ގދ. ތިނަދޫގައި ހޯމް ކަރަންޓިންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނީ، އެރަށުގައި ހޯމް ކަރަންޓީންގައި 10 ދުވަސް ފުރިހަމަ ކުރުމަށްފަހު އިއްުޔެ ސުންކު ނެގި މީހުންގެ ތެރެއިން އެކަކު ކޮވިޑަށް އަށް ފައްސިވެފައިވާ ކަމަށެވެ.

ތިނަދޫ އިން މީގެ ކުރިން ތިން މީހަކު ކޮވިޑަށް ފައްސިވެފައި ވެއެވެ. މި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އައްޑޫ ސިޓީ ހިތަދޫން ފައްސިވި މީހުންނާއި ގުޅުންހުރިި މީހެކެވެ. އަނެއް މީހާއަކީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ސުންކަކުން ފައްސިވި މީހެކެވެެ.

ރާއްޖޭގައި ކޮވިޑް ފެތުރެމުންދާއިރު، މިހާރު ފައްސިވި މީހުންގެ އަދަދު ވަނީ 18224 އަށް އަރާފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 2391 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢަހު

    ފައްސި ނުފައްސި ނުކިޔާ ތިބޭ