ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ކަންކަމުގައި ކޮރަޕްޝަން ހިނގާ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެވެއްޖެ އެވެ.
މާލޭގައި ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީކުރުމުގައި އެއް ގަރާޖަކަށް 70 އެއްހާ ކާރު ރަޖިސްޓްރީކޮށްފައި ވާކަމުގެ ތުހުމަތުތަކެއް އޭސީސީން ވަނީ ކޮށްފައެވެ. އޭސީސީން މި ތުހުމަތުތައް ކޮށް ވާހަކަދައްކާފައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ.
އެ ކޮމެޓީގައި އޭސީސީގެ ކޮންސަލްޓެންޓް ޑރ. ސިމާދު ސައީދު ވިދާޅުވީ، ގަރާޖުތަކަށް ވެހިކަލް ރަޖިސްޓްރީ ކުރުމުގައި ހީވެސް ނުކުރާވަރުގެ ކޮރަޕްޝަން ހިނގާފައިވާ ކަަމަށެވެ.
"އަދި އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީ ކުރުން ފަދަ ކަންކަން ހިނގާ ކަމަށް، އަދި އެ ގަރާޖަކީ ހަގީގަތުގައިވެސް ގަރާޖެއްތޯ ނޫނިއްޔާ އެއީ ފާމަސީއެއްތޯ ބޯކޮށާތަނެއްތޯ އެކަންވެސް ބެލޭނެ ގޮތެއް ނެތް ކަމާއި، ގޭގެ ނަމަށް ގެންނަ އެތައް ބަދަލުތަކުގެ ސަބަބުންވެސްވެސް މި ދެންނެވީ ނަން ލިޔާ ގޮތަށް އުނިއިތުރު ގެނެސްގެންވެސް ތަފާތު އެތައް ވެހިކަލްއެއް ރެޖިސްޓަރ ކުރާ ކަމަށް". އެ ބައްދަލުވުމުގައި ޑރ. ސިމާދު ވިދާޅުވިއެެވެ.
ސިމާދުގެ ވާހަކަތައް ދޮގުކޮށް ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމުގެ ޤަވާއިދުގައިވާ ގޮތުން ގްރޭޓަރ މާލެ ސަރަޙައްދަށް ވެހިކަލް ރަޖިސްޓަރީ ކުރުމަށް ޓްރާންސްޕޯޓަށް ހުށައަޅާ އެޕްލިކޭޝަންތަކާއިއެކު ވެހިކަލް ބާއްވާނެ ގަރާޖެއްގެ ހުއްދަ އޮންނަން ޖެހޭނެކަމަށް ބުނެފައިވާތީ، ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި އެ އޮތޯރިޓީން ބަލަނީ މާލޭ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ހުއްދައެއްގެ މައްޗަށް ކަމަށެެވެ.
އަދި މާލެ ސަރަޙައްދަށް ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާފަދަ ކަންތައްތަކެއް ހިނގާކަމަށް ފާހަގަކުރެވި އެފަދަ ޝަކުވާތަކެއް އެ އޮތޯރިޓީއަށް ލިބެމުންދާތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވާ ގަރާޖަކީ ރަގަޅުތަނެއްތޯ ބެލުމަށްޓަކައި މި އޮތޯރިޓީން ބަލާ ޗެކްކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.
އަދި އޮތޯރިޓީން ޗެކް ކުރާއިރު، އެތަނަކީ ގަރާޖަކަށް ނުވާނަމަ ނުވަތަ ގަރާޖެއްގެ ޝަރުތު ފުރިހަމަނުވާ ތަނެއްނަމަ އެތަނަކަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީފައިނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން، ދައްކަވާފައިވަނީ މިހާރު ކަންހިނގަމުންދާ ގޮތާއި ކަނޑައެޅިގެން ހިލާފު ވާހަކަތަކެއް ކަމުގައި ދަންނަވަމަވެ". އެ އޮތޯރިޓީން ނެރުނު ބަޔާނުގައި ވެއެވެ.
ޖާބިރުގެ ވެހިކަލަށް ވީ ކިހިނެއްތޯ؟
ކުއްވެރިވީ އޭސީ ސީ ދޯ!!
އުނހު........... އެކަމަނާ އެ ވިދާޅުވަނީ ވެހިކަލް ރަޖިސްޓްރީކުރުމުގައި ކްރަޕްޝަން ނޫން އެއްޗެއް ނުހިނގާކަމަށް! އަނގަ ފޮނިޔަމަހެއްހެން ހަދައިގެން އިނީމާ ކަލޭމެންނަށް ބުނި އެއްޗެއް ސާފުނުވަނީ!
ހިނި އަންނަނީ! ކަނޑައެޅިގެން ދޮގު. 50 ނޫނީ 70 ހާސް ދުނުމުން ގޭގައި އޮތަސް ރަޖިސްޓްރީ ކުރެވޭ. ގަރާޖު ކަންތަކާއި އުޅޭ މީހާގެ މާލިއްޔަތު މިހާރުވެސް ބަލާ. ކިތައް މީހުންތޯ އެތާތިބެ މުއްސަނދިވީ. މިކަމުގައިއުޅޭ އެންމެންދަންނަ ބޮޑު ސިއްރެއް މިޔައީ. އެޔައްވުރެ ކޮރަޕްޓް ތަނެއް ނެއް މި ރާއްޖެޔަކު. ކަސްޓަމައްވުރެން 3 ގުނަ ކުރީގައި އޮތީ
މިމަންޖެ ފުނުވަބަލަ ރިސޯޓް ތަކުގަ ޝޯދޭން އައިޝަތު ޒުހުދާ ފަހުން އައިޝަތު ނަހުލާ
ކަލޯގަޔާ! އިތުރަށް ބުނާނެ ވާހަކައެއްނެތް! 100 ލޮރީ 3ފޫޓު 3ފޫޓޫ ކޮތަރިއެއްގައި ޕާކުކުރާނެ ގޮތް ބުނެދީ!
އެއ އްގޮކަ އްވެސް ކޮރަޕްޓް އެ އް ނޫން އަތު ޖެހުނު އެއ އްޗެ އް ގޮހޮރަށް.
ޓްރާންސްޕޯޓަށް އެނގޭތޯ ރަޖިސްޓްރީ ބާތިލް ކުރާ އުޅަންދު ދު އްވާތޯ
މީނަ ކީ އްވެތަ ޑްރަ އިވިން ލަ އިސަންސް ޓެސްޓް ހިފަހަ އްޓަ އިގެން މި އުޅެނީ
އިބޫ ލައިގެން އުޅެނީ މުޅިންވެސް ކަރަޕްޓް މީހުން
މާލޭގައި އެއް ގަރާޖެއްގެ ނަމުގައި 70 ވެހިކަލެއް ނޫން ރަޖިސްޓްރީ ކޮށްފައިވަނީ ފުރަތަމަ ކަމަކީ ތިޔާ ކޮންސެލްޓެންޓް ވެސް ތިޔާ ވަނީ ކޮރަޕްޝަނާއި ފަސާދައިގެ ތެރޭގައި ކަމަށޭ މަމެން ބަލަނީ މާލޭގައި ހުރީ ޖުމްލަ 12 ގަރާޖް މާލޭގައި އެބަހުރި 4 ފުރޮޅުލީ 1000 އަށް ވުރެން ގިނަ އުޅަނދު ތައް ދެން ކޮންމެ ގަރާޖަކަށް ޖެހެނީ 75 ވެހިކަލެއް ނޫން ކަން އެއީ ފެންނާން އޮތް ހަގީގަތޭ ޔޫ ލޮސްޓް މައި ޓްރަސްޓް ޔޫ ލޮސްޓް މައި ޓްރަސްޓް ޔޫ ލޮސްޓް މައި ޓްރަސްޓް...
ހ.އަނދުންގެއަށް 600 ކާރު ރަޖިސްޓްރީ ކޮއްފޭ
ކޮރަޕްޝަނައް ވާނީ ހަމައެކަނި ތިގޮތަށް ކަންތައް ކުރީމައެއް ނޫން. ސީސީ ބަދަލުކޮށް ރަޖިސްޓްރީ ކުރުމުން ކިތައް މިލިޔަން ރުފިޔާތޯ އަހަރެއްގެ މައްޗަށް ދައުލަތުން ނުލިބިއެދަނީ؟ އެއްބަޔަކު -/1152 ދައްކާ އިރު އަނެއް ބަޔަކު ހަމަ އޭގެ ސައިކަލަކަށް -/648. މިވެސް އިންސާފް؟
ކޮރަޕްޝަނައް ވާނީ ހަމައެކަނި ތިގޮތަށް ކަންތައް ކުރީމައެއް ނޫން. ސީސީ ބަދަލުކޮށް ރަޖިސްޓްރީ ކުރުމުން ކިތައް މިލިޔަން ރުފިޔާތޯ އަހަރެއްގެ މައްޗަށް ދައުލަތަށް ނުލިބިއެދަނީ؟ އެއްބަޔަކު -/1152 ދައްކާ އިރު އަނެއް ބަޔަކު ހަމަ އޭގެ ސައިކަލަކަށް -/648. މިވެސް އިންސާފް؟
މީގެ އެތައް އަހަރެއްގެ ކުރިން ހިނގާފަހުރި ކަންކަން މިހާރ ު އެވަނީ ޓްރާންސްޕޯޓުން ވަރަށް ބޮޑުތަނުން ރަނގަޅު ކޮފައިކަން އެނގޭތީ އެފަދަ ވައްކަން ނުކުރެވިގެން ހައެއްކަ ކެނާ ދައްކާފަ ހުރި ހަސަދައިގެ ވާހަކަން ރަނގަޅަށް އެނގޭނެ ނަލާލި ކޮންމެ މީހަކަށް! މީގެކުރީން ޓްރާންސްޕޯޓް އޮތޯރިޓީއަކީ ކޮރަޕްޝަންގެ ހާއްޔެއް ނަމަވެސް މިހާރު އެހާމަކުރަނީއެދުވަހެއްގެ ހިސާބުތައް! ދެން ކޮން ވާހަކަޔެއްބާ؟
ނޭގޭވާހަކަ ނުދައްކާ ކޮތަރިބެ. އަހަރެމެން މިވާހަކަ ދައްކަނީ އެނގި ފެނިގެން. ކަލެއަށް ތިއޮތީ މާބޮޑައް އެނގިފައި
ދެން ކޮންކަމެއްގަ ކޮރަޕްޝަން ހިނގަނީ؟
ލަ އިސަންސް ނެގެނީކީ ނޫން . ނުނަގަ އި ދު އްވަަ އި ފި އްޔާ ކު އްވެރި ވޭ އެބަ..8 މަސް ވެ އްޖެ ޓެސްޓުގަ ބަ އިވެރިވާން ފޯމް ލާތާ ކޮންމެސް އެ އްޗެކޭ ކިޔާފަ ފޯމް ކެންސަލް ކޮށްލަނީ ..ރާ އްޖެ ތެރޭ ރަށްރަށުން ނަގާފަ ހުންނަ ލަ އިސަންސް ގަބޫލެ އް ނުކުރޭ ..ބަންގާޅީން ބަގްލަދޭސް ލަ އިސަންސް ދަ އްކާ ލާ އިރަށް ލަ އިސަންސް ލިބޭ..
ވަޓް އަ ފަނީ ޖޯކް.
70 ކަމެއް ނޭނގެ އެކަމު ކޮރަޕްޝަން ހިންގާ
ޖުހާ ހުރިތަނެއްގަ ތިކަން ހިންގާނެ.
ހިންގާ މީހާ ފަޅާއަރަނީތާ ދޯ
ނަހުލާ ކަލެއައް ކޯޗެއްތަ އެނގޭނީ.. ބުރުމާ އން ރިސޯރޓުގަ ވިއްޔަ ތިއޮތީ... އޮފީހައް އެންމެ ފަހުން ވަތް ދުވަހެއް ބުނެބަލަ.
ދާދި ފަހަކުން ވެސް ހުސްވި ޖެނުއަރީ މަހުވެސް ރާއްޖެ އައް އަހަރައް ނުފެތޭ ވެހިކަލެއް އެތެރެ ކޮއް ތިޔަ ޓްރާންސްޕޯޓް ތެރޭން ރަޖިސްޓްރީ ކޮއްގެން ނެރެފި ކަލެއަކަށް ތިތާ ހިންގާޖަރީ މާތަކެއް ނޭގޭނެ
ނަހޮލަަެކިހިނެނއެގެނި
ދަލުބޭރުން އައި ވަގު ނަހުލާ ސޭޓު ފެލާފަ އަލީ ފެލާފަ
3 ފުުޗު 3 ފުޗު ގަރަޖަކަ 100ވެހިކަލް ވަދެެވެނެ 100000 ލައްކަރުފިޔަ ދިނިމަ
30ކޭ.ދިނީމަ އުމުރަކަށް ނުބަލާ ރެޖިސްޓަރ ކުރެވޭނެ. އައްޑޫ ވެހިކަލް އެތެރެކުރާ ކުދިންނަށް
އެނގޭނެ މީ ދޮގެއް ނޫންކަން.
ނަހުލާ މިހާރު އުޅެނީ މި ގައުމުގައި ހުރި އެންމެ ބޮޑު ކޮރަޕްޓް މީހާއަށް ޕާމަނަންޓް ސެކްރެޓރީކަން ދޭން. އެއީ މިހާރު ނަހުލާގެ ފިރިމީހާއާ ދާދި އެއްވަރުގެ މުއްސަންޖެއް. އެކަމަކު މުސްކުޅިއެއް ނޫން.
އަދުންގޭ ގަރާޖަށްދޯ 70 ވެހިކަލް ރަޖިސްޓްރީ ކޮށްފައޮތީ