މިއަދު ފާހަގަ ކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން އަޖުމަބެލުމުގެ ގޮތުން "ސާފު ރާއްޖެ" އިނިޝިއޭޓިވްގެ ދަށުން މާލެ މަގުމަތީގައި ޑަސްބިން ބެހެއްޓުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު ހެނދުނު ރާއްޖޭގެ ދާރުލް އާސާރު ކުރިމަތީގައި މި ޕްރޮޖެކްޓް ފެށުމަށް ބޭއްވި ރަސްމިޔާތު ޝަރަފްވެރި ކޮށްދެއްވީ އެންވާރްމަންޓް މިނިސްޓަރ ތޯރިގް އިބްރާހިމްއެވެ.

ރޯޑް ސައިޑް ޑަސްޕިން ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޗާންދަނީ މަގުގެ 3 ސަރަހައްދެއްގައި ވަނީ ޑަސްބިން ބަހައްޓާފައެވެ. އެގޮތުން އިސްކަންދަރު ސްކޫލު އަދި އަމީނިއްޔާ ސްކޫލު ކުރިމަތީގައި ވަނީ ޑަސްބިން ބަހައްޓާފައެވެ. މިއަދު ބެހެއްޓުނު ޑަސްބިން ތަކަކީ ކުދި ކުނި އެޅުމަށް ބެހެއްޓުނު ޑަސްބިން ތަކެކެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކްވަމުން މިނިސްޓަރ ތޯރިގް އިބްރާހިމް ވިދާޅުވީ މިއަދު މިބެހެއްޓުނީ މަދު ޑަސްބިން ކޮޅެއް ނަމަވެސް މާގިނަ ދުވަހެއް ނުވެ މުޅި މާލޭ ސަރަހައްދުގައި މި ޑަސްބިންތަށް ބަހައްޓާނެ ކަމަށެވެ.

"މުޅި މާލެ ސަރަހައްދުގައި 900 އަށް ވުރެން ގިނަ ޑަސްބިން ހަރުކުރެވޭނެ, މިއަދު އަޖުމަބެލުމުގެ ގޮތުން ބެހެއްޓުނު ޑަސްބިނަށް އެޅެނީ ކިހާވަރެއްގެ ކުންޏެއްތޯ އާއި ކިހާ ދުރުމިނެއްގަ ބަހައްޓައިގެންތޯ އަޅުގަނޑުމެންނަށް ރަނގަޅަށް މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނީ މި ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އެނގިގެންދާނެ" މިނިސްޓަރ ތޯރިގް ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވި ގޮތުގައި މި މަޝްރޫއަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ތައާރަފްކުރި މަޝްރޫއުއެކެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން އެންވާރްމެންޓް މިނިސްޓިރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ އާމިރު ވިދާޅުވީ މިއަދަކީ ސާފު ރާއްޖެ ޝިއާރުގެ ދަށުން މުހިންމު މަސައްކަތެއް ފަށައިގަންނަށް ދުވަހެއް ކަމެށެވެ .

"މަގުތަކަށް ކުނި އެޅުމާއި ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރު އެންމެ ބޮޑަށް އަންނަ އެއްވާހަކައަކީ ކުނިކޮޅު ވައްޓާލަން ބަލާލާއިރު ޑަސްޕިނެއް މަގުމަތީގައި ނުހުންނަ ވާހަކަ, އެހެންކަމުން ޑަސްބިން ބެހެއްޓުމާއި ގުޅޭގޮތުން އެކިގޮތް ގޮތަށް ވިސްނާ ކުދި ޑަސްބިން މަގުތަކުގައި ބެހެއްޓުމުގެ އަޖުމަ ބެލުމުގެ މަސައްކަތް މިއޮތީ ފެށިފައި" އާމިރު ވިދާޅުވިއެވެ.

"މުޅި މާލެއަށް މި ޕްރޮޖެއްޓް ފެށުމުގެ ކުރީގައި މި ކަމަކީ އަޖުމަ ބެލުމުގެ ގޮތުން ކުރަން ޖެހޭ ކަމެެއް, އެހެންކަމުން އަޖުމަ ބެލުމުގެ މަސައްކަތް މިއަދު މި ފެއްޓުނީ, މީގެ ހަތަރު ޔުނިޓް މިއަދު ބެހެއްޓުނަސް ކުރިއަށް އޮތް ދުވަސް ތަކުގައި 8 ޔުނިޓަަށް ބަދަލުވެގެން ދާނެ" އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ މި ޕައިލެއްޓު ޕްރޮޖެކްޓުގެ މުހިންމު ކަމަކީ މި ކަމާއި ގުޅޭ ގޮތުން އާންމުން ދެކެނީ ކިހިނެއްތޯ އާއި އާންމުން މި ބޭނުން ކުރަނީ ކޮންގޮތަކަށްތޯ ބަލައި އެއަށް ފަހު ދެން ހަދަން ޖެހޭ ޑިޒައިން ތަކަށް ބަދަލު ގެނައުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހާސިމް

  މިރަމަޟާން މަހު އޮފީސްތަކަށް ސަރުކާރު މުވައްޒަފުންނާއި ޕްރައިވެޓް އޮފީސްތަކުން ދާގަޑިއަށް އެންމެ ހަލަބޮލި ޗާނދަނިމަގު ބަންދަކުރުން އެވީ އާންމުންނަށް ބޮޑު އުނދަގުލަކަށް ، މިހާ ކުޑަ ރަސްމިއްޔާތަކަށް ވެސް މަގު ބަންދުނުކޮށް 10ގެ ފަހުން ގެންދިޔަ ނަމަ ޢާންމުންނަށް ވެސް ވަރަށް ފަސޭހަވީސް، ކަންކަން ނިންމާއިރު ވިސްނުންތެރިކަމާއި އެކު ނިންމެވުން އެދެން، އަހަރެން ދުށިން އާންމުން ރުޅިގަދަވެގެން މަގުމަތީގާއި ޓްރެފިކްގައި އުޅުނު މަންޒަރު ، އަސްލު މިއީ މުވައްސަސާތަކުން ވިސްނަންޖެހޭ ކަންކަން. 10:15 ގައި މިނިސްޓަރު އައިސް މަގު ހުޅުވާލީ، މިނިސްޓަރެއް ނޫންދޯ ވިސްނަން ޖެހޭނީ ކަންކަމާ

 2. ހާނިމް

  10 ޖަހާއިރު ޗާނދަނީ މަގު ބަންދު ކުރީ މާ ހިންހަމަ ނުޖެހުނު، އިގެންވާނެ އެންމެ ހަލަބޮލި މަގުކަން އެއީ

 3. ހަކީމް

  އޮފީސް ހުޅުވާ ގަޑީގައި މިފަދަކަންކަން ކުރަން މަގުބަންދު ކުރީމާ މިއަދު ކިރިޔާ ގަޑި ނުޖެހި އޮފީހަށް ދެވުނީ

 4. ނާނި

  މިއަދު ކިރިޔާ ގަޑި ނުޖެހުނީ މަގު ބަންދު ކުރީމާ އެރި ރުޅި ނުވެސް އެނގުނު

 5. ނައީމާ

  މިބޮޑު ހަލަބޮލި މާލޭގައި ކުއްލިއަކަށް މަގު ބަންދުކޮށް ހަފްލާތަށް ބޭއްވީމާ މަމެންނަށް ވަރަށް އުނދަގޫވޭ، ހާދަ ރުޅިއަޔޭ އޮފީސް ހުޅުވާ ގަޑި 50 ހަކަށް މުވައްޒަފުން ގެ ފަންޝަންއަކަށް ބަންދުކޮށްގެން ތިބީމާ، ކަންކަން ކުރާ އިރު ރަނގަޅު ވަގުތުތަކަށް ބަލަން ޖެހޭ، ހާލަތަށް ބަލަން ޖެހޭ، މިވެނި ކަމެއް ކުރީމޭ ބުނުމުގެ ބަދަލުގައި ދެމެހެއްޓެނިވި ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަކީ އަހަރުން އެދޭ އެދުން، މި މާލެއަކީ އެންމެންގެ ތަނެއް ވަކި ބައެއްގެ ތަނެއް ނޫން

 6. ާ

  Salaam

 7. ދިމާނުވޭ

  ކަނޑޫފާ ހުންނަ ކުޅި ތަކަކީ އެއީ ރީތި ތަނެކޭ މަމެން ނުބުނާނަމޭ އެއީ ޗަކަ ކުޅި އެކޭ. ކަނޑޫފާ އަކީ އެހެން ނަމަވެސް ރީތި އެއްޗެކެވެ. ކަނޑޫފާ ހެދެނީ މުޅިން ވެސް ޗަކަ ތަންތަނުގައި ކަމަށް ދިވެހިންނަށް އެެނގިފައި އޮތް ނަމަވެސް ތިއަރެޓިކަލީ އެގަސް ހެދެން ބޭނުންވާ މާއްދާ ތައް އެއްވެސް ދިވެއްސަކަށް އެގްރިކަލްޗަރ ސައެންސްގެ އަލީ ގައި ދިރާސާ ކުރެވިފައި ނެތެވެ. ކަނޑޫފާ ހެއްދިދާނެ ސާރކިއުލޭޓް ކުރާ ފެން ގަނޑެއް ހަދައިގެން ވެސް ކަނޑޫފާ ހެދެން ބޭނުންވާ ސޮއިލް ފާރޓިލައިޒް ކުރަނި ކޮށް. އެއީ ކޮންމެހެން ކުޅި ނޯންނަ ތަންތަނުގައި ވެސް ހެއްދި ދާނެ އެއްޗެކެވެ. ކަން މިހެން ހުރުމުން ހދ. ކޭލަކުނުގައި ކަނޑޫފާ ގަސް ތަކެއް ހުއްޓޭ ކިޔާ އެރަށުގެ ކުޅި އެއީ ހިމާޔަތް ކޮށްފައިވާ ތަނެކޭ ކިޔާ އެރަށުގައި ރިސޯރޓެއް ނަހަދާ އެއްގޮތަަކަށް ވެސް ބާއްވާނެ ކަމެއް ނެތޭ ހަމަ ރިސޯރޓް ހަދާނަގަންވީއޭ އެރަށުގައި. ރާއްޖޭގެ އެންވަޔަރުމެންޓަލިސްޓުން ނަކީ ޕްރޮޕެގެންޑާ ފަތުރަން ދަންނަ ބަޔެއް. ޕްރެކްޓިކަލް ނޫން ެއެމެންގެ ފައިންޑިންގްސް ދިމާނުވޭ.

 8. ބުރާންތި

  ތިމާވެއްޓަކީ ލޮލުގަ އަޅާ އަންދުނެއްތަ؟؟ ނޫނީ ރުންފަތުގަ ލާ ކުލައެއްތަ؟؟ ތިމާވެށި ހިމާޔަތް ކުރަން ކުޅުދުފުށީ ކުޅި ހިއްކާލީ؟؟؟ ތިމާވެށި ހިމާޔަތް ކުރަންތޯ މާލެ ސަރަހައްދުގަ ހުރިއްޔާ ހުރި ފަޅެއް ވިއްކާ ހިއްކީ؟؟ އަދިވެސް ތިމާވެއްޓޭ ހަންގަޑޭ ކިޔާތި،،،، ފައިސާއާ ޖެހުނީ މަ ތިމާވެށި އޮޅާލަނީ ތީގެން ކޮން މެ މީހަކު