ލެސޫކް ރެސްޓޯރެންޓުގައި ހުރި ޗެނަލް-13 ގެ ނޫސްވެރިއަކަށް އަނިޔާކޮށް އެތަނުން ނެރުނުއިރު އެއީ ނޫސްވެރިއެއްކަން ނޭންގޭ ކަމަށާއި އެއީ ނޫސްވެރިއެއްކަން އެނގުނު ހިސާބުން އޭނާ ދޫކޮށްލިކަމަށް ބުނެ ފުލުހުން ހެދީ ދޮގުކަން ބޭޒާރުވެއްޖެއެވެ.

އެސްއޯ ފުލުހުންގެ ފައުޖެއް ލެސޫކް ރެސްޓޯރެންޓުގެ ތިންވަނަ ފަންގިފިލާއަށް އަރައި އެތަނުގައި ތިބި ޕީޕީއެމް އާއި ޕީއެންސީގެ ބައެއް މީހުންނާއި ޗެނަލް-13 ގެ ނޫސްވެރިޔާ ބާރުގެ ބޭނުންކޮށް ނެރުނު މައްސަލައިގައި ފުލުހުންނާއި ސުވާލު ކުރުމުން ފުލުހުން ބުނީ ނޫސްވެރިޔާގެ ފަރާތުން ފެނިގެން ދިޔައީ ނޫސްވެރިންގެ ފުށުން ފެނިގެން ވާނެ ފަދަ އަމަލުތަކެއް ނޫން ކަމަށާއި އޭނާ ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށެވެ.

ނަމަވެސް "ޗެނަލް-13" އިން ދެންމެ އާއްމު ކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުންގެ އަނިޔާތައް ލިބުނު ނޫސްވެރިޔާ ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު އަޅައިގެންނެވެ. އޭނާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދައްކާފައި ނުވާކަން ވީޑިއޯ އިން ސާފުކޮށް އެނގެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ ވެސް އަދި އެތަނުގައި ހުރި އެހެން ނޫސްވެރިޔަކު ވެސް ވަނީ އެއީ ނޫސްވެރިއެއްކަމަށް ތަކުރާރުކޮށް ފުލުހުން ކައިރީގައި ބުނެފައެވެ.

ނަމަވެސް އެމީހުން ދެއްކި ވާހަކައަށް ފުލުހުން އެއްވެސް ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ނޫސްވެރިޔަކަށް ފުލުހުން އަނިޔާ ކުރުމަށްފަހު އެކަން ފޮރުވަން ދޮގުހެދިކަން ބޭޒާރުވުމުން ފުލުހުންގެ ރާގު މިހާރު ވަނީ ބަދަލުވެފައެވެ. ވީޑިއޯ އާއްމު ކުރުމުން ފުލުހުން ބުނީ މިހާދިސާގައި ކަން ހިނގިގޮތް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލާނެ ކަމަށެވެ.

ފުލުހުންގެ އަނިޔާތައް ލިބުނު ނޫސްވެރިޔަކަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ވެސް ފަރުވާދެމުން އެބަގެންދެއެވެ.

ފަހަކަށް އައިސް ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް އަނިޔާވުން ވަނީ އާއްމު ކަމަކަށް ވެފައެވެ. މީގެ ހަފްތާއެއްހާ ދުވަސް ކުރިން ވެސް ފުލުހުންގެ ފަރާތުން ޗެނަލް-13ގެ ދެނޫސްވެރިޔަކަށް އަނިޔާ ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ކިނބޫ

    އެއީ ފުލުހުންނެއް ނޫން. އެއީ ފުލުހުންގެ ތެރެއަށް އެމްޑީއެން ހަމިއްޓޭމެން ވައްދައިގެން އުޅޭ "ތަޅާ ގްރޫޕް" ބައެއް. ފުލުހުންނަކީ އެހާ ދަށުދަރަޖައިގެ ބައެއް ނޫންކަން 2012ގެ ތެރޭ އޮންނާނީ އެނގިފަ. ފުލުހުންނަށް ކުރި ދުއްޕާން ތަހައްމަލުކުރީ ޕްރޮފެޝަނަލް ބައެއްކަން ސާބިތުވާހާ ފުރިހަމައަށް.

    67
    3
    • ޙައްގުބަސް

      ބިރު ދެއްކިޔަސް ޙައްގުބަސް ބުނަން ރައްޔިތުން ނިކުންނާނެ!! އެންމެން ޖަލަށް ލިޔަސް ހެޔޮ!! މިއަނިޔާވެރި ސަރުކާރުން ދަނީ ރައްޔިތުންގެ މުދާތަށަ ނުހަައްގުން ފޭރަމުން!! އެގޮތުން އެއް ކޮޓަރީގެ ފުލެޓްތައް އެވަނީ ޙައްގުވެރީންގެ އަތުން ފޭރިގަންފަ!! އަދި އޭގެއިތުރުން 7000 ފުލެޓްގެ ޙައްގުވެރީންގެ ތެރެއިން ގިނަ ބަޔަކު މަގުމަތި ކޮށްފި!! މިކަންކަމާ ގުޅޭގޮތުން ރައްޔިތުން އަޑުއުފުލަން މަގުމައްޗަށް ނިކުމެ ސުލްޙަވެރި އެއްވުންތައް ބޭއްވުމަށް މިއަނިޔާވެރި ލާއިންސާނީ ސަރުކާރުން ރެޔާދުވާލު ފުލުހުން ފޮނުވައިގެން ރައްޔިތުންނަށް އަނިޔާކޮށް އެދަނީ ބިރު ދައްކަމުން!! ރައްޔިތުންގެ ޙައްގުތައް ހޯދަން ރައްޔިތުން އަޑުއުފުލާނެ ކިތަންމެ ބިރެއް ދެއްކިޔަސް!! މަގުތައް މައްޗަށް ވީހާވެސް ގިނަ ރައްޔިތިން ނިކުމެ އަޑުއުފުލަންޖެހޭ!! ހައްޔަރުކޮށް އަނިޔާކޮށް ޖަލަށްލާ މި އަނިޔާވެރި ސަރުކާރުގެ ޕަޕެޓް ކޯޓުތައް މެދުވެރިކޮށް ފުލުފުލުން ޙުކުމް ކުރިޔަސް ދެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަން މިއަނިޔާވެރި ސަރުކާރަށް އެގެންޖެހޭނެ!! ޖަލުގައި މިސަރުކާރަށް އެންމެ ގިނަވެގެން ބޭއްވޭނީ 2023 ނޮވެމްބަރު މަހާ ހަމަޔަށް!! ދެން އަންން ސަރުކާރަކުން މިއަނިޔާވެެރި ސަރުކާރުން ނުޙައްގުން ޖަލަށްލާފައިވާ އެންމެން މިނިވަންކުރާނެ!! ރައްޔިތުން ޖެހެނީ ކުޑަ ހިތްވަރެއް ކޮށްލަން!! އަޑު އުފުލަން ނިކުންނަވާ މިއަނިޔާވެރި ސަރުކާރަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ!!

      35
      1
      • އަހްމަދު

        ﷲ އިރާދަފުޅު ކުރެއްވިއްޔާ ލަހެއްނުވެ އެދުވަސް އަންނާނެ.

        19
  2. ކިބޫ

    މީ ދޮގާ މަކަ ރާ ހު ރިހާއެއްޗެއް ހަދާ ސަ ރުކާ ރެއް އޮޅުވާލު ފަސާދަވެސް

    59
    1
  3. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    މީ ހުސް މި ސަރުކަރުގެ ބަލާވެރިކަން

    55
    2
  4. ޤަބޫލްކުރޭ.. ހަޖަމްކުރޭ

    ނޫސްވެރިޔައަކަސް މުޒާހަރާގެ އެކްޓިވިސްޓަކަށް ވެގެން އުޅެންޔާ ހައްޔަރުކުރެވޭނެ.. ނޫސްވެރިޔެކޭ ކިޔާފަ ޤާނޫނަށްވުރެ މައްޗަކު ނުހުރެވޭނެ..

    16
    74
    • ޏަންނަ

      ބަލަ ރާއްޖެޓީވީ ނޫސްވެރިން ހެޔޮ މުޒާހަރާ ތަކުގަ ބައިވރިވިަސް. ޢެ އޯކޭ ދޯ ކަލޭމެނަށް

      38
      1
      • ޔާމީންއެހުރީގޭގައިދޯ

        އަނިޔާކުރިވަރު މަދީ.. ހުރިހާ މުޒާހަރާގެ ބައިވެރިންގެގައިގައި ގަދަޔަށް ތަޅާލަންވީ.. މުޅި ރާއްޖޭގައި ކޮވިޑް ފަތުރަން ޤަސްތުގައި އުޅޭބައެއްތީ..

        7
        17
  5. ނަދާ

    ޝިފާ އިސްތިއުފާ ދީފަގެޔަށް ދޭބަލަ އަައުރަ ނިވާކުރަން ހެޔޮނުވާނެ އޮރިޔާމުން އުޅެންހެއޮ ނުވާނެ

    44
    3
  6. ފުލުހުން

    އާންމު ރައްޔިތުންނަށް ހިމާޔަތް ނުދެވުނަސް ވެރިން ދިފާއު ކުރުމަށް ބޮޑެތި ހުވާ ކޮއްގެން ތިބޭ ބައެއް ފުލުހުންނަކީ. ފުލުހުންގެ މައްސަލަ ބެލޭނެ އެއްވެސް ގޮތެއް ނޯވޭ. ނަމަކަށް އެންއައިސީ ހަދައިގެން ސަރުކާރުން ބޭނުންވާ ސިޔާސީ މީހާ އެންއައިސީ ގެ ވެރިޔަކަށް ލައިގެން ފުލުހުން ކުރާ ހުރިހާ ކުށެއް ފޮރުވަނީ

    50
    3
  7. Anonymous

    ހެހެ ބުއްޅަ ދަސްކޮށްދިން މިނިވަން ނޫސްވެރިކަން ބުއްޅަޔަށް ފެނުމާއެކު ޑިމޮކްރަސީ އެއޮތީ އެލިފަތާ

    44
    4
  8. ޖަޒީރާ ކައްޑެވި

    މިނިވަން ނޫސްވެރިކަން އެވެރިންނަކަށް ހަޖަމެއްނުވި އަވަހަށް އިސްތިއުފާ

    42
    2
  9. ހަމްދާން

    ރާއްޖޭގަ އުޅޭ ނޫސްލިޔާ ތާކުންތާކުނުޖެހޭ ބަޔެއް.. ލާދީނީ އާޓިކަލްތައް ގެނައުމާއި މުޖުތަމައުގައި ނަފުރަތު އުފެއްދުމާއި ސިޔާސީ ފިތުނަ ހިންގުމައް.. ހެޔޮ އަހަރެމެންނައް އެކަހަލަ ނޫސްވެރިން ނެތަސް.

    13
    36
    • ޙަނާ

      ރާ ޓީވީ ކުދިންކުރީމަ ކަލެއަށް އޯކޭ. ޅޮލް

      22
      1
  10. ރައީސް އިބުރަހިމާ

    ނޫސްވެރިޔާއާދޭތެރޭ އަނިޔާވެރިކޮއް ކަންތައްކުރި ތަން އެއޮތީ ފެންނަން ދެންކޮން ދޮގެއް ހަދާކަށް

    45
    3
  11. Anonymous

    ހާދަ ގޮތް ނެތިގެން އުޅޭ ބައެކޭދޯމިތިބީ. ބަލަ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން އެފައިސާއިން ޔުނީފޯމު ދިނީމަ ފުއްޕާފަ ރައްޔިތުންނަށް ތި އަނިޔާކުރަނީ ތިއީ މިއަންމާ ގެނެސްހުރި ފުލުހުންނަށް ވީމަތަ؟ ދިވެއްސެއްގެ ބަނޑުން ވިހާފަ ހުރި ދިވެއްސަކު އަނެކާއަށް ތިހާ އަނިޔާވެރިއެއް ނުވާނެ. ބަދަލު ހިފުމަށް ގާނޫނު ހަދާފަ އޮތީ ކަލޭވެސް ފާހަގަވާނެ.

    38
    1
  12. Anonymous

    6 އެއްކަ މީހުން ލާހޫރޭތީ ކޮން އުނދަގުލެއް ތިވީ؟ ބޮނޑު މީހާބުނި ތިއީ މުޒާހަރާއެއްވެސް ނޫނޭ.

    36
    2
  13. ހހހހ

    6 އެއްކަ މީހުން ލާހޫރޭތީ ކޮން އުނދަގުލެއް ތިވީ؟ ބޮނޑު މީހާބުނި ތިއީ މުޒާހަރާއެއްވެސް ނޫނޭ.

    27
    1
    • ހުސޭނުބޭ

      2012 ވަނަ އަހަރުވެސް ރ ޓީވީން ބުނި ހައެއްކަ މީހުންނޭ! ބުރާންތިވެގެން އިސްތިޢުފާ ދީފާ ބުނި ބަޣާވާތެކޭ! އެބުނާހެން އައެއްކަ މީހުން އެއްވާ ތަނަކަށް ފުލުހުންގެ ފައުޖު އޮތްގޮތަށް މިދަނީ ކީއްވެ! ދެތިން ފުލުހަކަށް ތިކަން ނިންމާލެވިދާނެއެއްނު! ތި ހައެއްކަ މީހުން ދެކެ ހާދަ ބިރެކޭ ތި ގަންނަނީ

  14. Anonymous

    ޑިމޮކްރަސީގަ ނިކަން މުޒާހަރާބގިނަވާނެ. އެވަރު ނޭނގޭ މީހުން ވެެިކަމާ ހަވާލުނުވާނީ.

    35
    1
  15. ޙައުލާ

    ޑިމޮކްރަސީގަ ނިކަން މުޒާހަރާ ގިނަވާނެ. އެވަރު ނޭނގޭ މީހުން ވެެިކަމާ ހަވާލުނުވާނީ.

    27
  16. Anonymous

    ވެެިކަން ކުރަންވީމަ މުޒާހަރާ މަނާ. ޑިމޮކްރަސީ ކަމުދަނަި އިދިކޮޅުގަ ތިބޭއިރު އެކަނި ދޯ.

    36
  17. ޙަސަން

    އެއީ އަނިޔާވެރިޔަކު ނޫނާީ ދީނަށް ފުރައްސާރަކުރި ޖަމާއަތުގެ މީހަކަށްވާތީ އޭނާގެ ނުލަފާ އޯޑަރަށް މުރާ އަނިޔާ. ދިވެހި ފުލުހުންނާ އަޒުރޭލު ފުލުހުންނާ މިހާރު އެއްހަމައޭ ވެސް ބައެއްމީހުން ބުނާއަޑު އިވޭ

    32
  18. މީހާ

    ޗެނަލް 13 އަކީ ސީދާ ޕީޕީއެމް މީހުން. ބަލަން ހެޔޮވާވަރު ޗެނަލެއްނޫން

    6
    49
    • Anonymous

      ދެން ރ ޓީވީ؟

      24
      • ކޮމްބޯ

        ކޮންމެ ޗެނަލެއްގެ މީހަކަށްވިޔަސް ހެވެއްނު. ބޮޑު ފާހެއް ފެންނަން އޮއްވަ އެބުނަނީ އެޅިގެންނޭވިއްޔަ.

  19. ކޮހާ

    ނޫސްވެރިން މުޒާހަރާ ކުރުން އޯކޭ؟ ލައިވް ޓީވީގައި ތިބުނާ ނޫސްވެރިން އެވާ ވަޖިދެއް؟؟ އާނ. ކަލޭމެން ތީ ޔުނިވަރސިޓީއަކުން ނޫސްވެރިކަން ކިޔަވައިގެން ތިބިބައެއް ވިއްޔާ. އޯކޭ ވާނެތާ

    3
    13
  20. އިބްރާހިމް

    އެމްޑީޕީން ދިވެހި ފުލުހުންގެ އަގު ވައްޓާލުމަށްޓަކައި ދުރާލައި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެރާވައިގެން ހިންގާ ޖަރީމާއެއް. ބޭނުމަ ކީ ދިވެހި ފުލުހުންގެ ބަދަލުގައި އިންޑިޔާ ފުލުހުން ބައިތިއްބުން ކަމަށްވެދާނެ.

    11
  21. އމމ

    ޑިމޮކުރަސީ ދޮންވެ ފައްކާވިވަރަކަށް ތިޔަބާވަތުގެ ކަންކަން އިތުވުމަކީ ވެދާނެ ކަމެއްތާ

    13
  22. ޤައުމަށްޤައްދާރު

    ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހައްޤުތަކުން ނިގުޅައި ގަންނަށް ބަޔަކަށް މިރާއްޖޭގެ ވެރިކަން ކުރުމުގެ ފުރުސަތު ދިވެހި ރައްޔިތުން ނުދޭނަން. ސަރުކާރުގެ އަދުވެރިކަން ގެއްލި ދިވެހިރައްޔތުން ވެރިކަމާ ހަވާލުވާންޖެހޭ ވަގުތު އައިސް ޖެހިއްޖެއް. ދިވެހިރައްޔިތުންގެ ޤާނޫނޫ އާސާސީ ތަންފީޒުކުރުމުގެ ދިވެހިރައްޔިތުން އަރާހަމަކުރާނެ. ވަރަށް ސަލާމް

    14
  23. ޚެކުރި

    ނޫސްވެރިން ނަމޫނާ ދައްކާ ބަޔަކައް ވާންޖެހޭ. ޢަޅުގަނޑުމެންގެ ދަރިންވެސް މިހާރު ނަމޫނާ ނަގަނީ ނޫސްވެރިންގެ ފަރާތުން.

    2
    4
  24. ސޯލިހުބޭ

    މިލިޔުމުގެ ފަހު ޕެރެގްރާފް ރަނގަޅެއްނޫން. ރަނގަޅު ގޮތަކީ ފަހަކަށް އައިސް ޗެނަލް13ގެ ނޫސްވެރިންނަށް ފުލުހުން އަނިޔާ ކުރުން ވަނީ އާންމު ކަމަކަށް ވެފައެވެ.

    8
    2
  25. ތަނބު

    ތިމާއަށް ބުނެވޭ ކޮންމެ ބަހަކީ ހައްޤުބަސްކަމަށްވާނަމަ ، އެހެންމީހުންވެސް ބުނާނީ ހައްޤުބަސް . އެހެންވީމާ ހުރިހާމީހުންވެސް ބުނަނީ ހައްޤުބަސް.،11111111111111111

  26. ޜޫށަ

    ނޫނޭ ތެދެއް! ފުލުހުންގެ ޓޮޕްލެވެލްގަ ތިބި އެންމެން އެތަނުން ވަކިކޮށްގެން ނޫނީ އަހަރެމެންނަށް ފެންނަނީ މިހާރުގެ ފުލުހުންނަކީ ވެރިކަން ދިފާއުކުރުން ނޫންކަމެއް ނުކުރާ ބައެއްކަމަށް. ކަމެއް ގޯސްވެގެން ގުޅިޔަސް ބުނަނީ އެހެން މުއައްސަސާޔަކާ ގުޅަންވީ ނޫންހޭ .
    ލަދު!

  27. ޗެނަލްތޭރަ

    ތިޔަބުނީ ވަރައް ރަނގަޅު ވާހަކައެއް އެއީ ހުރިހާމީހުންވެސް
    ބަލަންވީ ޗެނަލްއަކީ ހަގީގަތާއެއްކޮއް ކިޔާފޭ ލައިވް މަންޒަރުދައްކާދޭ ޗެނަލް އެއީ މިހެންބުނީމާ ބައެއްމީހުން ވަރައް މޭކަރާނެ

    5
    1