ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި ހިޔާ މަޝްރޫއުގައި ހިމަނައިގެން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އަޅަމުން ގެންދިޔަ ފްލެޓްތައް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން "ދިރުވާލުމުން" ޒުވާނުން ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ވަރަށް ބޮޑަށް އިތުރުވެ ސަރުކާރަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

މިހާރު ސަރުކާރުން "ދިރުވާލައިގެން" އުޅޭ އެއްކޮޓަރީގެ ފްލެޓްތަކަކީ ޔާމީންގެ ސަރުކާރުގައި އަލަތު ކައިވެނި، ދަފުތަރު އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ކުރި ފްލެޓްތަކެވެ. ޔާމީންގެ ސަރުކާރުން ލިޔުން ދީފައިވާ 1585 މީހެއްގެ ފްލެޓް ސަރުކާރުގެ ނިންމުމުގެ ސަބަބުން މިހާރު ވަނީ ގެއްލިފައެވެ.

މީގެ ކުރިން ވެސް ސަރުކާރުން ވަނީ ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންގެ ކެޓަގަރީން އެތައް ބައެއްގެ ފްލެޓްތައް އަތުލާފައެވެ. އެހެންކަމުން ކުރިން ފްލެޓް ލިބި މިހާރު ފްލެޓް ނުލިބޭ މީހުންގެ އަދަދު 4000 އަށްވުރެ ގިނައެވެ.

ހައުސިން މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައިވަނީ ހިޔާ މަޝްރޫއު އިއުލާން ކުރިއިރު އެއް ކޮޓަރީގެ ފްލެޓްތައް ދޫކުރަން ހަމަޖައްސާފައިވަނީ ސަރުކާރު ކުންފުނިތަކުން ހުޅުމާލޭ ފޭސް 2 ގައި އަޅާ ޓަވަރުތަކުން ބައެއް ފްލެޓް ގަތުމަށް ފަހު ކަމަށެވެ.

ނަމަވެސް ސަރުކާރުން މިހާރު ނިންމާފައި ވަނީ އޭގެތެރެއިން ޔާމީންގެ ވެރިކަމުގައި ގަނެފައިވާ 36 ފްލެޓް ފިޔަވައި އެހެން ހުރިހާ ފްލެޓެއް ވިޔަފާރި އުސޫލުން ބޮޑުއަގުގައި ވިއްކާލާށެވެ. މިނިންމުމާއިއެކު އެމްޕީއެލް އިން މިހާރު ވެސް ވަނީ 204 ފްލެޓް ވިއްކާލާފައެވެ.

ޒުވާނުންގެ ފްލެޓްތައް ސަރުކާރުން ނުދޭނެކަން އިއުލާން ކުރުމާއެކު މީސް މީޑިއާގައި ސަރުކާރަށް ފާޑުކިޔާ ޒުވާނުން ދަނީ މިއީ "މިއީ ބިންވެރިންގެ ސަރުކާރެއްކަން" އިތުރަށް ސާބިތުވެއްޖެކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ޒުވާނުންގެ ކެކިއެރުންތަކާއިއެކު މިހާރު FlatVaguSolih# އާއި FlatKoba# ފަދަ ހޭޝްޓެގްތައް ވެސް ގިނަ ބަޔަކު އަންނަނީ ބޭނުން ކުރަމުންނެވެ.

ފްލެޓްތަކުގެ މައްސަލައިގައި އަޑުއުފުލަމުން ގެންދާ އާއްމުންގެ ޖަމިއްޔާ އިން ބުނީ އާންމުންގެ ސަރުކާރެއް ވާންޖެހޭނީ އާންމު މީހާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭ ސަރުކާރަކަށް ކަމަށާއި އާންމު މީހާއަށް ލިބެންއޮތް ބޯހިޔާވަހިކަން ހުއްޓުވައި، ނިގުޅައިގަންނަ ސަރުކާރަކީ ހަމަހިލާ އާންމުންގެ ސަރުކާރެއް ނޫންކަމަށެވެ. އެއީ ބިންވެރި، ކުލިވެރިންގެ ސަރުކާރެއް ކަމަށް ވެސް އެޖަމިއްޔާ އިން ބުންޏެވެ.

ފްލެޓްތައް ނުދޭން ނިންމި މައްސަލައިގައި ޒުވާނަކު ކުރި ޓްވީޓެއްގައި ބުނީ މިއީ ރައީސް ޞާލިހްގެ ޕެން ރިއަލް އެސްޓޭޓް އެޕާޓްމަންޓްތަކަށް ޒުވާނުން ގެންދަން ހިންގުނު ޖަރީމާއެއް ކަމަށެވެ. ޕެން ރިއަލް އެސްޓޭޓަކީ ރައީސް ޞާލިހްގެ ދެދަރިކަލުންގެ ހިއްސާ އޮންނަ ގެދޮރު ކުއްޔަށްދޭ ކުންފުންޏެކެވެ.

އިތުރު ޒުވާނަކު ބުނީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކަނި އުޅެން އަބަދުވެސް ވަރަށް އުއްމީދު ކުރަމުން އައި ކަމަށާއި އެ އުއްމީދުގެ އަލިކޮޅު އާވީ އަލަތު ކައިވެނި ފުލެޓު ލިބޭ ލިސްޓަށް އެރީމަ ކަމަށެވެ. ނަމަވެސް އެންމެ ދުވަހަކުން އެ އުންމީދުތަށް ކޮޅުފައިން ޖެހުމަކީ ކުޑަ ކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ. މީހުންގެ އިހުސާސްތަކާއި މިހެން ކުޅޭއިރު އެކަށީގެންވާ ސަބަބެއް ދެއްކެންވާނެ ކަމަށް އޭނާ ބުންޏެވެ.

ފްލެޓްތައް ދިރުވާލި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވީނަމަވެސް ސަރުކާރުން އަދި މިމައްސަލައިގައި އިތުރ ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. Anonymous

    ހިންނަވަރު ކިބޫ ޖާހިލު އެކިޔާ ބުއްޅަ ހުއްތުގެ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކޮށް ވައްޓާލަނަން

    35
    2
    • ބޭބެ

      އަޑު އުފުލާ ހުރިހާ ގޮތަކުން! މަގުތައް މައްޗަށްވެސް ނިކުންނަވާ!! ބިރު ދެއްކިޔަސް ޙައްގުބަސް ބުނަން ރައްޔިތުން ނިކުންނާނެ!! އެންމެން ޖަލަށް ލިޔަސް ހެޔޮ!މިއަނިޔާވެރި ސަރުކާރުން ދަނީ ރައްޔިތުންގެ މުދާތަށް ނުހަައްގުން ފޭރެމުން!! އެގޮތުން އެއް ކޮޓަރީގެ ފުލެޓްތައް އެވަނީ ޙައްގުވެރީންގެ އަތުން ފޭރިގަންފަ!! އަދި އޭގެއިތުރުން 7000 ފުލެޓްގެ ޙައްގުވެރީންގެ ތެރެއިން ގިނަ ބަޔަކު މަގުމަތި ކޮށްފި!! މިކަންކަމާ ގުޅޭގޮތުން ރައްޔިތުން އަޑުއުފުލަން މަގުމައްޗަށް ނިކުމެ ސުލްޙަވެރި އެއްވުންތައް ބޭއްވުމަށް ހުރަސް އަޅާ މިއަނިޔާވެރި ލާއިންސާނީ ސަރުކާރުން ރެޔާދުވާލު ފުލުހުން ފޮނުވައިގެން ރައްޔިތުންނަށް އަނިޔާކޮށް އެދަނީ ބިރު ދައްކަމުން!! ރައްޔިތުންގެ ޙައްގުތައް ހޯދަން ރައްޔިތުން އަޑުއުފުލާނެ ކިތަންމެ ބިރެއް ދެއްކިޔަސް!! މަގުތައް މައްޗަށް ވީހާވެސް ގިނަ ރައްޔިތިން ނިކުމެ އަޑުއުފުލަންޖެހޭ!! ހައްޔަރުކޮށް އަނިޔާކޮށް ޖަލަށްލާ މި އަނިޔާވެރި ސަރުކާރުގެ ޕަޕެޓް ކޯޓުތައް މެދުވެރިކޮށް ފުލުފުލުން ޙުކުމް ކުރިޔަސް ދެން ރައްޔިތުން ފަހަތަކަށް ނުޖެހޭނެކަން މިއަނިޔާވެރި ސަރުކާރަށް އެގެންޖެހޭނެ!! ޖަލުގައި މިސަރުކާރަށް އެންމެ ގިނަވެގެން ބޭއްވޭނީ 2023 ނޮވެމްބަރު މަހާ ހަމަޔަށް!! ދެން އަންނަ ސަރުކާރަކުން މިއަނިޔާވެެރި ސަރުކާރުން ނުޙައްގުން ޖަލަށްލާފައިވާ އެންމެން މިނިވަންކުރާނެ!! ރައްޔިތުން ޖެހެނީ ކުޑަ ހިތްވަރެއް ކޮށްލަން!! އަޑު އުފުލަން ނިކުންނަވާ އެޗްޕީއޭގެ ގައިޑްލާ އެެއްގޮތަށް!! މިއަނިޔާވެރި ސަރުކާރަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ހިސާބަށް ކަންތައްތައް ހިނގައްޖެ!!

      17
  2. ގަކޮކޮލު

    ހުކުރު ދުވަހު މުޒާހިރާގަ ދެކުނިން ސީދާ މަސްތުވާ ތަކެތީގެ އަޅުން ސޯސަންމަގު ކޮޅުގަ އުޅޭ ސޮރުތައް ސީދާ ދުވަހު މުސާރަޔަށް .އިދި ކޮޅުގެ މަގުސަދަކީ 5 އަހަރު މުޒާހިރާކޮއް ރައްޔަތުންނަށާ ގައުމަށް ދުއްތުރާ ކުރުމެއްނޫން
    މިކަން ހުއްޓާލާ ދިވެހިން އެބަޖެހޭ ތަހުޒީބުވެ މުސްލިމުންގެ އަހުލާގް ދައްކަން މެދުމިނަކަސް ހަރުމިނަކަސް.

    6
    56
    • ގަކޮކޮލު

      ކޮންމެވެސް މީހަކު ބުނި ކަމަށް ވަނީ ބޮވެން ޖެހޭނެ އަބަދަކު ހަމައިގައިވެސް ހުންނާކަށް ނުޖެހޭނެއޭ

      17
    • ޙަބޭ

      ކަލޭއަށް އެނގޭނީ، ކަލެއަށް ސަރުކާރު ރަނގަޅަސް ރައްޔިތުން ހަނާކޮށްލައިފި މި ސަރުކާރުން. ތިހެން މަސްތުވާތަކެއްޗޭ ފޮށައޭ ކިޔަަސް " ދެން އެބަ ނިކުންނަ މީހުންގިނަވޭ." ބޯންވާނެ ބޮވެންވެސް އެބަޖެހޭ.

      11
    • ޖ

      ނުދެކެން ތިބަޔަކު... ދޮގު ނަހަދާ.. ފްލެޓް އަތުލީމަ ހައްގު ހޯދަން އެޅުނީ... މުޒަހަރާ ކުރުމަކީ މިވަގުތު ރަގަޅު ކަމެއް ނޫނަސް ކުރަން ޖެހިގެން ހެން ހީވަނީ އެކުރަނީ

      14
      2
  3. ކިބޫ

    ހުކުރަވެސް އެގޭނެ ތީހަމަތިބައިގަޑު ޖަހާ ސަކަރާތްކަން

    5
    3
  4. އަހްމަދު

    ސޯސަންމަގުކޮޅުގައުޅެނީކީ މަސްތުވާސޮރުންނެއްނޫން މޮޔަނުގޮވާ ސައްވީސްގަޑިއިރުރައްޔިތުންހަމައިގަތިއްބަނުދޭންކުރާމަސައްކަތްހުއްޓާލާ ރައްޔިތުންމަގުމައްޗަށް ނުކުންނަނީ އެމީހުންގެހައްގުތަކަށް ބަޔަކުއަރައިގަތީމައެހައްގުހޯދަން

    10
  5. 40 ވަގުން

    ދެންބާރަށް އަށްޖާ ކޮޑޮހުޅުން ނެތްޓެން ދެން.

  6. ހުސުން

    ބޭސްގުޅައެއްދިރުވާލި ހެން ފުލެޓް ދިރުވާލި !!!!!! ކޮބާ އަސްލަމް

  7. ދިރުވާލިކޮޓަރު

    ޕްލެޓް ނިކިޔަސް ވަޒީފާއަކީވެސް ހާދަ ބޮޑު ހައްގެކޭ. ނަހައްގުންވަޒީފާ ތަކުން ވަކިކުރުން # މިއީވެސް ކިހާބޮޑު އަނިޔާއެއްތޯ؟ ސޯލިހް ގެ މި ސަރުކާރު ސައިޒްކުރާނީ ހިތް ދަތި ގޮތަކަށް ވޯޓުން. 2023 އަތަށް ގޮވާނީ އެމްޑީޕީ

  8. ގައުމީޒުވާނާ

    ޒުވާނަކު ބުނީ އަމިއްލަ ފައިމައްޗަށް ތެދުވެ އެކަނި އުޅެން އަބަދުވެސް ވަރަށް އުއްމީދު ކުރަމުން އައި ކަމަށާއި އެ އުއްމީދުގެ އަލިކޮޅު އާވީ އަލަތު ކައިވެނި ފުލެޓު ލިބޭ ލިސްޓަށް އެރީމަ ކަމަށެވެ. މާލޭގެ ޒުވާނާ މިއުޅެންޖެހެނީ އަމިއްލަރަށުގާ ފުލެޓް ގެސްޓް ހައުސް އެއްގަ ރަށްރަށު ޒުވާނާ 2000 އަކަފޫޓް ބިމެއްގައި ގެދޮރު އަޅައިގެން ހިލޭ އުޅެވޭ މީކޮންކަހަލަ ނާއިންސާފެއްތޯ ވޯޓްލާންވީމަ މާލޭގެ ޒުވާނާޔައްވެސް ލެވެނީ އެއްވޯޓް ރައްރަށުގެ ޒުވާނާޔައްވެސް ލެވެނީ އެއްވޯޓް އެހެންވީމަ ސަރުކާރު ތަކުންގެންގުޅޭ ނަސްލީ ތަފާތް ކުރުމެއް ނޫންތޯ ގާނޫނުގަ ކަޅާހުދުން ލިޔެފަ އޮއޮތީ ރަށަކައް ނަސްލަކައް ނުބަލާ ގާނޫނުގަ ހަމަހަމަވާހަކަ މީތޯ އެވިދާޅުވާ ހަމަހަމ ކަމަކީ