދެއުޅިއެއްނުވާ ވާހަކައްކާ ބައެއް އެމްޑީޕީ މީހުންނަކީ

    30
    1
  8. ނަައީމް

    ކޮންމެކަމެއްގާ މަކަރާއި ހީލަތުން ކަންކުރާމީހުން މިއަދު ތިޔަހެން އޫޅޭ ވިސްނާލަބަލަ ފުރަތަމަ ނަންނެގުން ފޯރިއާއެކު ނަގަމުން އައީ އެމްޑީޕީ މީހުންނޫންތޯ ދެވަނަފަހަރައް މުއްދަތުއިތުރުކޮށްގެން ދެން އެމްޑީޕީއިން ނިކުތީ ކޮންމެތަށަކައް ސަރުކާރުގެ ދަތުރުތަކުގެތެރެއިން މީހުންފޮނުވައިގެން ކެޑިޑޭތުން ގަތުން ނުބައްދަލް އަދަތުތައްދީ ވަޒީފާދީ އަދި ދޭނެކަމައްބުނެ އެޑްވާސްކޮށްދީ ސީދާ ގަނެލީ މީކީ އެއްވެސްއިރެއްގާ ސަރުކާރަކުން ކަންކުރާގޮތެއްނޫން ނަމަވެސް މިމީހުންގެ ލާދީނީ ކޮވިޑޤ19ރައިގެސިޔާސަތު ތަފާތުވާ ސަބަބު ރައްޔިތުންނޭ ވިސްނަވާ މިފަހަރު ވޯޓްދޭނީ ސީދާ ރުކައް

    19
    1
  9. ސިއްތި

    ޞައްޙަ ވޯޓަކުން ނޮހޮވޭނޭކަން ކަށަވަރުވެ ރުފިޔާ އަޅައިގެން ގޮނޑިތައް ގަތުމަކީ ވޯޓާ ކުރިމަތިލުމަށް އެމްޑީޕީ ބިރުގަތުމާއި އެމްޑީޕީގެ ނުކުޅެދުންތެރިކަމެވެ. އަދި ފައިސާއަށް ގޮނޑި ވިއްކިމީހުންނަކީ ނަފްސު އޮޔާދިޔަސް އަދި ޤަވްމާއި ދީން ފާސިދުވިޔަސް މަގޭޖީބު ފުރޭކަމަށްވަންޏާ ވަރިހަމަ މީހުންނެވެ. 2018 ގެ ރިޔާސީ އިންތިޚާބާއި އޭގެފަހުން އޮތް މަޖްލިސް އިންތިޚާބަކީވެސް މިގޮތަށް ފައިސާދީގެން އެމްޑީޕީ ގަނެލި އިންތިޚާބެކެވެ. މިކަންކަމުގެ ފޮނިކަމެއް ދުވަހަކުވެސް ނުލިބޭނޭކަމާއި އާޚިރުގައި އެފަދަ މީހުން ނިކަމެތިވެގެންދާނީ ބަލަންތިބި ބަޔަކަށް ޢިބްރަތަކަށް ފުދޭނޭ ގޮތަށެވެ. ދުނިޔޭގައި ތިބި ބަޔަކަށް މި މަންޒަރު ފެންނާނެއެވެ.

    19
    2
  10. ޢަލީ

    އާނ އެއި ޑިމޮކްރަސީގެ އެންމެ މޮޅުގޮތް. ހެދިގޮތް އެނގޭތަ، ދެންހުންނަ ކެނޑިޑޭޓް ކައިރީ މި ބުނަނީ، ވަޒީފާ ދޭނަމޭ ނަން އަނބުރާ ގެންނާށޭ، އެހެންކިޔައިގެން މީހުން ހައްލާލައިގެން ނަން ނެގުވީ، ދެން ހޮވޭނެއެއްނު. އެހެން ނަންގެނދިޔަ އެތައްބަޔަކަށް އަދި ވަޒީފާ ލިބުނުކަމެއްވެސް ނޭނގޭ.

    20
    1
  11. ޙހހހ

    ޢިންތިހާބަކާއި ނުލާ ހޮވިއްޖެނަމަ ރައްޔިތުން ހޮވިމީހަކަށް ނުވާނެ ،އެއިޢިލެކްސަނުން ހޮވިމީހަކަށްވާނީ ، މިވެސް ޤާނޫނު އޮތްގޮތެއްތަ

  12. ނާސިރު ބުނިބަސް އެހިންތަ؟

    އިންޑިޔާއިން ލާރި ގޯނި ބަހާތީވާގޮތެއް މީ.

  13. ސސ

    ވޯޓަކާއި ނުލައި ގޮޑި ލީބިގެން ނުވާނެ އެއީ ޑިމޮކްރެޓިކް ގޮތެއްނޫން އެންމެ ކުޑަމިނުން ފެންނަ ނުފެންނަ ރައްޔިތުންގެ ކުޑަ ކ ވޯޓެއްވިޔަސް ނަގަންވާނެ !

  14. މާމީ

    ވައްކަން ކުރާށޭ ބުނިނަމަ މާތާހިރު ވާނެ

  15. ޢަހު

    ކަލޯ ތަމެން ވެރިކަމަށް އިބޫގެނައީ ވޯޓަކުންތަ؟ނޫނީ ވާދަކުރި އަނެއް ެންޑިޑޭޓް ނަން ނެގީތަ؟ ނޫނީ 50.000 ވޯޓް ލިބިގެންތަ؟ ގައިމު ހޮވޭވަރަކަށް އިބްރާހިމަކަށް ވޯޓެއް ނލިބޭ

  16. ޚާލިދު

    މިދިވެހިރާއްޖޭގަ އެމްޑީޕީ ބައވެރިވެގެން މިހާތަނައްބޭއްވި އެއްވެސް އިންތިޚާބަކުން ސައްޚަގޮތުގަ (ވޯޓުން)މޮޅުވި އެއްވެސް އިންތިޚާބެއްނޯނާނެ އެއްގޮތަކައްވެސް އެމީހުންނަކައް ޔަގީންކަމެްްނޯންނާނެ ވޯޓުންމޮޅުވާނެކަމުގެ ދެންއެމީހުންދޭނީ ރިޝްވަތު ދެންހުންނަމީހާ ނަފްސުވިއްކާލާނީ ލިބޭވަގުތީ ފައިދާއަކައް ފައިސާފެނުނީމަ ހިތަކައްނާރާނެ ތިމަންނަ މިގައުމައް ޣައްދާރުވަނީކަން ތިމަންނަގެ ދަރިންވެސް އުޅެންއޮތްތަންކަންމީ ތިވަރުންދަންޏާ މިފަހަރު ފައްޅިއަޅާނެ

  17. ކެޔޮޅު

    ވޯޓުން ވައްކަންކުރަން އަދި މާފަރިތަދޯ؟

  18. ބޯހަލާކު

    ލާރިޗާޕްކޮއް ވެއްމަސް ވެނައްކާންދޭތީވެ...ކަލޭމެންގެ މޮޅުކަމަކުންނޫން..

  19. މަސްއޫދު

    މިހިރަ މީހާގަޑާ އެކަމުގައިމުގައި އެމްޑީޕީގެ ދައުރެއް އިބަފެނޭތަ! ދެއުޅިއެއްނުވާ ވާހަކައްކާ ބައެއް އެމްޑީޕީ މީހުންނަކީ1އެހެންވާނެއެއްނޫން ތިބެނީ ހަމައިގައެއްނޫން

  20. ފައިބާފައިބާ

    އެމްޑީޕީ ވެރިކަމުން ދެން ފައިބަންވީއޭ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ ފައިބާ