މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 116 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 108 މީހުން ފައްސިވީ މާލެއިންނެވެ. ތިން މީހަކު އަތޮޅުތެރެއިން ފައްސިވިއިރު ރިސޯޓްތަކުން ހަތަރު މީހަކު ފައްސިވިއެވެ. އަދި ސަފާރީއަކުން މިއަދު އެކަކު ފައްސިވެފައި ވެއެވެ.

މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18340 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އިތުރު 95 މީހުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެގެން ދޫކޮށްލާފައިވެއެވެ. މިއާއެކު ރާއްޖެއިން ބައްޔަށް ފައްސިވި މީހުންގެ ތެރެއިން ޖުމުލަ 15،863 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދަނީ 2،412 މީހުންނެވެ. އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ޢަދަދު މަޑުމަޑުންވަނީ ދަށަށްދާން ފަށާފައެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ 168 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3،963 މީހަކު ވަނީ ކޮވިޑް-19 އަށް ޓެސްޓް ކޮށްފައެވެ.