އެކި ގައުމުތަކުން މިހާރު ފެންނަމުންދާ ގޮތް ނޭނގޭ ދަގަނޑުގަނޑު މަތިން ހަނދާންވޭ ހެެއްޔެވެ؟. މިހާރު އެކި ގައުމުތަކުން ދަގަނޑުގަނޑު ފެނިފައި ވެއެވެ.

މިފަހަރު މި ދަގަނޑުގަނޑު ފެނިފައި ވަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އިންނެވެ. އެ ގައުމުން މި ދަގަނޑުގަނޑު ފެނުމާއެކު ބަޔަކު ވަނީ އޭގައި އަލިފާން ރޯކޮށްލާފައެވެ.

12 ފޫޓުގެ އެ ދަގަނޑުގަނޑު ފުރަތަމަ ފެނިފަައި ވަނީ ކިންޝަސާގެ ބަންޑަލް ސަރަހައްދުންނެވެ. އަދި އަންގަރަ ދުވަހުގެ ހެނދުނު ގިނަބަޔަކު އެއާ އެއްކޮށް ފޮޓޯ ނަގާ، ސެލްފީ ނަގާ ހަދާފައި ވެއެވެ.

ފަހުން މީސް މިޑިއާގައި ފެނުނު ފޮޓޯތަކުންނާއި ވީޑިއޯތަކުން ފެނިގެން ދަނީ އާއްމުން އެއަށް ގެއްލުންދޭ ތަނެވެ. އެއް ބަޔަކު އޭގައި ތަޅާ ހެދިއެވެ. އަނެއް ބަޔަކު އޭގައި އަލިފާން ޖަހައެވެ.

މި ދަގަނޑުގަނޑު އެންމެ ފުރަތަމަ ފެނިފައި ވަނީ އެމެރިކާގެ ޔުޓާހްގެ ހަނަފަސް ސަހަރާއަކުންނެވެ. އެއީ މިދިޔަ ނޮވެމްބަރު މަސް ތެރޭގައެވެ. އޭގެ ފަހުން ރޯމޭނިއާ އާއި ތުރުކީންވެސް މި ދަގަނޑުގަނޑު ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަނާޒާ

    އިންސާނުންގަޅިހައްދަނީ.

    16
  2. އަލީ

    ތިޔާ ހާދަ ފާޑެއްގެ ދަގަނޑު ގަނޑެކޭ!! ދަގަނޑު ވީދާ ގޮތުން ހީވަނީ ކަރުދާސްހެން.

    11
  3. ހުސޭނުބޭ

    ހަމަ ރަގަޅަށް ތިހެދީ! ތި ފިސްކުރޭ! އޭރުން މީހުން މޮޔަހައްދަން ތި ގެންގުޅޭ އޭލިއަނުން ކަލޭމެން ކައިރިއަކަށް ނާންނާނެ!

    15