23:17

ނޭޕާލުން ކޮވިޝީލްޑް ވެކްސިން ގަންނަން ކުރި ޚަރަދު ހާމަކޮށްފި.

22:42

ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގަމުންދާ ދަރުބާރު ގެއިން ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

21:51

އައްޑޫ ސިޓީ މީދޫން ވަކިތަރުތީބެއް ނެތި ނެގި ސުންކުތަކަކުން ދެމީހަކު ކޮވިޑަށް ފައްސިވެއްޖެ.

20:29

ކޮވިޑް-19 ވެކްސިން ޖަހައިގެން އިއްޔެ ގދ. ގައްދޫއިން ނިޔާވި މީހާގެ އަނބިމީހާވެސް ނިޔާވެއްޖެ

16:15

އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް ހަދިޔާކޮށްފި

15:26

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރެމުންގޮސް ހާލަތު ގޯސްވަމުންދާތީ، އެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލަން ކުރި ނެރުނު އެންގުމުގެ މުއްދަތު އަނެއްކާވެސް އިތުުރުކޮށްފި

14:53

ރަޝިއާ އިން ކޮވިޑް-19 އާ ދެކޮޅަށް ތިން ވަނަ ވެކްސިނެއް އުފައްދާކަން އިިއުލާންކޮށްފިި.

13:01

މ. ކޮޅުފުށީގައި ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

10:49

ދިވެހި ފިލްމީ ދާޢިރާގައި މަޝްހޫރު ކަން ހޯދާފައިވާ ހަސަން އަލި މަނިކު (ކޮއްޔަ ހަސަން މަނިކު) ކޮވިޑް-19 ބަލީގައި ދެންމެ ނިޔާވެއްޖެ.

08:15

ކޮވިޑް ޖެހިގެން އަންހެނަކު ނިޔާވެއްޖެ.

00:23

ރާއްޖެ އިން ވެކްސިން ޖެހި މީހެއްގެ ހާލު ސީރިއަސްވެއްޖެ.


ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަދިވެސް މަޑުޖެހުމެއް ނެތި އަންނަނީ އިތުރުވަމުންނެވެ.

މިއަދުވެސް 127 މީހަކު ވަނީ ފައްސިވެފައެވެ. ނަމަވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އަންނަނީ މިހާރު މަދުވަމުންނެވެ. މިއަދުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 159 މީހުންނަށެވެ.

ބުރާސްފަތި ދުވަހު 168 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދީފައި ވާއިރު ބުދަ ދުވަހު 171 މީހަކަށް، އަންގާރަ ދުވަހު 172 މީހަކަށް ހޯމަ ދުވަހު 190 މީހަކަށް އާދީއްތަ ދުވަހު 193 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެއެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރުވެސް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު މަދުވަމުން އަންނަ ސަބަބާއި ގުޅޭ ގޮތުން އެޗްޕީއޭ އިން އަދި މައުލޫމާތު ހިއްސާކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.