ރާއްޖެ އިން ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން ގެންދިޔަ އަންހެނަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ނިޔާވެފައި ވަނީ 63 އަހަރުގެ އަންހެނެކެވެ.

ނިޔާވި އަންހެން މީހާ އަކީ ކޮވިޑް ޖެހިގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވީ ރޭ މެންދަމު 01:04 ގައެވެ.

ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 59 އަކަށް އަރާފައެވެ.

ރާއްޖެ އިން މިހާތަނަށް 18467 މީހަކު ކޮވިޑަށް ފައްސިވެފައި ވާއިރު މިހާރު ވެސް 2444 މީހުން ބަލި ޖެހިފައި އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު