އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިއަދު މާލޭގައި ބޭއްވި މުޒާހަރާއަށްފަހު، ލެސޫކް ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގައި މަޑުކޮށްގެން ތިބި ޗެނަލް-13ގެ ނޫސްވެރިޔަކަށް ފުލުހުން "އޮޅިގެން" އަނިޔާކޮށްފިއެވެ.

މުޒާހަރާއަށްފަހު އެ ނޫސްވެރިން ލެސޫކް މަތީ ފަންގިފިލާގައި ސައިބޯން ތިއްބައި މިރޭ 19:00 ހާއިރު، 15 ވަރަކަށް އެސްއޯ ފުލުހުން އެތަނަށް ވަދެ ބާރުގެ ބޭނުންކޮށް ނޫސްވެރިޔަކާއި ޕީއެންސީގެ ކައުންސިލް މެންބަރަކު ރެސްޓޯރެންޓްގެ ތިރިއަށް ބާލައި އަނިޔާކޮށްފިއެވެ.

އެތަނުގައި ކަން ހިނގި ގޮތް ދުށް ބައެއް މީހުންނާއި ހަވާލާދީ "ދިޔަރެސް" ގައި ބުނެފައި ވަނީ ނޫސްވެރިން ރެސްޓޯރެންޓްގެ ތިރިއަށް ބޭލުމުގެ ތެރޭގައި ފުލުހުންވަނީ ނޫސްވެރިޔާ އިހްސާން ހުސައިން އާއި އެހެން ބައެއް މީހުންގެ ގައިގައި ގޮނޑިން ޖަހައި އަނިޔާކޮށްފައެވެ. ނަމަވެސް އެ މީހުން ބޭލުމަށްފަހު އެ މީހުން އެތަނުން ބޭލީ އެހެން ބައެއް ކަމަށް ހީކޮށް ކަމުގައި ބުނެ ފުލުހުންވަނީ އެމީހުން ދޫކޮށްފައި ކަމަށް އެނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

ފުލުހުން ނޫސްވެރިންނަށް އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލުންގެ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިން ސުވާލު ކުރާތާ ގަޑިއެއްގެ އިރަށްވުރެ ވެސް ގިނައިރު ވެފައިވާއިރު މައުލޫމާތު ސާފުކުރުމަށްފަހު މައުލޫމާތު ދޭނެކަމަށް ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.

މިއަދު ހަވީރު ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ޗެނަލް-13ގެ ނޫސްވެރިޔަކަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އެބަގެންދެއެވެ.

ފަހަކަށް އައިސް މުޒާހަރާތައް ކަވަރު ކުރަން އުޅޭ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޕޮގުބާ

  ގަސްތުގަ ހަމަ ނޫސްވެރިންނަށް ބިރު ދައްކަނީ

  31
  2
  • ޙައްގުބަސް

   ބިރު ދެއްކިޔަސް ޙައްގުބަސް ބުނަން ރައްޔިތުން ނިކުންނާނެ!! އެންމެން ޖަލަށް ލިޔަސް ހެޔޮ!މިއަނިޔާވެރި ސަރުކާރުން ދަނީ ރައްޔިތުންގެ މުދާތަށް ނުހަައްގުން ފޭރެމުން!! އެގޮތުން އެއް ކޮޓަރީގެ ފުލެޓްތައް އެވަނީ ޙައްގުވެރީންގެ އަތުން ފޭރިގަންފަ!! އަދި އޭގެއިތުރުން 7000 ފުލެޓްގެ ޙައްގުވެރީންގެ ތެރެއިން ގިނަ ބަޔަކު މަގުމަތި ކޮށްފި!! މިކަންކަމާ ގުޅޭގޮތުން ރައްޔިތުން އަޑުއުފުލަން މަގުމައްޗަށް ނިކުމެ ސުލްޙަވެރި އެއްވުންތައް ބޭއްވުމަށް ހުރަސް އަޅާ މިއަނިޔާވެރި ލާއިންސާނީ ސަރުކާރުން ރެޔާދުވާލު ފުލުހުން ފޮނުވައިގެން ރައްޔިތުންނަށް އަނިޔާކޮށް އެދަނީ ބިރު ދައްކަމުން!! ރައްޔިތުންގެ ޙައްގުތައް ހޯދަން ރައްޔިތުން އަޑުއުފުލާނެ ކިތަންމެ ބިރެއް ދެއްކިޔަސް!! މަގުތައް މައްޗަށް ވީހާވެސް ގިނަ ރައްޔިތިން ނިކުމެ އަޑުއުފުލަންޖެހޭ!! ހައްޔަރުކޮށް އަނިޔާކޮށް ޖަލަށްލާ މި އަނިޔާވެރި ސަރުކާރުގެ ޕަޕެޓް ކޯޓުތައް މެދުވެރިކޮށް ފުލުފުލުން ޙުކުމް ކުރިޔަސް ދެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަން މިއަނިޔާވެރި ސަރުކާރަށް އެގެންޖެހޭނެ!! ޖަލުގައި މިސަރުކާރަށް އެންމެ ގިނަވެގެން ބޭއްވޭނީ 2023 ނޮވެމްބަރު މަހާ ހަމަޔަށް!! ދެން އަންނަ ސަރުކާރަކުން މިއަނިޔާވެެރި ސަރުކާރުން ނުޙައްގުން ޖަލަށްލާފައިވާ އެންމެން މިނިވަންކުރާނެ!! ރައްޔިތުން ޖެހެނީ ކުޑަ ހިތްވަރެއް ކޮށްލަން!! އަޑު އުފުލަން ނިކުންނަވާ އެޗްޕީއޭގެ ގައިޑްލާ އެެއްގޮތަށް!! މިއަނިޔާވެރި ސަރުކާރަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ!!

   10
   2
 2. މަބޭ

  ޕޮލިހުންގެ ޔުނިފޯމްގަތިބި އެމްޑީޕީ އެކްޓިވިސްޓުންކަމައް ތިވާނީ

  32
  3
 3. ޤައުމީ ފުލުހުން

  ވައި ސީ އަށް ކުރާ އަނިޔާ ހުއްޓާލާ

  17
  1
 4. ޖާބިރު

  سبحان الله ކީހާދެ ރަކަމެއް

  24
  1
 5. ޢަލީ

  ޙަމަ ރަގަޅު

  2
  32
 6. ކެސްޓޯ

  މުޒާހަރާގެ ބައިވެރިން ގައިގައި އަމަން ބަލަހައްޓަން ތިބޭ ބަޔަކު ތަޅާ ކަމަށް ވާނަމަ ދެން ގައުމު މިދާ މިސްރާބު ރައްޔަތުން ވިސްނާލުން މުހިއްމު

  32
  2
 7. ބަނޑޭ

  އަނިޔާ ވެރިވުމަކީ، ސަރުކާރު ބަލިކަށި ވެފާވާވަރ ހާމަވާ ކަމެއް.. ސާބަހޭ ހިތްވަރުގަދަ ކުދީންނައް

  25
  1
 8. ރަދީފް ހުސެން

  ވީޑިއޯގަ އެފެންނަނީ ޗެނެލް 13ގެ ނޫސްވެ ރިޔެއްކަން އަންގައިދޭ ކާޑު ޖަހާފަ އިންތަން. ވަކިމީހަކައް ޓާގެޓް ކޮއްގެން އައިސް މީހަކު އުފު ރާލާއިގެން ގެންދަމުން އެމީހާގެ އަތް އަނބު ރާ އަނިޔާ ކު ރަމުން ގެންގޮސް މޮޅު ނޫސް ބަޔާންދިނަސް ލައިވް ވީޑިޔޯ އެފެންނަނީ ތިހަދާދޮގު. 6ކަމީހުން ނުކުމެގެން ހޫ ރޭއި ރު ސަ ރުކާ ރައް ހަޖަމު ނުވިޔަސް ތީބޮޑު ވަ ރު.

  26
  2
 9. އއއ

  އޮޅިގެން ، އޮޅިގެން ވެރިކަމަށްވެސް އިބޫއައީ

  23
  1
 10. ދޮނޭ

  ގަސްދުގައި ނޫސްވެރިންނަށް ކުރި އަނިޔާ ބަލައެއް ނުގަނެވޭނެ

  24
  1
 11. ވެރިން

  އޮޅޭ ސަ ރުކާ ރު. އެހެން ނޫން ވާނީމިހާ ރު ހު ރި ވެ ރި މީހާވެސް ހޮވުނު ގޮތް އޭއި އޮޅުމެއް ވީއްޔާ

  20
  1
 12. ހުސޭނުބޭ

  ތިއީ އިމްރާނުގެ އޯޑަރަށް ކުރި ކަމެއް! މަލީހުގެ މައްސަލަ އޮތީ ކުރިޔަށް! އޭގެ ފަހަށް އަންނާނީ އިމްރާނުގެ އިތުބާރުނެތް ކަމުގެ މައްސަލަ! އެހެންވީމާ ބުއްޅަބޭގެ ރުހުން ހޯދަން އިމްރާނު ކުރާ ކަންތައްތައް ތިއީ!

  18
  1
 13. މުދި މުއިއްޒު

  ސާބަސް ދިވެހި ފުލުހުން...އާއްމުންގެ އެކުވެރި ގުޅުމުގެ ނަމުގައި ވަގުޔާމީން އައްތަބާވާ 3 ކެނަޔަކު އުފައްދައިގެން އުޅޭ ޖަމިއްޔާއަކީ ޓެރަރިސްޓް ޖަމާއަތެއް.މިބައިގަނޑު ކަމަކީ ފުލެޓް ހޯދަން އެހީތެރި ވުމުގެ ނަމުގައި ވަގުޔާމީން އަށް ކެމްޕޭން ކުރުމާ ސަރުކާރަށާއި އާއްމު ދިރި އުޅުމަށް ނުހުރުއްޕާން ކުރުން...ވަގު ޔާމިންއާއި ، ކަދުރު ފާތުމައާއި އިބިލީސް މުއިއްޒު މީ ޖަލުގައި ތިބެންޖެހޭ ހައިވާނުން..

  3
  25
  • ދޮންއަމާ

   ވާނުވާ ނޭގިގެން އަނގަ ނުތޮރުފަބަލަ

 14. ބަކަރިބޭ

  ބަލަގަ ބުއްޅަ ޔަށާ ކެރަފާ އާއިލާ އަށް އެކަނި އިންސާފު އޮންނަންޖެހެނީ މިނިވަން ނޫސްވެރިކަމުގެ އަސްލު ކުލަ މިހާރު އެގިއްޖެ ބުއްޅަ ގެ ޑިމޮކްރަސީ ވަރުގަދަވި ވަރަކަށް އަގައޮރިދަމައިގެންފަ އޭނަގެ ޑިމޮކްރަސީ އެލޭނެ އެފެނުނީ އެމަންޒަރު ދެން ގުންޑާއިން ހީހީފާ އަތްޖަހާ

  14
 15. ހަޔާތްކުޑަ

  އޮޅިގެނޯލަ😠

  19
  1
 16. ޢަޅި

  ތިހެން ރައްޔިތުންނާއު ނުކުޅޭތި ވަރައް ހިތިވާނެ

  20
 17. ގައްޑާ ޕޮލިސް

  ކެފެއަށް ވަނީ ކީއްކުރަން.؟ ފުލުހުންނަށް އާންމު ތަންތަނަށް މީހަކު ހައްޔަރު ކުރަން ވަދެވޭނެ ހާލަތްތައް ގާނޫނު އަސާސީގައި އާއި ފުލުހުންގެ ގާނުނާގައި ގަވާއިދުތަކުގައި ބަޔާންވެގެންވޭ.. އެހާލަތް ކޭފޭއަކު ނެތް. ކޮންބެޓް ލެވުނީމަ ގައްޑާވާ ފުލުހުުން އުޅޭނެ.. ގޮތް ދައްކަން ތިމާވަރު މީހަކު ނެތިގެން ގާނޫނެއް ގަވައިދެއް ނޭނގި، ހަމަ ގޮތް ދައްކަން....

  13
 18. ކަލީމުއްލާ

  އިންޑިޔާ އާ ގުޅުން ބޮޑުވާ ވަރަކަށް އަނިޔާވެރިކަން ދާނޫ ފެންނަމުން. ދިވެހިންގެ އެއްބައެއް ވަންތަގޮތާއި ހަމްދަރުދީގޮތް ދާނަި ކެނޑެމުން. އަނިޔާއާ މަކަރު ހީލަތާ ރޭޕް ފަދަ ކަންކަމަކީ އިންޑިޔާ މީހުންގެ ލޭގަ ހިފާފަ ހުންނަކަންކަން

 19. އަހްމަދު

  މީހެއްގެޢިމާރާތަކަށް ޤާނޫނާޚިލާފަށްވަދެގަތީވެސް އޮޅުމަކުންނޫންބާ ﷲގަންދީ ހުވާކޮށްގެންތިބެ އެހުވަޔާޚިލާފުވީމަ އެކަލާންގެއެމީހަކަށް ހައްގުޖަޒާދެއްވާނެ އެކަމުންރެކުމަކީ ކުރެވޭނެކަމެއްނޫން ތިޔަހަދާދޮގުވެސް އެކަލާންގެދެނެވޮޑިގެންވޭ

 20. ރަނާ

  އަންި ބުންޏެ އްނު ހަ އެ އްކަ މީހުން ނުކުމެ ލާހޫރުނަކަސް މުޒާހަރާ އަކަށް ނުވާނެޔޭ . ދެން ކީ އްވެ ފުލުހުން އެހާ ޕްރެޝަރަށް އަރަނީ . އަނެ އްކާ ބު އްޅަ އަށް އަންނަ ކަހަލަ ހިނދުކޮޅު އަންނަ ނީބާ ފުލުހުންނަށްވެސް

 21. ޙަސަން

  "އޮޅިގެންނޯ ނޫސްވެރިއަކަށް ޙަމަލަ ދެވުނީ"، ނޫސްވެރިއެއްކަން އެނގުނު ހިސާބުން ދޫކޮށްލީޔޯ... ބަލަ ނޫސްވެރީން ފިޔަވާ އެހެން މީހުންނަށް އަނިޔާ ކުރުން ހުއްދަ ދެއްވާފަ ވަނީތޯ...

 22. ޙަސަން

  ދެން ނުކުންނާނެ ޢަދަދު އިތުރުވާނެ... މަ ވެސް މި ފެށީ ނުކުންނާނަން..

 23. ސަތަރޭ

  ގަސްދު ކަމައް ވާނީ، ކޮން ބައެއްތީ