ދެހަފްތާ ފަހުން ރަޝީއާގައި ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް އުމްރާ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުން ދެވަނަ އަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ހުށަހަޅުއްވާފައި ވަނީ އަލްމަނާސިކް ހައްޖު އެންޑް އުމްރާ ގްރޫޕުންނެވެ.

ވޯލްޑްކަޕް މެގަޒިންގެ ޑެލިވަރީ ނަމްބަރަށް ގުޅުވައިގެން މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއްގެ ދަށުން މިހާރު 100 ރުފިޔާ އަށް މެގަޒިން ލިބިވަޑައިގަންނަވާނެއެވެ. މިޕްރޮމޯޝަންގެ ދަށުން މެގަޒިން ހޯއްދެވުމަށް ގުޅުއްވާނީ 7660630 ނުވަތަ 7563322 ނަމްބަރު ފޯނަށެވެ.

ވޯލްޑްކަޕް މެގަޒިން ބައްލަވައިގަންނަވާ ފަރާތްތަކަށް އުމްރާ ދަތުރެއްގެ އިތުރުން އަގުހުރި އިތުރު އިނާމްތައް ވެސް ލިބިވަޑައިގަންނަވާނެއެވެ. އެގޮތުން އެއްވަނަ އިނާމެއްގެ ގޮތުގައި ޔޫރަޕްގެ ހަގައުމަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ތިންވަނަ އިނާމެއްގެ ގޮތުގައި އެވިޑް ކޮލެޖުން ހިލޭ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

މާލޭގެ ގިނަ ބުކްޝޮޕްތަކުން ވެސް މިހާރު ވޯލްޑްކަޕް މެގަޒިން ލިބިވަޑައިގަންނަވާނެއެވެ. ނާސަރީ ބުކްޝޮޕް، ސްޕޯޓްސް ޕްލަސް، ރާދަ ބްކްޝޮޕްގެ ހުރިހާ ފިހާރައެއް، ރައުންޑް ވަން ބްކުޝޮޕް، މިލިއަން ބުކްޝޮޕްގެ ހުރިހާ ފިހާރައެއް، އަސްރަފީ ބުކްޝޮޕް، އިރާއީ ބުކްޝޮޕް، އަދި އެމް-7 ބުކްޝޮޕް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ރަށްރަށުން ވެސް މިހާރު މެގަޒިން ލިބިވަޑައިގަންނަވާނެއެވެ.

މި މެގަޒިންއާއެކު މުބާރާތުގެ މެޗްތައް ކުޅޭ ތާވަލާއި، ސްކޯ ޖެހޭނެ ގޮތައް އަދި ދެވަނަ ބުރާއި ކްއާޓާ ފައިނަލް އަދި ސެމީފައިނަލާއި ފައިނަލް މެޗްގައި ކުޅޭނެ ޓީމްތައް ވެސް ފުރިހަމަ ކުރެވޭ ގޮތައް އޭ2 ސައިޒްގައި ތައްޔާރުކޮށްފައިވާ ވޯލް ޗާޓެއް ވެސް ލިބިވަޑައިގަންނަވާނެއެވެ.