އެމެރިކާ ސަރުކާރުން ދިވެހިރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެޝަބް ސަފީރުކަމުން ވަކިކޮށް އެމަގާމަށް އާބެފުޅަކު އައްޔަން ކުރައްވަން އެމެރިކާ ސަރުކާރުން ނިންމަވާފައި ވަނިކޮށް ރާއްޖެ ވަޑައިގެން އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ގުޅިފައިވާ އިދިކޮޅު ފަތާތްތަކުން ކެޝަބް އާއި ބައްދަލުކޮށް ރާއްޖޭގެ ސިޔާސީ ދާއިރާގެ މިހާރު ހާލަތު އޮޅުންފިޅުވައިދެއްވާފައިވާނެ ކަމަށެވެ. އެމްޑީޕީ އިން ބުނީ ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުން ރާއްޖެ އަށް ޕްރެޝަރު ކުރުމުގެ މުހިންމުކަން ވެސް ކެޝަބް އަށް ދަންނަވާފައި ވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކެޝަބް އާއި ބައްދަލުކުރީ އެމްޑީޕީ އޮފީހުގައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމާފައި ވަނީ ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުން ކެޝަބް ވަކިކޮށް އެމަގާމަށް އެލައިނާ ބީ.ޓެޕްލިޒް ކިޔާ ބޭކަނބަލަކު އައްޔަން ކުރާށެވެ. އެލައިނާގެ ނަން ޓްރަމްޕް މިހާރު ވަނީ ސެނެޓަށް ފޮނުވާފައެވެ. އިންޑިއާ ދަރިކޮޅުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކެޝަބް ސަފީރުކަމަށް އައްޔަން ކުރީ އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ.

އެމެރިކާ ސަރުކާރުން ރާއްޖެ އާއި ބެހޭގޮތުން ބަޔާންތައް ނެރެމުން ނުގެންދެވި ނަމަވެސް ކެޝަބް ފާހަގަ ކުރެވެނީ ޓްވިޓާގައި ވަރަށް ބޮޑަށް ދިވެހި ސަރުކާރަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ކޮންމެ އަނިޔާވެރިއެއްގެ ނިމުން ވަރަށް ހިތިވާނެ. ދުނިޔެއަކީ ފަނާވަނިވި ތަނެއްކަން ނުދަނެ، ޔަހޫދިންނާއި، ޒައިނިސްޓުންގެ މަދަދުވެރިކަން ހޯދާ ދުނިޔޭގެ ޒީނަތަށް ހެއްލިގެން ތިއުޅޭ އިދިކޮޅު ފަރާތްތަކުގެ ހާލަތާއި އެމީހުންގެ ހިތްތަކުގައި ފޮރުވާފައިވާ ނިފާޤުގެ ބަލިމަޑުކަން ﷲ ތައާލާ މޮޅަށް ދެނެވޮޑިގެންވާނެ. އަޅަމެންގެ ދުއާއަކީ، ﷲ ތައާލާ މިދިވެހިގައުމާއި މިގައުމުގެ މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކޮށްދެއްވާ މިގައުމު އެންމެހާ ލާދީނީ އަދި ފާސިޤުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމެވެ. އާމީން.

  2. ހަނާ

    މިމީހުންގެ ވެރިން ކައިރީ މިމީހުން މިއެދެނީ އެމީޙުންގެ އެދުންތައް. ފަހެ ﷲ ފިޔަވައި އެހެން ފަރާތެއް ބާރުވެރިންކަމުގައި ހަދާފިމީހާ މިބިމުގައި ނިކަމެތި ކުރައްވާހުއްޓެވެ.

  3. އައިމި

    ލަނޑައާވާނީ ލަނޑާ. ދީނެއް މިއްލަތެއް ގައުމެއް ނެތް ބަޔަކު، އާދޭސް ކުރަމުން ދުވާނީ، އެމީހުންގެ އެހީތެރިންގެ ކައިރިން. ޝައިޠާނާއީ އެމީހުންގެ ބައިވެރިން ކަމުގައި ދެކޭ މީޙުން ތިތިބީ.

  4. ކފފހފ

    ނިކަން ހުރެ ތިޔަބައިމީހުން ބަލިކުރައްވާނެ. ދިރިތިބިންނަށް އިބުރަތެއްގެ ގޮތުގައި ތިކަންތައް ދައްކަވާށިއެވެ. އާމީން.

  5. ޒައީމް

    ޔާ ﷲ، އިބައިލާހު ފިޔަވައި، ކާފިރުވެ މަގުފުރެދި، އަޅަމެންގެ މުސްލިމު އަޚުންނާއި އުޚުތުން މަރަމުންދާ ގައުމުގެ ވާގިވެރިންކައިރިން އެހީތެރިކަމަށް ތިއެދޭ ނިކަމެތިން ބަލިކުރައްވާ ނިކަމެތި ކުރައްވާނދޭވެ. އާމީން.

  6. މުޖުތަބާ

    ކީއްވެބާ ގެރިއެއްކައިރއަށް ގޮސް ވެރިކަމަށް އެދި އާދޭސް ނުކުރީ. އެއީވެސް، ބަޔަކު އަޅުކަން ކުރާއެއްޗެއް. ތިޔަ ކަޝަބްއަކީ ކަލޭމެންގެ ކަންކަން ހިންމަވާ ފަރާތްތަ؟

  7. ސައިނީ

    ރާއްޖޭގެ ސަރުކާރާ ވާނުވާ އަންގާނުލާ މިކަލޭގެއަށް އާދެވޭތަ ރާއްޖެއަށް އަދި އަދިކޮޅު މީހުން އަކީ އެމްޑީޕީތަ

  8. ހެޕީ

    ހައްހާ ސަފީރުކަމުގަ ހުރި މީހާ ދިޔަޔަސް އެމަޤާމާ ލެގަސީ ނުދާނެ މިއީ ދިވެހިރާއްޖެއެއް ނޫން.. މި ބައްދަލުވުމުގެ ޔައުމިއްޔާއާ ނިންމާ ނިންމުން ތަންފީޒުކުރާނެ ދެން އަންނަ ސަފީރަކުވެސް

  9. މަލީހު

    އެމެރިކާގެ ގިނަބޭފުޅުންނަކީ ހަމައެއްލަމައެއް ހުރިބޭފުޅުންނެތްނޫން މުސްލިމްއުމުތަކަށްއަރާ އެތަށްބައަކުމަރާ ގަދަކަމުން ފަލަސްތީނަށާ،މުސްލިމްގައުމުތަކުގެ ބިންތައްއަތުލާ އދގެ އެއްވެސްނިންމުމަކަށްބޯނުލަބާ ޖަރީމާތަށްހިންގާތާ އެތަށް އަހަރެއްވީއިރުވެސްއިޒްރޭލަށް އެމެރިކާއިންދޭ މަދަދާއެހީތަށްނުހުޓުމުގެ އިތުރަށް އިޒްރޭލް ދެމެހެއްޓުމަށް އެމެރިކާއިން މަސައްކަތްކޮށް، މުސްލިމްގައުމަކަށް އެމެރިކާއިންހެވެއްނޭދޭނެކަން ހާމަވާއިރުދުނިޔޭގެ އެއްވެސްަގައުމެއްގައި ހިގާކަމަކާގުޅޭގޮތުންއެޗެއްބުނުމުގެ ފުރުޞަތު އެމެރިކާއަށް ލިބިގެންވާކަމުގައިނުދެކޭއިރު
    ގައުމެއްގައިހިގާކަމަކާމެދު އެމެރިކާގެ ބޭފުޅަކު ވާހަކައެއްވިދާޅުވެއްޖެނަމަ ރުޅިއަންނަނީ

  10. ޖައްސާތި

    ތިޔާ ރޯދަ ވީއްލުން ތިޔާ ދެނީ އެމެރިކާގެ ސަފީރު ކަލޭގެ އޭ އެމެން ބުނެގެންނޭ މިރޯދަމަހު އިޒްރޭލުން ފަލަސްތީނު މީހުންނަށް ހަމަލާދީ މަރަމުން ދަނީ ހެޔޮ ނުވާނެއޭ ދިވެހިން އިސްލާމުންގެ ގޮތުގައި ތިބެގެން ތިޔާ ރޯދަ ވީއްލުމުގައި ބައިވެރިވާން ތިޔާ އިވެންޓް ގައި ބައިވެރިވާ ދިވެހިންނަކީ އެއި އިޒްރޭލު މީހުންނާއި އެކު ތިބި ބަޔެއް ކަމަށޭ މަމެން މިދެކެނީ ވީއާރ ޑައިންގް ޓު ނޯ ދެއަރ ނޭމްސް ސަލަފަށް ނުކެރޭ މިފަދަ ކަންކަމުގައި ހަރުއަޑުން ގޮވާލާ މިފަދަ ރޯދަ ވީއްލުން ބޮއި ކޮޓް ކުރަން.

  11. ދުމައިން

    މީ ޚަބަރެއް؟ މިއީ އިދިކޮޅު އެކްޓިވިސްޓަކު އިދިކޮޅު ވެރީންނަ ބައްދަލުކޮށްލުމެއްނު. އަހަރެމެންނަށް ތިޔަ ކެޗަޕްފުޅިއަކީ އެކްޓިވިސްޓެއް! ވަގެއް! މިނިކާވަގެއް!

  12. Anonymous

    އިދިކޮޅު ފަރާތްތަކާ ބައްދަލުކުރިއިރު ސަރުކާރަކާ ބައްދަލެއް ނުކުރޭ ވުމާއިއެކު ޑިމޮކުރެޓިކުވާންވީ ފުރަތަމަ ކަސަބު