ރާއްޖޭގައި ކޮވިޑް ވެކްސިން ދިން މީހަކު ނިޔާވެއްޖެއެވެ.

ކޮވިޑް ވެކްސިން ދިން ފަހުން ނިޔާވެފައި ވަނީ ގދ.ގައްދު އަށް އުފަން އުމުރުން ދުވަސްވީ 93 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އާއިލާގެ ފަރާތުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނީ، އެ މީހާ ނިޔާވީ ވެކްސިން ޖެހި ފަހުން ހާލު ސީރިއަސްވެ، ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ކަމަށެވެ. އެ މީހާއަށް ފަރުވާ ދިނީ ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައެވެ.

ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް އެމީހާއަށް ދިނީ މިދިޔަ ބުދަ ދުވަހު ގައްދޫގައެވެ.

އާއިލާއިން ވަނީ، ފަހުން މައުލޫމާތު ހާމަ ކުރާނެ ކަމަށް ބުނެފައެވެ.

ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓުއިޓް އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިއީ، މި ވެކްސިން ޖެހި ފަހުން ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ނިޔާވި މީހާއަކީ ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ. އެމީހާ ނިޔާވި ހަބަރު އެހީ ފުން ހިތާމައާ އެކުގައި ކަމަށް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.

މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ތަހުގީގު ފުރިހަމަކޮށް ނިމުމުން، މިކަމުގެ މައުލޫމާތުތައް އާންމު ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.

އެޗްޕީއޭގެ ޓުވީޓުގައި ވަނީ މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރާއްޖެ އިން މިހާތަނަށް 64،048 މީހުންގެ ގަޔަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އޭގެ ތެރެެއިން މާލެ ސަރަހައްދުގައި އުޅޭ 49،836 މީހެއްގެ ގަޔަށް ވެކްސިން ޖެހި އިރު، އަތޮޅުތެރޭގެ ރަށްތަކުން 14،212 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހައިފައެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތުގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މަމިގިލީ ކުއްޖެއް.

    ތެޅިފޮޅިގެން ކުރާ އެއްވެސް ކަމަކުން ރަގަޅު ނަތީޖާ އެއް ފެންނަނެކަމަށް ނުދެކެން. ތި ވެކްސިންގެ ސައިޑްއިފެކްޓް ވަރަށް ގިނަ ކަމަށް ބޭރުގެ ތަޖުރިބާ ހުރި ޑޮކްޓަރުން އެބަބުނޭ. ކެންސަރާއި ބައެއް ކަހަލަ ޑިސްއޮޑަރ ބަލިތަކާއި ހޯރމޯންއަށް ބަދަލު އައިސް ކުދިން ލިބުން މަހުރޫމްވުން ފަދަ ކިތަންމެ ކަމެއް ކުރިމަތިވުން އެކަށީގެންވާކަމަށް ޑޮކްޓަރުން ބުނަނީ.

    24
    10
    • ޙަހަ

      ސައިޑް އެފެއްޓު މަދު ވެކްސިންއެއް ބުނެބަލަ. މި ވެކްސިން ތައްޔާރު ކުރަން ފެށީ 2003 ގަ ސާސް ގެ ދުވަސްވަރު . އެހާ ބޮޑަށް އެނގިގެން ނޫޅެބަލަ.

      4
      8
      • ސުންޕާ

        ފޫބައްދަން އަބަދުވެސް މޮޅު އެއްޗެކޭ ކިޔާތި. ތިމާ މީހާ ގެ އާއިލީ މީހަކު މަރުވިނަމަ ތިކޮމެންޓެއް ތިހެން ނުކުރާނެ.

      • Anonymous

        ރޯނު އެދުރާ އެހެންޏާ ބުނެބަލަ އެހާ ކުރީން އުފެއްދި ވެކްސިނެއް ކޮވިޑަށް 1 އަހަރު ފަހުންތައް އެ ދެނީ

  2. ސަނީ

    އެހެންވެޔޭ ގައުމުތަކުން 65 އިން މަތީ މީހުންނައް ތިޔަ ވެކްސިން ނުދެނީ

    93
    12
  3. Anonymous

    ޢިހަށް ދުވަހު އިންޑިއާއިން 24 އަހަރު ކުއްޖަކު ވެކްސިން ޖެހީމް މަރުވި

    20
    3
  4. Anonymous

    ސަރުކާރުން މިކަމުގެ ޙަޤީޤަތް ވަންހަނާކުރާނެ ކަމާއި މެދު އަޅުގަނޑުމެން ޝައްކެން ނުކުރަންް. މި ކަމުގެ ޒިންމާ ނަގަންޖެހޭނީ ހިންނަވަރު ކިބޫ ޖާހިލު ކިޔާ މީހާ

    29
    5
  5. އައިމިނަ

    ވެކްސިން ދިން އިރު އެމީހާ ހުރީ ސަލާމަތުން ރަނގަޅަށްތަ..ވެކްސިން ދިނީމަތަ އެމީހާ ހާލުދެރަވީ..ޚަބަރުގަ އޮތްގޮތުން އެހެން ހީވާތީ..

    16
    5
  6. ހަގީގަތް

    ހޯން ދެން ކިޔާ ތިހެން.! ޢަހަރެން އެ ބޭބެ ދަންނަން. އުމުރުން 90 އަށް ވުރެ މަތިބވާނެ. އެ ބޭބެ އެނދުމަތި ވެފަ އޮންނަތާ ވެސް ވެދާނެ ބާރަ ފަނަރަ ވަރަކަށް އަހަރު. ޢެހާބަލި ކޮށް ކިރިޔާ ދުނިޔޭގަ އޮތް ކަން. ދެން ނިޔާވީމަ ކުއްވެރި މިވީ ވެކްސިން.

    18
    23
    • ދެން ތިހެން ކިޔާ

      ޙުސް ދޮގު

      6
      6
    • ސަޅިބެ

      އެހެންތާ ދެންވާނީ. 10-12 އަހަރު ބަލީގައި އެނދު މަތިވެފައިއޮތް މީހަކަށް ކޮންމެހެން ކޮވިޑް ވެކްސިން ދިނީ ކީއްކުރަންބާ؟ އެމީހާ މަރުވެދާނެކަމުގެ ބިރަށް ވެކްސިންދިނީމާ މަރު ނުވާނެކަމަށް ޔަގީންވާތީ ނޫންތަ؟

  7. UH

    thast wassup when you give damn INDIA vaccines!

    2
    4
    • ޅޮލި

      ސާބަހޭ. އެއި އޮކްސްފޯޑް ވެކްސީން. މޮޔަ ވާހަކަ ނުދައްކަބަލަ.

      1
      1
  8. ނިކް

    ކޮވިޑް ވެކްސިން ނުދޭ މީހުން ވެސް މަރުވޭ ކޮންމެ ދުވަހަކު.. ކީއްވެ ހަބަރުގަ ނުޖަހަނީ ކޮޥިޑް ވެކްސިން ނުޖަހާ މީހަކު މަރުވެއްޖެއޭ؟؟ ވެކްސިން ނުޖަހާ ހުއްޓާ ހާލުސީރިއަސްވެގެން؟؟ ވަގުތަށް ޖަޤީންތަ ވެކްސިނުގެ ސަބަބުންކަން މަރުވީ؟؟ ސާބިތު ނުހިފޭ ވާހަކަ ހަބަރުގަ ނުހަދަމާ.

    19
    16
    • ސިކް

      ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެކަމަށް އެޗްޕީއޭއިން އެކަނޑަ އަޅަނީ ޔަގީން ވެގެންތަ؟ ނިކް މާމޮޅު މީހަކަށް ވެގެން ރީނދޫ ނުވެބަލަ.

  9. ނިހާނާ

    65 މަތީގެ ބަލި މީހުންނަށް ވެކްސިންދިނުން ރަނގަޅު ނޫންކަމަށް ސިއްޙީ މާހިރުން ބުނަނީ މިހެންވެ.. ސަބަބަކީ ވެކްސިނުން ހަޤީޤތުގަ ހަށިގަނޑަށް ވައްދަނީ އިމިއުނިޓީގެނައުމަށްޓަކާ ވައްދާ ކޮވިޑެއް.. ހަށިގަނޑަށް އެ ވައްދައިގެން ދިފާއީ ނިޒާމު ވަރުގަދަ ކުރަނީ.. އެއަށް ރެސިސްޓު ނުވަންޏާ މަރުވުންވެސް އެކަށީގެންވޭ..

    19
    4
  10. އަކީ

    ވެކްސިން ޖަހާފަތިބޭ މީހުންވެސް މަރުވާނެ. އެމަރަކީ ވެކްސިނާއި ގުޅުންހުރި މަރެއްތޯ ސާފުނުވަނީސް ތިފަދަ ސުރުޚީތަކުން ބިރުވެރިކަން އުފެދެނީ.

    10
    11
  11. ވަގުތަމޮޔަ

    މަރުވާންހުރިމީހަކުމަރުވާނެވެކްސިންޖެހިޔަސްނުޖެހިޔަސް

    13
    5
  12. ޢަހު

    ވެކްސިނަކީ އިތުބާރެއް އޮންނަ އެއްެއްޗެއްނޫން ﷲ އާދޭތެރޭ އެންމެ އިތުބާރު ބޮޑީ އެކަލާނގެ މިންވަރު ކުރެއްވި ގޮތަކަށް ކަންތަށްތަށް ނިމޭނީ

    49
    8
  13. ޙަލީލް99

    އިންޑިއާބޭނުންވާގޮތް އަދިކިރިޔާ ވާންތިފަށަނީ ކކބކ ދިވެހިރައްޔިތުން ގުނބޯހެދިފައި އަބަދުގެއަބަދައް

    9
    5
  14. ކޮވިސީލްޑު

    ވެކްސިނެކޭ ކިޔާފައި އިންޖެކްޓު ކުރަނީ ވައިރަހެއް. އެހެންވީމާ ދިފާއީ ނިޒާމު ބަލިކަށި މީހެއް ވެއްޖެއްޔާ މަރުވުމަކީވެސް އެކަށީގެންވާ ކަމެއް. މާތްﷲއާ ވަކީލު.

    16
    2
  15. އަހުމަދު

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    ދެރަ ހަބަރެއް. ނަމަވެސް ވެކްސިން 50000+ މީހުނައްޖަހާ، އެ އެންމެންގެ ދިފާއީ ބާރު ގަދަވެ އެކަކު މަރުވާނަމަ ތިޔައީ ކޮވިޑައްވުރެ މާރައްކާތެރި މަގެއް އަންޝް ﷲ

    9
    3
  16. އަސްލުމީހާ

    މި ބަލިމަޑުމަކާއި ވެކްސިން ދޭންފެށިފަހުން މީހުންގެ މެދުގައި ބިރުވެރިކަން އެފެއްދުމަށް ވަގުތުނޫހުން ތިކުރާ މަސައްކަތަށް ސާބަސް

    7
    18
  17. ބޯހަލާކު

    ވެކްސިންޖެހުމަކީ މީހަކު މަރުން ސަލާމަތްވާ ކަމެއް ނޫން.

    9
    1
    • އަބްދުއްލަޠީފު

      93 އަހަރު ދުނިޔޭގަ އުޅެވިއްޖެ. އަދިވެސް ފޫއްސެއް ނުވޭތަ؟ މަރު ކޮންމެ މީހަކާވެސް ބައްދަލުކުރާނެ. ﷲ ގެ އަމުރުފުޅައް އަންނަ އެއްޗެއް މަރަކީ. ﷲ ގެ އަމުރުފުޅު ނާންނަނީސް އެވަރިހަމަ ބޮލުގަ ބޮޑު ދަގަނޑު ބުރިޔަކުން ޖެހުނަސް ލާހިކެއްނޫން މަރުވާކަށް. ނޮވެމްބަރ 3 ގެ ހަމަލާގަ ބުރަކަށްޓައް 17 ވަޒަން އެރި މީހަކުވެސް އަދިވެސް ދުނިޔޭގަ އެބަހުރި.

  18. އަހްމަދު

    "ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ" - އެޗއޕީއޭ
    އެކަމު މި ކޮވިޑެއް އައި ފަހުން މަރުވާ މީހަކު ޕޮޒިޓިވް ވެއްޖިއްޔާ އެ ބަލަނީ ކޮވިޑް ކޭސްެއަކަށް، ކޮވިޑުގެ ސަބަބުން މަރުވި ކަމަށް. ކިހާ ހެއްވާ..؟!

    "މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ." - އެޗޕީއޭ.

    ހަމަ އެގޮތަށް އަހަރުން ވެސް މި ބުނަނީ، ކޮވިޑު ސަބަބުން ނޫނޭ މަރުވާ ކޮންމެ މީހަކު، އޭނާ ޕޮޒިޓިވްވެފަ ހުއްޓަސް

  19. ޅޮލް

    ޥެކްސިނާއި މަރަކާއި ގުޅުމެއްނެތް. ޥެކުސިންޖެހިޔަސް މަރުވާން ހުރި މީހަކު މަރުވާނެ.

    2
    1
    • ގެރިމޯ

      ކޮވިޑާ މަރާ ގުޅުން ހުރީބާ؟ ކޮވިޑް ނުޖެހުނަސް މަރުވޭ.

  20. ވައްލަ

    ވެކުސިން ޖެހިޔަސް ނުޖެހިޔަސް ވާނީ މަރު
    ވެކުސިން ޖެހުމުން މަަރުނުވަނީތޯ؟

    1
    1
  21. ޢަލީ

    ޖޫސްތައްޓެއް ދޭތަނުންވެސް ތިއުމުރުގެ ބަލި މީހުން ނިޔާވެދާނެ ، ތަންމަތީގައި 10 އަހަރު ވަންދެން އޮތް 93 އަހަރުގެ މުސްކުޅި މީހެއް ، މިފަދަ މީހުންނާއި އެންމެ ކައިރިވާނީ މަރު. މާތްﷲ މަރުހޫމާ އަށް ހެޔޮ ރަހްމަތް ލައްވާށީ

    2
    1
  22. އަޙްމަދް

    އެޗްޕީއޭގެ ޓުވީޓުގައި ވަނީ މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
    ———————————————-
    ކޮއްމެހެނެއް ހަދާފަވެސް ވެކްސިން ހިމާޔަތްކުރާނެ.