އިންޑިާގެ ޚާރިިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރު ރަސްމީ ދަތުރުފުޅެއްްގައި ރާއްޖެ ވަޑައިގެެންފިއެެވެ.

ޖައިޝަންކަރަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން މަރުހަބާ ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލާއި ފޮރިން ސެކްރެޓަރީ އަބްދުﷲ ޣަފޫރުގެ އިތުރުން ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ހުސެއިން ނިޔާޒެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ ޖައިޝަންކަރު ރާއްޖެ ވަޑައިގަންނަވަނީ ދެ ގައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށާއި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެއް އިފްތިތާހު ކުރުމަށް ކަމަށެވެ. އެއީ ކޮން އެއްބަސްވުންތަކެއް ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޚާރިޖީ ވަޒީރުގެ މި ދަތުރުުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުއާ، މަގުތައް ހެދުމާއި، ފިޝަރީޒް، ދެމެހެއްޓެނިވި ގޮތުގައި ރަށް ފުށުގެ ތަރައްގީ ކުރިއެރުވުމާއި މީޑިއާ ކޯޕަރޭޝަން، މީހުން ބިނާ ކުރުން އަދި ކުޅިވަރު ތަރައްގީ ކުރުން ފަދަ ދާއިރާތަކުން މަޝްރޫއުތައް ފައިނޭންސް ކުރުމާ ގުޅޭ ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ ކަމަށެވެ.

އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދެވޭ ބައެއް ކޮމިއުނިޓީ-ލެވެލް މަޝްރޫއުތައް ހާރިޖީ ވަޒީރު ރަސްމީކޮށް އިފްތިތާހުކޮށް ދެއްވާނެ ކަމަށް ވެސް އިންޑިއާގެ ހައި ކޮމިޝަނުން ހާމަކުރެއެވެ.

ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ބައްދަލު ކުރައްވާނެއެވެ. އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ އެކު ޖޮއިންޓް ބައްދަލުވުމެއް ބާއްވާނެއެވެ. މި ދަތުރުގައި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހަރަކާތްތެރިވާ ލީޑަރުންނާ ވެސް ހާރިޖީ ވަޒީރު ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަޒީރާވަންތަ ރޯޔަލް ކެހެރި ނުފަޅާ ޖަނަވާރު

    މިއޮތީ އަނެއްކާ ބަލާވެރިކަން ޖެހިފަ. މަގުތައް ބަންދުކޮށްގެން ރައްޔިތުންނަށް މުސީބާތް ޖައްސަން

    11
    3
  2. ރަން ރީނދޫ

    ދެމިލިއަން ޑޯޒް ވެކްސިން ދިނަސް،އަންޑިއާ އައުޓް.

    12
    1
  3. Anonymous

    ހިތައް ވެރިވަރީ ބިރުވެރިކަން، ދަރިންގެ ދަރިންނަށް މި ގައުމުގެ މިނިވަންކަން ނުފޯރާފާނެތީ ހިތައް ހަމަޖެހުމެއް ނުލިބެ. ޢިހްސާސް ވަނީ މިތިބެވެނީ ކޮންމެ ވަގުތެއްގަވެސް ހަމަލާއެއް އަމާޒު ވެދާނެ ހަނގުރާމަވެރި ކަންޒެއް (ޓްރެއްޗެއް) ގަހެން. މިގައުމު ހަލާކު ކުރާ މި ބައިގަނޑުގެ ކިބައިން ސަލާމަތްކުރަންވާންދޭ. ޢިންޑިއާ އައުޓް

  4. ލަނގަޅޭ

    ސާހިދުބުނީ ހަމާރާ ގާއޮންތުމްހާރާގާއޯންމޭ ހަމްތުމްހާރޭހޭ ތުމްހަމާރޭހޭ އަގަރުތުމް ޗާހޯތޯ ހަމަމާރޭގާއޯންކާ ސަބުކުޗްލޭސައްތީހޯ ސިވާއޭމޭރޭ

  5. ޢަހު

    މީނަޢައީ ކާޕެޓް ޝާހިދު ގަޔަށް ވެކްސިން ދޭންދޯ 2ދެވަނަ ޑޯޒް ހިފައިގެން

  6. Anonymous

    ތީ ހިންދޫއިން. އެދުމެއް ނެތި ވެދުމެއް ނުކުރާނެ ތި ގެ ރީން