ރ. އަތޮޅު ފައިނުގައި ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން ފެނުނު ހަތަރު އަހަރުގެ ކުއްޖާ ނިޔާވެއްޖެ އެވެ.

އެ ކުއްޖާ ނިޔާވެފައިވާކަން ފުލުހުން ވަނީ "ވަގުތު"އަށް ކަށަވަރު ކޮށްދެއްވާފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ފައިނު ކައުންސިލްގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ، މޫދަށް ގޮސް އުޅެނިކޮށް ކުއްޖަކު ގެއްލުނު ކަމުގެ ވާހަކަ މިއަދު 17:15 އެހާކަންހާއިރު އޭނާގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.

މި ހާދިސާގެ ހަބަރު ލިބުމާއި އެކީ އެ ސަރަހައްދަށް ގޮސް އުޅެނިކޮށް، އާންމުންގެ މީހަކަށް ކުއްޖާ ފެނިފައިވަނީ ރާޅު ނަގާތާ މޫދު އަޑިން ކަމަށް ނާސިރު ވިދާޅުވިއެވެ.

މިހާދިސާ އާއި ގުޅިގެން ފުލުހުންގެ މިޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ، އެރަށު އަތިރިމަތީގައި ކުޅެން އުޅުނު ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވާ ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

އަދި ނިޔާވެފައި ވަނީ ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިނެކް

    ހިތާމަވެރި ދުވަހެއް މައިންބަފައިން ގެޒިމްމާ އަދާނު ކުރެވޭތީ ވެސްމިހެން ވެދާނެ އެ ކުއްޖާ ސުވަރުގެ ލައްވާށިآمين

    65
    2
  2. ...

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎
    ޢާއިލާއަށް ކެތްތެރިކަން ދެއްވާ، ކުއްޖާފުޅަށް ހެޔޮރަޙްމަތް ލައްވާށި. އާމީން

    111
    1
  3. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎
    އެކުއްޖާފުޅަށް ހެޔޮރަހުމަތް ލައްވާށި. އާމީން

    34