ދުނިޔޭގެ ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭ ހާލުގައި އަޅުކަން ކުރުމާއި ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބުމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ހުތުބާ، އެހެން ހުތުބާތަކާ ހިލާފަށް ކުރެވެ. ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ، މިއަދުގެ ހުކުރު ހުތުބާގެ ދިގުމިނަކީ ގާތްގަނޑަކަށް 10 މިނެޓެއްހާ އިރެއެވެ.

ހުތުބާގައި ބުނެފައި ވަނީ މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު އަމިއްލަ ނަފްސާއި ތިމާގެ އަހާ ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރުދެއްގެ ވާޖިބެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ނަމާދަށާއި ހުކުރު ނަމާދުގެ ޖަމާއަތަށް އަންނަ އިރު، މާސްކް އަޅައިގެން، މުސައްލަ ހިފައިގެން އައުމަށް ހުތުބާގައި ހަނދާންކޮށް ދިނެވެ.

"މިފަދަ ބަލިމަޑުކަމެއްގައި އުޅޭ އިރު، ޟަރޫތަށްޓަކައި އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އަޅައިގެން ނަމާދު ކުރެވޭނެ ކަމަށް އިލްމުވެރިން ވިދާޅުވިއެވެ،" ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

މިއަދު ހަލުވިކަމާ އެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވާން އޮތީ ސަބަބުތަކުގައި ހިފުމާ އެކު، ﷲ ގެ ރަހްމަތްފުޅުން ކަމަށް ވެސް ހުކުރު ހުތުބާގައިވެއެވެ.

ހުތުބާގައި ބުނީ މާތް މުއުމިނުންނާ ކުރިމަތިވާ ބަލިމަޑުކަމަކީ، ކުދިކުދި ފާފަތަކަކަށްވާ ކައްފާރާއެއް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް އުންމީދާއެކު މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލާފައިވެއެވެ.

ރާއްޖެ އިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ 58 މީހުން ވަނީ ނިޔާވެފައެވެ. މި ބަލީގައި މިވަގުތު 2،000 އަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަ އިރު، 168 މީހަކަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލ. ގމ

    ބަލަ ހުކުރު ހުތުބާ ކުރުކުރީމަ ކޮވިޑެއްނުޖެހޭނެތަ އަސްލު މިލާދީނީ ކޯލިޝަނުގެ ވެރިން ބޭނުންވަނީ ދިވެހިރައްޔިތުން ދީނާއި ވީހާވެސް ބޮޑެއްކޮދުރުކުރަން އެހެންވެ ހުކުރު ހުތިބާކުރުކުރީ ހުކުރުހުތުބާގައި އިސްލާމްދީނުގެވާހަކަ މާދިގުކޮށް ދައްކައްޏާ އެމްޑީޕީގެ ލާދީނީ ޖާހިލުން ބިރުގަންނާނެ ޤުރުއާނުގެ އާޔަތެއްކިޔާލިޔަސް އެބައިގަނޑު ތިބޭނީ ބިރުންތުރުތުރުލާވަރުން ދެފައިހަރުނުލާވަރުވެފަ ދުނިޔޭގައި ލެއްވިއްޔާލެއްވިހައި ނުބައިކަމެއް ކުރާމީހުން ބިރުގަންނާނެ ޖެހިލުންވެސްވާނެ ހުރުދުވަހު މިސްކިތުގައި އެހާގިނަވަގުތު ހޭދަކުރަންޖެހުނީމަ ބިރުވެސްގަންނާނެ ވަކަންހުރާމީހުން އަތުގައިނުހުންނާނެ ހަލާލުއެއްވެސް އެއްޗެއް ކާނީވެސް ބޯނީވެސް ލާނީވެސް ޚަރަދުކުރާނީވެސް ހުސްހަރާންއެއްޗެހި ކީރިތިޤުރުއާނުގެ އާޔަތްތައްކިޔާއަޑުއިވުނީމަ ލާދީނީ ޖާހިލުންބިރުގަންނާނެ މިވެރިކަން މިހާރުއެބައިގަނޑު އެހިފަހައްޓަނީ ކޮވިޑުގެނަމުގައި އެހެންނަމަވެސް ނުބައިނުލަފާ ޖާހިލުން ބައިބައި ކުރައްވައި ނިކަމެތިކުރެއްވުން މާތްﷲގެ ކުޅަދުންވަންތަކަން ނުބައިނުލަފާ މުނާފިޤު ޖާހިލުނަށް ހުރިހަލާކެއްގެ ބޮޑުކަމާއޭ!

  2. އަރީ

    މަށައްދެރައީ ޙުތުބާގަ ހިޔާ ފުލެޓްގެ ވާހަކަ ނައީމަ

  3. ފޮޅި

    ކޮވިޑުން ސަލާމަތްވުކުރެއްވުމަށް އެދި ކޮންމެ ނަމާދެއްގައި ކުރި ދުއާތަށް ކުރާތަނެއް ނުފެނޭ ކީއްވެ ހުއްޓާލީ އެކަން ހާސިލްވީތަ؟ ނޫނީ ފޫހިވީތަ؟