ހިޔާ ފްލެޓްތަކުގެ މައްސަލައިގައި މާލޭގައި ވަރުގަދަ މުޒާހަރާތަކެއް ފެށިފައި ވަނިކޮށް، މިހާރު މުޒާހަރާ ކުރަމުން ގެންދާ މީހުންގެ މައްޗަށް ޤާނޫނުލް އުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކޮށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

ފުލުހުން މިއިންޒާރު މިރޭ ދީފައި ވަނީ މިއަދު ހަވީރު އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ފްލެޓް މައްސަލައިގައި މުޒާހަރާއެއް ކޮށްފައި ވަނިކޮށެވެ. އަދި ފްލެޓް މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެ ސިލްސިލާ މުޒާހަރާތަކަކަށް އިދިކޮޅު ފަރާތްތަކުން ގޮވާލާފައި ވަނިކޮށެވެ.

ފުލުހުންގެ ފަރާތުން ޕޮލިސް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް މިރޭ ފްލެޓް މުޒާހަރާގެ ނަން ވަކިން ފާހަގަ ނުކޮށް ވިދާޅުވީ މިހާރު މާލޭގައި ކުރިއަށް ގެންދާ މުޒާހަރާތައް އިތުރަށް ކުރިއަށް ގެންދާނަމަ މުޒާހަރާގެ ބައިވެރިންގެ މައްޗަށް ޤާނޫނުލްއުޢޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިންގެ މައްޗަށް ފުލުހުން ކުރާނެ ތުހުމަތަކީ ދައުލަތުގެ ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތު ކަމަށް ވެސް ޕޮލިސް ސުޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އިދިކޮޅުން މުޒާހަރާތައް ބާއްވަމުންދަނީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ހިލާފަށް ކަމަށެވެ. މުޒާހަރާތައް ނުބޭއްވުމަށް އިދިކޮޅަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވިއެވެ.

އެއްވުން ރޫޅާލުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށާއި ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ވެސް ކުރާނެ ކަމަށްވެސް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ. މުޒާހަރާ އަކީ ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކެއް ކަމަށާއި އެހެންކަމުން މިފަދަ އެއްވުންތަކުގައި ބައިވެރިނުވުމަށް އާންމުންނަށް އޭނާ ވަނީ ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. Anonymous

    މާތްﷲ އި ރާދަކު ރައްވައިފިނަމަ މިއީ ކަލޭމެންގެ އެންމެ ފަހުވަގުތުކަމުގައިވެސް ވެދާނެއެވެ. ވީމާ ގަދަބަސް ނުބުނެ ހިތްތި ރި ކޮށްގެން ތިބޭށެވެ.

    38
    2
  2. ނަސީދު

    މީކޮންވައްތަރު ސަރުކާރު ދެން ސަރުކަރުން ކޮންމެކަމެއް ކުރިޔަސް އެއްޗެކޭ ނުބުނެ ހުންނަންވީތާ، މީއަޅެދެން ޖަންގީލީގެހުކުން ހިގާ ގައުމެއްގަބާ

    36
    3
  3. މުހައްމަދު

    ނިކަމެތި ރައްޔިތުން ތަކެއްގެ ބޯހިޔާވަހިކަން ފޭރިގަތުމަށް ބާރުއަޅާދޭކަމުގެ ދައުވާ ފުލުހުންގެ މައްޗަށް އުފުލަން ޖެހިދާނެ ...
    އެއްޗެއްބުނާއިރު ދެކޮޅުވެސް ވިސްނާލަބަލަ
    ހަމަ ސިޔާސީ މީހަކު ނަގުލައްފިތާލާއިރަކަށް އެމީހުން ހިތްހަމަޖައްސަންނޫޅެ ނިކަން ޕްރޮފެޝަނަލް ވެބަލަ ތިޔަކަމަކާހުރެ މުޅިމުއައްސަސާގެ ޑިގްނިޓީ އަދި އިންޓެގްރިޓީ ހަލާކުވެ ވެއްޔާމޮޑެވެނީ
    މިގައުމުގެ މުސްތަގުބަލަށްޓަކާވެސް ވިސްނާލަބަލަ

    29
    4
  4. ސަނީ

    މި ހިނގަނީ ޑިކްޓޭޓާރސިޕެއް ނޫންބާ ؟!؟؟
    ހާދަހާވާ ދުއްޕާން ބޮދޑު ނުލަފާ ޔަހޫދީ ސަރުކާރެކޭމީ !!

    މި ޖައްލާދު ސަރުކާރުން ރައްޔިތުންގެ ގެތައް ފޭރިގަނެ، އެމީހުން ގިންސީގޯނާ ކޮއް، އެމީހުން ހިޔާލް ފާޅުކޮއް ސަކުވާ ކުރުމުގެ މިނިވަންކަން ނިގުޅާގަނެ..

    ވާ އިބޫ ވާ !! ތިޔަ ހިންގަނީ ސަރުކާރެއް

    27
    3
  5. ސިއުނާ

    މިވަރުގެ ނުލަފާ ސަރުކާރެއް ދުވަހަކުވެސް ނުދެކެން..

    23
    3
  6. ކަނަމަނަ

    ޢަބުދުﷲޝަރީފް ތީނހަމައެއްމެމީހެއް ކިތައްމެމަތީމަގާމަކުހުއްޓަސް ރައްޔަތުން އެނިކުމެގިވަނީ އެމީހުންގެ ހައްގުހޯދަން ދައުވާކުރާނެވާހަކަ ދައްކާއިރު ހައްގުހޯދަންނިކުމެ ތިއުޅޭ ރައްޔަތުންގެ ޓެކުސްފައިސާއިން މުސާރަނަގާ ބޭފުޅާގެ މުޅިއާއިލާ ތިބަލަގައްޓަނީ

    24
    1
  7. ބަސްމާ

    ނޫސްވެރިންނައް އަނިޔާކޮއް، ހިޔާލްފާލުކުރުމުގެ މިނިވަންކަން ނިގުޅައިގަނެ. ފްލެޓްފޭރި. އިބޫ ބުނީ ރަނގަޅައް، ކުރިކަންތައް ކިއާ ކޮޅުން ނުލާނެ

    27
    2
  8. ޢެލެކްސް

    މި ދައުލަތް ހިނގާތަ؟ މިތާ ފެންނަނީ ދައުލަތެއް ރޭވުންތެރިކަމާއި އެކު ލޫޓުވާތަން

    26
    2
  9. މޫސަ

    ތިޔައީ ސިދާ ސޯލިބޭގެ އޯޑަ ރު. އެފަކީ ރު ވަ ރަށް ބިރުގަނެއްޖެދޯ.

    26
    2
  10. އަދިރި އަދިރި

    މީ އޯގާތެ ރި ސަ ރުކާ ރުން ރައްޔަތުންނާ ދޭތެ ރެ ކަންތައް ކު ރާގޮތް ތާޅާ ރޯނާއަ ރުވަނީ

    24
  11. އަނިލް

    ބަލަ މަޖިލިހުގެ ޗެމްބަރ މަތީގައި އިދެ ރައްޔިތުންނަށް ވައްވައް ޖައްސަ ކަލޭ އިހައްދުވަހު ބުނީ އިދިކޮޅު މީހުންނަކަށް ނޭގެއޭ މުޒާހަރާ ކުރާކަށެ މަގުތަކުގައި ލާހޫރެނީއޭ އެކަމަކު މިފެންނަނީ އެމީހުންނަށް އަނިޔާކޮއް އެމީހުންނަށް ދައުވާ ކުރާތަން މީގެކުރީގައި ތިޔަ އެމްޑީޕީ ގުންޑާތައް މާލެއާއި ރާއްޖެތެރެ މަގުތަކަށްނިކުމެ މީހުންގެ ގެ ދޮރަށްށާއި ތަންތައް ސުންނާފަތިކޮއް
    ގެއްލުންދީ ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހާ
    ރޯކުރަމުން ދިޔައޮރު ކޮބާތޯ ތިޔަބުނާ 510 ވަނަ
    މާއްދާ މިއަދު މަގުތަކުގައި އިދިކޮޅުމީހުންނަށް
    މުޒާހަރާއެއް ކުރވިއްޖެނަމަ އެދުވަހަކުން ސަރުކާރު ވެއްޓފާއި އޮންނަ ތަން ފެންނާނެ
    މިހާރު ސަރުކާރު ވެއްޓެން ތިޔައުޅެނީބިރުންގޮސް
    މުއަސަސާތަކުން އަމިއްލައަށް ފާއިންއެރި ގޯސްތައް ތިޔަހެދެނީ ކޮންމެއަކަސް ސަރުކާރު ވަރަށް ބިރުގަނެފި

    27
    1
  12. ދެންލަލަލާ

    ދެންހިޔެއްނުވެ މާގިނަދުވަހަކު މިމުޒާހިރާކުރަންޖެހޭނެހެން މިހާރުދެން މުޒާހިރާދާންވާހިސާބައްތިދަނީ ކިތަންމެ މަދުން މީހުން ނިކުތަސް ދެން ފެންނާނީ ގޮނޑިން ފައިބައގެން ފިލާތަން

    21
    1
  13. ޙައްގުބަސް

    ބިރު ދެއްކިޔަސް ޙައްގުބަސް ބުނަން ރައްޔިތުން ނިކުންނާނެ!! އެންމެން ޖަލަށް ލިޔަސް ހެޔޮ!! މިއަނިޔާވެރި ސަރުކާރުން ދަނީ ރައްޔިތުންގެ މުދާތަށަ ނުހަައްގުން ފޭރަމުން!! އެގޮތުން އެއް ކޮޓަރީގެ ފުލެޓްތައް އެވަނީ ޙައްގުވެރީންގެ އަތުން ފޭރިގަންފަ!! އަދި އޭގެއިތުރުން 7000 ފުލެޓްގެ ޙައްގުވެރީންގެ ތެރެއިން ގިނަ ބަޔަކު މަގުމަތި ކޮށްފި!! މިކަންކަމާ ގުޅޭގޮތުން ރައްޔިތުން އަޑުއުފުލަން މަގުމައްޗަށް ނިކުމެ ސުލްޙަވެރި އެއްވުންތައް ބޭއްވުމަށް މިއަނިޔާވެރި ލާއިންސާނީ ސަރުކާރުން ރެޔާދުވާލު ފުލުހުން ފޮނުވައިގެން ރައްޔިތުންނަށް އަނިޔާކޮށް އެދަނީ ބިރު ދައްކަމުން!! ރައްޔިތުންގެ ޙައްގުތައް ހޯދަން ރައްޔިތުން އަޑުއުފުލާނެ ކިތަންމެ ބިރެއް ދެއްކިޔަސް!! މަގުތައް މައްޗަށް ވީހާވެސް ގިނަ ރައްޔިތިން ނިކުމެ އަޑުއުފުލަންޖެހޭ!! ހައްޔަރުކޮށް އަނިޔާކޮށް ޖަލަށްލާ މި އަނިޔާވެރި ސަރުކާރުގެ ޕަޕެޓް ކޯޓުތައް މެދުވެރިކޮށް ފުލުފުލުން ޙުކުމް ކުރިޔަސް ދެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަން މިއަނިޔާވެރި ސަރުކާރަށް އެގެންޖެހޭނެ!! ޖަލުގައި މިސަރުކާރަށް އެންމެ ގިނަވެގެން ބޭއްވޭނީ 2023 ނޮވެމްބަރު މަހާ ހަމަޔަށް!! ދެން އަންން ސަރުކާރަކުން މިއަނިޔާވެެރި ސަރުކާރުން ނުޙައްގުން ޖަލަށްލާފައިވާ އެންމެން މިނިވަންކުރާނެ!! ރައްޔިތުން ޖެހެނީ ކުޑަ ހިތްވަރެއް ކޮށްލަން!! އަޑު އުފުލަން ނިކުންނަވާ މިއަނިޔާވެރި ސަރުކާރަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ!!

    23
  14. އިންސާފު

    ފްލެޓް މުޒާހަރާގެ ބައިވެރިންނަށް އޮތީ ދައުލަތުން ދިވެހިރައްޔިތުންނަށް ފުލެޓް ދިނުމުގައި އިހުމާލުވި މައްސަލަ. ދައުލަތުގެ ލިޔުންތައް ތަންފީޒު ނުކުރުމުގެ މައްސަލަ. ދައުލަތުން ޤާނޫނޫ އަސާސީ ތަންފީޒު ކުރުމުގައި އިހުމާލުވި މައްސަލަ.

    20
    1
  15. ނަގޫރޯޅި

    ދައުލަތުގެ މުދާ ފޭ ރި ފްލެޓްތައް ވަގައްކައްވާލި ކިންބޫ ސޯލިހާ ފޭ ރޭ ނަސީދުއާ މިހު ރިހާ ވައްކަމުގަ ބައިވެ ރިވާމީހުނައް ރައްޔިތުން ދައުވާކު ރާނެ. އެދުވަސް ވަ ރައްކައި ރިވެއްޖެ. މަގޭ ފްލެޓް ފޭ ރިގަތް މީހުނާ ދެކޮޅައް އަދިވެސް ނުކުންނާނަން. ރައްޔިތުންނައް ގައްދާ ރުވާ ދައުލަތެއް ހިންގަން ފު ރުސަތު ދޭކައްބޭނުމެއްނޫން. މާދަމާވެސް ނުކުންނާނަން

    19
    1
  16. ހާޝިމް

    ބަލަ ކިހިނެއްތިވީ މީގެކުރިންބުނީ މީ މުޒާހިރާގާނޫނުއަސާސީއެކޭ މުޒާހިރާ ކުރެވެންޖެހޭނެޔޭ މިނިވަންކަން ނުހިފެއްޓޭނެޔޭ ދެން އެހެންވެއްޖިއްޔާ ގާނޫނުއަސާސީން އެމާއްދާއުވާލާ އެއްވެއުޅުމާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެދިވެއްސަކައްވެސް ގާނޫނުއަސާސީން ލިބިދޭ ޙައްގެއް

    20
  17. ހުސޭނުބޭ

    ހާދަ ބިރަކުން ތި ތެޅޭނީ! އަނެއްކާ ވެއްޓެނީތަ؟

    20
  18. ބއްޅަ

    ރާކޭސް އަރުވާލަބަލަ ނިކަން ކެރެންޏާ....

    15
  19. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރުގެ އައްޕަ

    ތިންބާރު އެއްވީތަ މިހާރު.. ދައުވާ ކުރަނީވެސް ޕޮލިހުންތަ. ކޮބާ އިންސާފު؟ ޕްރޮސެކިއުޓަރ ޖެނެރަލް އެއީ އެއްނޫންތަ ދައުވަ ކުރުމާ ހަވާލުވެ ހުންނަ ފަރާތަކި

    18
  20. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    ޑިމޮކްރަސީ ކައިގެން ބޮއެގެން އުޅޭ ބޭފުޅުންނަށް ހަޖަމު ނުވާކަންކަން ހުރޭދޯ

    18
  21. ކިޔާ އެއްޗެއް ދިމަލެއް ނުވޭ

    އެއްފަހަރު ބުނާނެ މުޒާހިރާ ކުރެވޭނެއޭ. ތިމަންނަ ވެރިކަމުގައި ހުންނައިރު ނުކުރެވޭ. ވެރިކަމުގައި ނޫޅޭއިރު އެއީ ބޮޑު ހައްގެއް. ނުކުރެވިއްޖިއްޔާ ބޭރުގަވްމުތަކުގައިވެސް ކުރަންވީ. ބޭރު ގަވްމުތަކުގެ ވެރިންނާއިވެސް ބައްދަލުކުރުންވެސް އޮވޭ! ޑަބަލް ސްޓޭންޑަރޑްއޭ ކިޔާ އަޑުއަހަން މިފަދަ ކަންތަކަށް.

    18
  22. Anonymous

    ހާދަހާ ބީރައްޓެއްސަެ ޑިމޮކްރަސީއާ. ރައްޔިތުން އަޑު އުފުކީމަ ދައުލަތް ނުހިންގޭކަމަށްވަނީނަމަ އިސްތިއުފާ ދީފަ ގޭގަ މަޑުކުރޭ. ވަގަށް ނެގިއެއްކަމަކު އެކަން ކުރެވަެނީ އެވަރުގެ ގާބިލް ކަމެއް ހުރިބަޔަކަށްދޯ. 2 އަހަރު ވީމަ ދެން ހޯހޯ ގޮވާފަ ގެއަށްދޭ. ވާވަރަށް މިހާރު ތިތިބީ ކައި ބަނޑުފުރައިގެން.

    17
  23. Anonymous

    މިވެރިންނަނީ ޑިމިކްެަސީ ކިޔަން އެނގޭވެސް ބައެއްނޫން. ބަލަ އެއީ ރައްޔިތުންގެ ހައްގެކޭ. މުޒާހަރާ ކުރާނެ. ވެެރިކަން ނުކުރެވެންޏާ ދޫކޮށްލާ. ތިކަހަލަ ޖާހިލުންނަށް ކުރެވޭނީ ވައްކަން އެކަނި.

    17
    1
  24. ގގގ

    އަޑުބއުފުލުމަކީ ގާނޫނި އަސާސީގެ 42 ވަނަ މާއްދާއިން ކޮންމެ ރައްޔިތަކަށްވެސް ލިބޭ ހައްގެއް. ދައުވާއެއް ނުކުރެވޭނެ. ތިއުޅެނީ އިސްތިއުފާދޭނެ އުޒުރެއް ނުފެނިފެންތަ؟

    15
    1
  25. ޥ

    ވިސްނަވާ، ރައްޔަތުން އެޗް ޕީ އޭ ގެ ގައިޑްލައިންތަކަށް ވަރަށް ބޮޑަށް ބޯލެބި ބުނުއްވިހުރިހާ ގޮތެއްހެދި އެކަމަކު މިއަދުގެ ސަރުކާރު ނެގީ އެކަމުގެ ނާޖާއިޒް ފައިދާ ފުރަތަމަ ހަމަކަން ގެއްލުވާލީ އަނިޔާ ލިބުނު ނިކަމެތި އަންހެން ކަބަލުންނަށް މަލާމަތްކޮށް އެ ކަބަލުންނަށް އަނިޔާދިންމީހާ ރަސްމީއިއްޒަތުގަ ފުރުވާލީ އެވާހަކަ ރައްޔިތުން ގޮވާނެތީ ފްލެޓް ލިސްޓް ނެރުނީ، ކަމަކުދާކަށް އެއޮތީ ހަދާނެ އެއްޗެއް ހަދާފަ ހާލުގަ އުޅުނު އެއްބައެެއް ބިކަކޮށްފަ ދެން އެވަރުން ނުފުދިގެން ސާވޭކޮށް ހަދާފަ 1 ކޮޓަރީގެ ފްލެޓްތައް ގެއްލުވާލީ ދެން ގޮވީ ކޮވިޑްގެ ނުރައްކާ ހައްތަހާ ބޮޑޭވަނީ އެނދުތައް ހުސްވަނިއްޔޭ އާޚިރުގަ ވެންޓިލޭޓަރު ނެތީ ވެންޓިލޭޓަރު ތައްވެސް ވީތަނެއްނޭގެ އެލާރި ނެގިމީހުންވެސް ހަމަޖެހިލާފަ އަރާމާ އުފަލުގަ ނިކަމެތި ރައްޔިތުމީހާ ބަސްއަހައިގެން އަތްދޮވެލަ ދޮވެލާ ދެން ވިސްނާލާ ދެކުނުގެ އަތޮޅުތަކަށް ދިނީ ހާއްޞަ ހުއްދައެއް ކޮވިޑަށް އެ ރައްތަކަށް އަރަން، މީ ހަޤީގަތް ދެން މިކިޔަނީ ޤާނޫނީ ފިޔަވަޅު އަޅާނަމޭ އެއްނުވާށޭ ގެދޮރު ލިބޭނެ ކަމަށް ކުރިން އޮތް ލިސްޓަކީވެސް ހަމަ ދައުލަތުގެ ނިޝާން ޖަހާފަ ނެރެފައޮތް ލިސްޓެއް އޭގަ ހިމެނުނީ ސަރުތު ހަމަވާތީ މިއަދު ވީއެެއްނުވީއެެްނޭގި ގެއްލުނީމަ ކިހިނެތް ތިބޭނީ ފުރަތަ ފިޔަޅު އަޅާބަލަ ރައްޔަތުންނަށް މަގުމައްޗަށް ނިކުތުމަށް މަޖުބޫރު ކުރުވި މިއަދުގެ ވެރިންނަށް އެމީހުން ކެނޑިނޭޅި އެކުރާ ޖެއްސުމަށް ހަމަޖެހިލައިގެން އުޅުނަނުދޭތީ

    18
  26. ލ. ގމ

    ލާދީނީ ސަރުކާރެއް ދިވެހިރާއްޖޭގައި އޮތުމަކީ ޤާނޫނާޚިލާފުކަމެއް މިހާރުންމިހާރަށް ލާދީނީ ސަރުކާރު ބަދަލުކުރުމަކީ ކޮންމެ ދިވެހިމުސްލިމަކަށް ވާޖިބުކަމެއް މުސްލިމުޤައުމެއްގައި ލާދީނީ ވެރިކަމަކަށް ޖާގަ ދެވިގެންނުވާނެ އެޑީޕީ ޖެހޭނީ އުވާލަން އެނޫންގޮތެއްނޯންނާނެ ފުލުހުންނާއި ސިިފައިން އިސްލާމްދީނަށް ފުރައްސާރަކޮށް ދީނާއިޚިލާފުރިޕޯޓް ނެރޭމީހުންގެ އަމުރަށްބޯލަނބައި ކިޔަމަންވާކަށްނުޖެހޭނެ ތިމާމެން ހަމައެކަނި ބޯލަނބައި ކިޔަމަންވާންޖެހޭނީ ހަމައެކަނި މާތްﷲއަށް ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެން ހަމީދަކަށްނޫ އިސްލާމްދީނާ ހިލާފުވާ ވެރިންނަށް ކިޔަމަންވުމެއް މާތްވެގެންވާ ކީރިތި ޤުރުއާނަކުނޯންނާނެ މާތްﷲ ގަންދީހުވައިކޮގެންތިބި ފުލުހުންނާއިސިފައިން މިހާރުވެރިކަމުގައިތިބި ލާދީނީބައިގަނޑު ހިފާޔަޔަރުކުރުމަކީ މާތްﷲއަށް ޓަކައި ކުރެވޭ މަތިވެރިޖިހާދެއްފަދަ އާދޭހާއިއެކުބުނެ ލަންއޮތީ އަހަރެމެންގެ ދަރިންގެދަރިންނަށްޓަކައި މިޤަގުމު ސަލާމަތްކޮށްދީ!

    17
  27. މައުމޫނު

    ލަދު ނުގަނޭތޯ.. ޑިމޮކްރެސީ ކިޔާފަ އަންބާކިޔާ އުޅޭބަޔަކު މިފަދަ ނާތަހުޒީބީ ޚޮދުމުޚުތާރު ވާހަަަކަ ދައްކަން... ޤާނޫނު އަަސާސީގެ މާއްދާ 4. . 27. 32 އަދިވެސްއަދިވެސް ކަށަވަރުކުރަނީ ރައްޔިތުންގެ ބާރާއި މިނިވަންކަމާއި އެއްވެ އުޅުން.... ކޮންމެފަދަ ދައުވާއެއްކޮށް ޗިސްކުރިއަސް ބަރުމާއަކަށް މިޤައުމު ވުމަށް ދޫކުރެވޭކަށްނެތް..... ....ލާއިންސާނީ ޖަރީމާ ކޯޓްމެދުވެރިކޮށް ހިންގަން ނުއުޅޭ...

    15
    1
  28. ރަދީފް

    ނުކުރެވޭނެ އެއްކަމެއް ވެސް.ތިހެން ކުރާ ދައުވާތައް އެއީ ވައިގަދަ ދުވަހެއްގަ ފުއްޓަރު ފަރާތުގަ ހުރެ ހަޅޭލެވުމޭ ތަފާތެއް ނެތް ކަމެއް.ސޯ ވަޓް؟

    8
    1
  29. ވަތަން

    ނިކަމެތި ރައްޔިތުންނަށް ބިކަކޮށް އެތައް ބަޔެއްގެ ބޯހިޔާކަމުން ނިގުޅައި ގަތުން އެއީ މައްސަލައެއް ނޫން؟ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްޤުތަކުން ނިގުޅައި ގަންނަށް ބަޔަކަށް މިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނަން. ސަރުކާރުގެ އަދުވެރިކަން ގެއްލި ދިވެހިރައްޔތުން ވެރިކަމާ ހަވާލުވާންޖެހޭ ވަގުތު އައިސް ޖެހިއްޖެއް. ދިވެހިރައްޔިތުންގެ ޤާނޫނޫ އާސާސީ ތަންފީޒުކުރުމުގެ ދިވެހިރައްޔިތުން އަރާހަމަކުރާނެ. ވަރަށް ސަލާމް

    6
    1
  30. ނާޅި

    ދިވެހިންނަށްވެސް ﷲ ވަނީ ދިރިއުޅުމުގެ ވަރަށް ގިނަގުނަ ވަސީލައްތަށް ދެއްވާފައި، އެހެންކަމުން ދިވެހިންނަށް އުފަލުން ލޯބިން އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމް ކޮށްގެން ދިރި ނުޅެވިގެން އުޅެނީ ކީއްވެބާ ؟

  31. ކިޔުންތެރިއެއް

    ފުލުހުން ހިންގާ ޖަރީމާތަށް ބެލޭނެ ބަލާނެ ފަރާތެއްނެއް

  32. ޙަސަން

    ޖަލަށް ދާގޮތަށް ކޮންމެ ދުވަހަކަށް 510 މީހުން މިހާރު ތައްޔާރުވަމުން އެބަދޭ.... ޖަލުވެސް އެވަރަށް ތައްޔާރު ކުރައްވަންވާނެ..

  33. އަހްމަދު

    އަޅެފުލުހުން މާތްﷲ ގަންދީކުރާހުވައިގައޮންނައެއްޗެއް މިބޮޑުފިރިހެންމީހާއަށް ނޭގުމަކީ ނިކަމެތިރައްޔިތުންގެކުށެއްތަ؟ މިކަހަލަމީހުންއެބަޖެހޭ މިފަދަމަގާމުތަކުންއެކަހެރިކުރަން ރައްޔިތުންނަށް ހިމާޔަތާރައްކާތެރިކަންދޭން ތިބޭމީހުންނަނަކީ އޯގާތެރިބަޔަކަށްވާންއެބަޖެހޭ މިކަހަލަމީހުންނާމެދުމިސަރުކާރުންފިޔަވަޅުނާޅާނަމަ މިފަދަމީހުންގެފޮޓޯއާ ޚަބަރުތަށް ރައްކާކޮށްފަބަހައްޓަންއެބަޖެހޭ ފިޔަވަޅުއެޅޭނެދުވަހެއްއަންނާނެ އިންޝާﷲ

  34. ޫުަހަސަނު

    ޙަމަބަރާބަރު