ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ "ބޭއިންސާފު" ކަމާއި "އަނިޔާވެރިކަން" އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި މިފަދަ ދަނޑިވަޅުވައި ދިވެހިންނަށް ދުނިޔޭގެ ބޮޑެތި ޑިމޮކްރެޓިކް ގައުމުތަކުގެ އެހީ ބޭނުންވާ ކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދަ ޓުވީޓެއް ކުރެއްވީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު އާއި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަނުރާގް ސްރިވާސްތަވާގެ އިތުރުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް ޓެގް ކުރައްވައެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ޖައިޝަންކަރު މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވައެވެ.

ޖަމީލްގެ އެ ޓްވީޓްގައި ފާހަގަކުރައްވާފައި ވަނީ އިއްޔެ މާލެ މަގުމަތީގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމުގައި އުޅުނު "ޗެނަލް 13" ގެ ބައެއް ނޫސްވެރިންނަށް ލިބުނު އަނިޔާތަކާއި މުޒާހަރާގެ ބައެއް ބައިވެރިންނަށް ލިބުނު އަނިޔާތެކެވެ.

އޭގެ އިތުރުން ވާދަވެރި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް އަމާޒުކޮށްގެން ކުރަމުންދާ "ސިޔާސީ" ދައުވާތަކާއި ޖިންސީ ފުރައްސާރަ ފަދަ ސީރިއަސް ތުހުމަތުތައް ކުރެވިފައިވާ މި ސަރުކާރުގެ ސިޔާސީ ނުފޫޒުގަދަ ބޭފުޅުންގެ އަރިސް މީހުންނަށް "ހިމާޔަތް ދިނުން" ފަދަ ކަންކަން ވެސް އެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޖަމީލް އެ އިޝާރާތް ކުރައްވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރަައީސް އަބްދުﷲ ޔާމީންއާއި ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭހެން ކޯލިޝަންގެ އިސް ބޭފުޅުންގެ މައްޗަށް ދައުވާތައް އުފުލައި ޝަރީއަތްތައް ކުރިއަށްދާ އިރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ކުށުގެ ދައުވާތަކެއް އުފުލާފައިވަނިކޮށް އޭނާ "ފުރުވާލި" މައްސަލައަށެވެ.

ހިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމާއި މުޒާހަރާ ކުރުމާއި އިންސާފު ގާއިމް ކުރުމާއި އެންމެންގެ މައްޗަށް ގާނޫނު ހިނގުމާއި ސިޔާސީ ބޭނުމަށް މީހުން ހައްޔަރު ނުކުރުމަކީ މިހާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އަބަދުވެސް ވާކާލާތު ކުރައްވާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަދުރޭ

    ޖަމީލަކީ އެއްވެސް ދިއުޅިއެއް ނެތް މީހެއް..

    8
    6
  2. ނުވާނެ

    ޖަމީލް ދަރިޔާ ތިކަމެއްނުވާނެ..އިންޑިއާޔޯ؟ޙުދު އިންޑިއާ އަކީ އަންނިގެ ޕާޓްނަރު..ދިވެހި ސިފައިން ޕީޕީއެމް ރައްޔިތުންގެ ގަޔަށް ބަޑި ޖަހާ މެރިޔަސް
    އިންޑިއާ އެއްޗެކޭނުބުނާނެ..އެތެރެއިން އުފާވެފައި ތިބޭނީ...ރާއްޖެ އެހީހޯދަންޖެހޭނީ ތުރުކީ އާއި ޕާކިސްތާނުގެ ކައިރިން...

    8
    1
  3. ޙަވަސަ

    India bjp sarukarruge ަaniyaverikަ
    maabodu mulhi dhuniyeah balaeh bjp ަakeެ n

  4. ބޮނޑި ބަތް

    އިންތިހާބް ވިޔަސް ހަވާލެއް ނުކުރާނަން

    3
    1
  5. ޙުސެން މޫސާ

    ޖަމީލަށް ކިހިނެއް ދިވެހިން ތިބިގޮތް އިގެނީ. ގައިމު މާލޭގެ ނޫނީ ފޯއްމުލަކުން 40 މީހުންވެސް ޖަމީލަށް ކަމެއް ރިޕޯޓުކުރާކަށް ނާންނާނެ. މިވަރު މީހަކު ކިހިނެއް ރައްޔިތުންގެ ނަމުގަ ވާހަކަ ދައްކާނީ.

    4
    1