އައްޑޫ ސިޓީގައި ލޯބިވެރިޔާ ކަރަންޓީންގައި ހުއްޓައި ކޮޓަރިއަށް ވަން މީހަކު ކަރަންޓީނަށް ދާން ޖެހިއްޖެެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަރަންޓީން ކުރީ ސ. ފޭދޫގައި ކަރަންޓީންގައި ހުރި ފިރިހެނެއް ކައިރި އަށް ވަން ކަން ފަޅާ އެރި އަންހެނެކެވެ. އެމީހާއަކީ ވެސް ފޭދޫ އަށް އުފަން މީހަކު ކަން އެނގިފައިވެއެވެ.
އެޗްޕިއޭ އިން އެ އަންހެން މީހާ ކަރަންޓީންކޮށްފައި ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ކަރަންޓީންގައި ހުރި ފިރިހެން މީހާ ކައިރި އަށް ވަނީ އެ މީހާގެ ލޯބިވެރިޔާއެވެ. މީގެކުރިން ވެސް އެ ލޯބިވެރިޔާ ފިރިހެން މީހާ ކައިރިއަށް ވަދެ އޮއްވައި ބަޔަކު ޝަކުވާ ކުރި ކަމަށްވެއެވެ. މިއީ ދެ ދިވެހިން ކަން ވެސް އެނގިފައިވެއެވެ.
އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން އިއްޔެގެ ވަގުތެއްގައި އަންހެން މީހާ ވަނީ ހައްޔަރުކޮށްފައެވެ. އަދި އެޗްޕީއޭ އިން އަންގައިގެން އެމީހާ މިހާރު ހުރީ އެހެން ގެއެއްގައި ކަރަންޓީންގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން އައްޑޫއަކީ މިހާތަނަށް އައިއިރު، ކޮވިޑް ފެތުރިފައި އޮތް އެއް ރަށެވެ. ހާއްސަކޮށް ފޭދޫގައި ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އިތުރެވެ. އައްޑޫން އެކަނި ވެސް މިހާތަނަށް 60 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ.
ރާއްޖެ އިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 58 މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖޭގެ ރަށްތަކުގެ ތެރެއިން އައްޑޫއަކީ މިހާތަނަށް އައިއިރު، ކޮވިޑް ފަތުރާވާފައި އޮތް ރައްތަކެއް ހިމެނީ ސިޓީއެއް! މީ ބަޔަކުމީހުން ގަސްތުގައި އައްޑުއަށް ގެންދިޔަ ބަލިއެއް!!!
ހެހެހެ! ތީ ޢާއްމުކަމެއް މުޅި ރާއްޖޭގައި ހިނގާކަމެއް، އޭނަވީމަ ފަޅާއަރުވާލީދޯ.
މިދެން ހަބަރުތަ؟
މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސް ކެވިފައޭ ނުބުނަން މަމެން ނެތިން.ވ.ވެދުން
އައްޑޫ އެއީ އެއްވެސް ބައްޔެއްނެތްރަށެއް އެރަށައް ހުރިހާބަލިތަކެއް ގެންދިޔައީ މާލޭމީހުން ހެހެހެ
jurumAnA kuranI hamaekani kAfiwu gaDIga magumatI wuLunIma ta؟
ކަރަންޓީނު ފެސިލިޓީތަކުގައިވެސް ހިގާ ކަމެއް ތީ...
މިހެން އުޅޭ މީހުން އިނދެގެން އެކަކު އަނެކަކަށް ބަލާވެސް ނުލާނެ.
އެމީހާ ހިލޭ މީހެއް ކައިރިއައް ވަނުމުން ކުރަނީ ކަރަންޓީނުތަ؟ ކޮބައިތަ ހެދިފައި ހުރި ގާނޫނުތައް؟
މާ އަވަސް އަރުވާލަިގެން ނޫޅެ ގާނޫނީ އިމުގެ ތެރެއިން ވެކްސިން ޖަހަން ވަދެބަލަ!!
އޭނަ އެ ވަންނަނީ ވެކްސިން ލިބިގަންނަން..😄