ފުލުހަކަށް މަރުގެ އިންޒާރު ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ހުޅުމާލެ ދާއިރާގެ ސްޓިއަރިންގް ކޮމިޓީގެ މެންބަރު އަހްމަދު ސަމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުު ކޮށްފިއެވެ.

ސަމަދުގެ ގާނޫނީ ވަކީލް އާދަމް އާސިފް "ޗެނަލް-13" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެގެ މުޒާހަރާގެ ތެރެއިން އިރުއޮއްސުނު ވަގުތު ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންނަށް ހެކިބަސްދޭ މީހުންނަށް އިންޒާރުދީ ބިރުދެއްކި މައްސަލައެއްގައި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މުޒާހަރާގެ ބައިވެރިންނާއި ނޫސްވެރިންނާ މުހާތަބުކޮށް ސަމަދު ބުނެފައިވަނީ "ހަނދާން ކުރާތި އެމީހުން. އެމީހުންނާއި އަރައި ހަމަކުރާނެ ހައްގު. އަރާ ހަމަކުރާއިރު އެމީހުން ޖަލުގެ ތެރޭރިތަކަށް ދާނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން. އަޅުގަނޑުމެންގެ ވެރިކަމެއް ދެން 2023 ވަނަ އަހަރުގައި އަންނާނީ. އެ ވެރިކަމަށް އައުމަށް ފަހުގައި ވަކިވަކިން ކޮށާލާނަން އެންމެން،" މި ގޮތަށެވެ.

ނަމަވެސް ސަމަދު ފުލުހުންނަށް ދިނީ ގާނޫނީ އިންޒާރެެއް ކަމަށް ބުނެ އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވިއެވެ. އެ ގޮތުން އޭނާ "ކޮށާލުން" މާނަކުރި ގޮތް އެ އިންޓަވިއުގައި ބުނެދީފައިވާ ކަން ވެސް އޭނާގެ ގާނޫނީ ވަކީލުން ފާހަގަކުރެއްވިއެވެ.

ސަމަދުގެ ވާހަކަ ދައްކާ އަޑާއި މަންޒަރު ހިމެނޭ ވީޑިއޯ ފުޓޭޖެއް ވެސް މީސް މީޑިއާގައި އެމްޑީޕީގެ ސަޕޯޓަރުން ދައުރުކޮށް އޭނާއަށް ފިޔަވަޅު އަޅަން ގޮވާލަމުން ދިޔައެވެ. ފުލުހުންނަށް ސިޔާސީ ބައެއް އެކްޓިވިސްޓުން މި ގޮތަށް ދެވޭ އިންޒާރުތަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ބުނެ އެމްޑީޕީގެ ސަޕޯޓަރުންނާއި ބައެއް އާންމު މީހުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ސަމަދުބެ ބަންދު ކޮށް ދައުވާ ކުރަން ޖެހޭނީ މަޖިލީސް ރައީސް ގަލަށް ލަފަ. މަރިޔާ ޖަލަށް ލާފަ. ރައީސް ޔާމީން ކަރު ބުރިކުރަން ބުނި މީހުން ޖަލަށްލާފަ، މިހާރުވެސް ސަރުކާރުން ތިވަނީ ސަމަދުބޭގެ އަބުރައް ނުހައްޤުން އަރައިގެންފަ.

    9
    1