ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި ފަހުން ނިޔާވި ދިވެއްސެއްގެ މަރު ތަހުގީގު ކުރަން ފަށައިފިއެވެ.
ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާގެ ސީރަމް އިންސްޓިޓުއިޓް އިން އުފެއްދި "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. މިއީ، މި ވެކްސިން ޖެހި ފަހުން ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ގދ. ގައްދު އަށް އުފަން އުމުރުން ދުވަސްވީ މީހާ އަށް ވެކްސިން ދިނީ ވެސް އެ ރަށުގައެވެ. ވެކްސިން ދިން ފަހުން އޭނާގެ ހާލު ބޮޑުވެގެން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެނިކޮށް ނިޔާވީ މިއަދު ހެނދުނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ ނިޔާވި އުމުރުން 93 އަހަރުގެ ފިރިހެން މީހާއަކީ ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ. އެމީހާ ނިޔާވި ހަބަރު މިއަދު ހެނދުނު އެހީ ފުން ހިތާމައާ އެކުގައި ކަމަށް ވެސް އެޗްޕީއޭ އިން ކުރި ތިން ޓުވީޓުގެ ތެރެއިން އެއް ޓުވީޓު ފަށަމުން ވިދާޅުވިއެވެ.
He was administered the Covishield vaccine on 17th February.
As per protocol, a full investigation is being carried out to confirm the cause of death and details will be shared once completed (2/3)
— Health Protection Agency (@HPA_MV) February 19, 2021
އެޗްޕީއޭ އިން ވިދާޅުވި ގޮތުގައި އެމީހާއަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނީ މިދިޔަ ބުދަ ދުވަހުއެވެ.
It is important to note that serious events including death can occur unrelated to the vaccine.
Our thoughts and prayers are with the bereaved family. May Allah grant his soul eternal peace in heaven. (3/3)
— Health Protection Agency (@HPA_MV) February 19, 2021
މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ތަހުގީގުތައް ފަށާފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ. އަދި ތަހުގީގު ފުރިހަމަކޮށް ނިމުމުން، މިކަމުގެ މައުލޫމާތުތައް އާންމު ރައްޔިތުންނާ ހިއްސާ ކުރާނެ ކަމަށް ވެސް އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.
"މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް،" އެޗްޕީއޭގެ ޓުވީޓުގައިވެއެވެ.
ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ކޮވިޑް ވެކްސިން ޖަހާ ފަހުން، ބައެއް މީހުން ދުނިޔެ ދޫކޮށްފައިވެއެވެ. ރާއްޖެ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، މި ބަލިން ރައްކާތެރިވުމަށް ހުރިހާ ގައުމެއްގައި ވެސް ޖަހަނީ ވެކްސިނެވެ. ދުނިޔޭގެ މަޝްހޫރު ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް، ފައިޒާ، ސިނޯފާމް އަދި ރަޝިއާ އިން އުފެއްދި ވެކްސިން ހިމެނެއެވެ.
ރާއްޖޭގައި މިހާރު ހަމައެކަނި ބޭނުން ކުރަމުން އަންނަ ވެކްސިނަކީ ކޮވިޝީލްޑެވެ. އެކަމަކު، ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ރާއްޖެ އަށް ވަނީ ގެނެސްފައެވެ. އެކަމަކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނުލިބޭތީ އަދި އެ ވެކްސިން ޖަހަން ނުފަށައެވެ.
ރާއްޖެ އިން މިހާތަނަށް 64،048 މީހުންގެ ގަޔަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. އޭގެ ތެރެެއިން މާލެ ސަރަހައްދުގައި އުޅޭ 49،836 މީހެއްގެ ގަޔަށް ވެކްސިން ޖެހި އިރު، އަތޮޅުތެރޭގެ ރަށްތަކުން 14،212 މީހެއްގެ ގަޔަށް ވަނީ ވެކްސިން ޖަހައިފައެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތުގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
ރާއްޖެ އިން މިހާތަނަށް 18،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެ 58 މީހުން ވަނީ ނިޔާވެފައެވެ. މި ބަލީގައި 15،000 އަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، މިވަގުތު ފަރުވާދެމުން ދަނީ 2،400 އަށް ވުރެ ގިނަ މީހުންނަށެވެ. އަދި އެޑްމިޓްކޮށްގެން 168 މީހަކަށް ފަރުވާދެއެވެ.
ޢެޗް ޕީއޭ އިން ބުނީ އެމީހުން ބަލަަަފަ ބުނާނަމޯ އެއީ ވެކްސިން އަކުން ވީ ކަމެއް ނޫނޭ...ގަމާރުު ދިވެހިން ގަނޑު ޖެހޭނީ ގަބޫލް ކުރާށޯ އެމީހުން ބުނީމަ
މަރުވު ސަބަު ބެލޭވަރުގެ ލެބެއް މިގައުމުގައި ނެތް. މިއީ ހަގީގަތަކީ. މިފަދަ ލެބެއް ހުރި ނަމަ މަރުވި ސަބަބު ބަލަން
ނުވަތަ ޕޯސްޓް މޯޓަމް ހަދަން އިންޑިޔާއަކަށް ނުފޮނުވާނެ.
ޕޯސްޓް މޯޓަމް ހެދުމަކީ މަރުވި ސަބަބު ބެލުން.
އެއތަހުގީގެއްވެސް ނު ކުރެވޭނެ ކުއްވެރިވާނީ މަރުވި މީހާ
އަސްލު މުސްކުޅި ބަލި މީހަކު ވެކްސިނުގެ ސަބަބުން ނޫނަސް މަރުވުމަކީ އެކަށީގެންވާ ކަމެއް އަދި އެހެންނޫނަސް ވެކްސިން ޖެހުމުން ހުން އައިސް ގައިގާ ރިއްސާ ނޯމަލް މީހުންގެވެސް އެންވެ މުސްކުޅި އަކު ހުން އަތުވެއްޖެނަމަ މާ ވީކް ވާނެއްނު
ތީ ތިޖަހައިގެން ވީ ކަމަ ކަށް ތިޔަ ތަޙްޤީޤަކ ކުން ނުދައް ކާނެ ނުން
އުމުރުން އެހާދޮށީ މީހުންނަށް ކޮވިޝީލްޑް ނުޖެހުމަށް ޖަރުމަނުންވެސް ވަނީ އިލްތިމާސް ކޮށްފައި.
ބަޓް ބިގް ބްރަދާގެ އެކްސްޕެރިމެންޓެއް ވީމަ ޖަހަން ޖެހެޔޭ
ސަރުކާރުން ގަބޫލެއް ނުކުރާނެ އެއީ ވެކްސިނަކުންވީ ކަމެއްކަމަކަށް. ވެކްސިނުންވީ ކަމެއްވިޔަސް ތިމާމެންގެ ކޮޅު ގަދަ ކުރެވޭތޯ ބަލާނެ. އެކަމަކަށް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްބަހެއް ނުވާނެ.
93 އަހަރު ގެމީހެއް އަދި 10 އަހަރު ބަލިއެދުގައޮންނަތާ
ތިޔަ އުމުރުގެ މީހަކަށް އެންމެ ފުރަތަމަ ވެކްސިން ދިނުމަކީވެސް ބުއްދިވެރިކަމެއްނޫން.
ހިންނަވަރު ކިބޫ ޖާހިލުގެ ވޮޓު އޮޅުވާލި ސަރުކާރުން މިކަން ވެސް އޮޅުވަލާނެ
އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް އިންޑިއާ ވެކްސިން އައުޓް
ހެޔޮނުވާނެ ތި ކަން ތަހުގީގު ކޮއްފަ ރައްޔިތުން ނަށް ހާމަ ނުކުރައްޗޭ، ތިކަން ތީ އިންޑިޔާ އާ ގުޅިފ އޮތްކަމެއްވީމަ ތިކަން ހާމަ ކުރުން ވާނީ ދިވެހިގައުމަށް އޮތް ނުރައްކަލަކަށް. ފިޔާޒު އެއްމެ ފަހުނވެސް ބުނެފަ އޮތީ އެހެންވިއްޔާ
އެޗްޕީއޭގައި ފުރަތަމަ ތަހުގީގެއް ކުރުމުގެ ގާބިލްކަން އެބަހުރި؟
އެޗްޕީއިން ބުނެފިއްޔާ އެއީ އެކަންވީގޮތްތަ ، އަޖާބެއް ،
ކޮވިޑް ވެކްސިން ޖެހިފަހުން މީހަކު މަރުވެގެން އެއީ ވެކްސިންގެ ސަބަބުން މަރުވި މީހެކޭ ބުނީ ދުނިޔޭގެ ކޮން ޤައުމަކުންތަ ؟
ނައޯ ، ކުރި ކޮމަންޓް ކުއްވެރި ކުރަން ، އަދި ފިޔަވަޅު އަޅަން ގޮވާލަން ، މިހާރުވެސް ގިނަމީހުން ވެކްސިން ނުޖަހަނީ ޕީޕީ އެމް އިން ނޫސްތަކުގަޔާ އަދި ޓިވީން ފޮނުވަމުންދާ ވެކްސިނާ ގުޅޭ ގޮތުން ދައްކަމުންދާ ދޮގުމައުލޫމާތުގެ ސަބަބުން.
އިހަކަށްދުވަހު ދެކުނުގެ ރަށެއްގައި ގްރޫޕް މާރާމާރީއެއްގައި ވަޅި ހަރާ މަރާލި ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ގެންދިޔަ މަރުވި ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަން.
ސޯ ކޮވިޝީލްޑް ވެކްސިން ދިންފަހުން ހާލުބޮޑުވެ ނިޔާވި މީހާގެވެސް އޮޓޮޕްސީ ހެދުން ރަނގަޅު ވާނެ ނޫންތޯ އެމީހާ މަރުވި ސަބަބު ދެނެގަތުމަށް.ޔަގީންވާ ކަމަކީ މަރުވި ސަބަބަކީ "ޓެގް"ޓީމް އަމިއްލަ އަށް މަޝްވަރާ ކޮށްލައިގެން ނިންމޭނެ ކަމެއް ނޫންކަން.
އިންޑިއާ ވެސް އައުޓް އިންޑިއާގެ ފޭކް ވެކްސިން ވެސް އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ތިޔަ ތަހުޤީޤުން ކުއްވެރިވާނީ މަރު.ކޮވިޟީލްޑް ހަމަ އަލިފަކަށް ވާނީ .ބަލާތި.ތާރީޙު ޖަހާ
ޙަރުކަށި ފިކުރަށް ތިޔަކަން ނިމޭނީ