ފުވައްމުލައް ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ސިޓީގެ އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދު ނިޖާހް ވިދާޅުވީ، އިއްޔެ 6:00 އިން މިއަދުގެ 9:00 ހާ ހަމައަށް އެ ސިޓީން ކޮވިޑަށް ފައްސިވެފައި ވަނީ އެންމެ މީހެއް ކަމަށެވެ.

އަދި މިހާރު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ 28 އަށް އަރާފައެެވެ. އޭގެ ތެރެއިން އެކަކު ވަނީ އައްޑޫ ސިޓީއަށް ގޮސްފައެވެ.

އަދި އެރަށުން ފައްސިވި މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އެ ސިޓީގައި ކޮވިޑްގެ ދެ އިހަލެއް ވަނީ އުފެދިފައެވެ. އެއީ ދުބާއީގައި ހުރެފައި ފުވައްމުލަކަށް ކަރަންޓީންވުމަށް ދިޔަ މީހެއްގެ އިހަލާއި، އަދި އެރަށު ފްލޫ ކްލިނިކަށް ދައްކަން ދިޔަ މީހަކާއި ގުޅުން ހުރި އިހަލެވެ.

ކިޔުންތެރިންގެ ހިޔާލު