މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށްފަހު ފިލަން އުޅުނު ތިން މީހަކު ހައްޔަރު ކޮށްފިއެވެ. ހައްޔަރު ކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ.

ފުލުހުން ވިދާޅުވީ މިރޭ 20:00 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭއެއްގައި ހަމަނުޖެހުމެއް ހިންގުމަށް ފަހު ފިލަން ދުވި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހަމަނުޖެހުން ހިންގާފައި ވަނީ ފޮރިން މިނިސްޓްރީ ކުރިމައްޗަށްވާ ގޮތަށް ހުންނަ "ލަބާން ޑައިނާ" ކިޔާ ކެފޭގައެވެ.

ފިލަން ދުވި ތިން މީހުންގެ ތެރެއިން އެކަކު ވަނީ ފުލުހުންނަށް ހަމަލާ ވެސް ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުންގެ ތެރެއިން ފުލުހަށް ހަމަލާދިނީ 28 އަހަރުގެ މީހާއެވެ.

ހަމަނުޖެހުން ހިންގި މައްސަލައާއި ފުލުހަކަށް ހަމަލާދިން މައްސަލަ ވަކި ދެ މައްސަލައެއްގެ ގޮތުގައި ތަހްގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޅަބޭ

    އެއްކަލަ ފުލުހުން ދޯ. ކަލޭމެނައް މައިތިރި ނުކުރެވޭ މީހުން ހުއްޓުވަން ނޫޅެބަލަ. ކަލޭމެނައް ހުއްޓުވޭނީ އިދިކޮޅު ޕާޓީތަކުގެ އަންހެން ބަނޑިޔާ ޖަހާ ގުރޫޕުތައް އެކަނި. އާތް.... ޕޫއް ޕޫއް!

    11
    5
  2. ޥައްހާބު

    ޢަދި ސީޕީ ހަމީދު ވިދާޅުވީ އެ ތިން މީހުންނަކީވެސް ހައްދުފަހަނައެޅި ދީނީ ފިކުރުގެ ތިން މީހުންނެވެ. ޢަދި މިއީ މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާއެވެ.

    11
    4
  3. މައްސަލައަކީ.....

    މައްސަލައަކީ، މިތާ ކޮމެންޓް ކޮށްފައިވާ ޅަބޭ، އާއި ވައްހާބުމެން ތިގޮތަށް ވިސްނާތީ އެވެ. ފުލުހުން ދުވީ މައިތިރި ކުރެވޭނެތީ އެވެ. އެތިބީ 3 މީހުންވެސް ހައްޔަރުކޮށްފަ ނޫންހެއްޔެވެ؟ އެމީހުންގެ ޢަމަލުތަކުން ދޭހަކޮށްދެނީ، ގައިމުވެސް އެމީހުންނަކީ ނުބައި ކޮންމެސް ކަމެއްގައި ޙައްދުފަހަނައަޅާފައި ވާ ބައެއްކަމެވެ. (މިވާހަކަ ބުނީތީ ކޮންމެސް މަށާއިމެދު ހިތްބުރަ ނުކުރައްޗެވެ. މިހެން މިބުނީ ޅަބޭ އަދި ވައްހާބަކީ މަގޭ ލޮބުވެތި އަޚުން ކަމުގައި ދެކިގެންނެވެ.)

    2
    4
    • ޥައްހާބު

      މައްސަލައަކީ އާންމުވެފައިވާ ޑުރަގާ ވައްކަމުގެ ގޭންގު ކުށުގެ ބޮޑުންނާ އެމީހުންގެ ނެޓްވޯކު ބަހައްޓާފަ މަނާފުއްތަކެއް އެކަނި ހިފެހެއްޓިކަން އެކަނި. މައްސަލައަކީ ބޮޑުމަންޒަ ރު އޮއްބާލުމަށް ސިޔާސީ ބަހު ރުވައިގަ ހަގީގަތް އޮޅިފައިތިބި ބަޔަކު އުޅޭތީ. ޢާންމު ފުލުހުނާ ރައްޔިތުންގާތި އަހާބަލަ، ރާއްޖެއަށް މިވަގުތު އެންމެ ނުރައްކަލީ ކޮންބައެއްތޯ.