ރާއްޖެއާއި އިންޑިއާ ދެމެދުގައި އޮންނަ ގުޅުމަކީ ދޫންޏެއްގެ ދެ ފިޔަ ކަހަލަ ގުޅުމެއް ކަމަށާއި ދެ ގައުމުވެސް އެކުގައި މަސައްކަތް ކުރަނީ އެކައްޗެއްގެ ގޮތުގައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވަނީ ފޮރިން މިނިސްޓްރީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ހިންދީ ބަހުން ވާހަކަދައްވަމުންނެވެ. މި ރަސްމިއްޔާތުގައި މިވަގުތު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން ހުންނެވި އިންޑިއާގެ ޚާރިިޖީ ވަޒީރު ޑރ. ސުބްރަމަންޔަން ޖައިޝަންކަރުވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަދާ ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ޖައްވުގައި އުދުހެމުން އަންނަ ދޫންޏެއް ހަމަ ޖެހިލައިގެން ދެކޮޅަށް އެއްވަރަކަށް އުދެހެނީ އެންމެ ފިޔަގަނޑަކުން ނޫން ކަމަށާއި އެކަން ކުރެވެނީ ދެ ފިޔައިން ކަމަށެވެ. އެގޮތުން މި ދެގައުމަކީވެސް އެފަދަ ދެ ފިޔަގަނޑު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ ހަމަހަމަކޮށް، އަޅުގަނޑުމެން މަސައްކަތް ކުރަނީ އެކުގައި، އެއް އަޒުމެއްގައި، އެއް ރޫހެއްގައި މަންޒިލާއި ހަމައަށް ދަތުރު ކުރުމަށް. ދެގައުމު އެކީ އާ އުސްމިންތަކަކާއި ހަމައަށް ވާސިލްވެވޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

އިންޑިއާގެ ޚާރިިޖީ ވަޒީރު ދެ ދުވަހުގެ މުއްދަތަކަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ތަރައްގީގެ ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. ހުސޭނުބޭ

  މަ ހީކުރީ ކާޕެޓް ވަގު އުދުހޭނީ ކާޕެޓްގައި ކަމަށް!

  32
 2. ނަގުލު ފިއްތި

  ކަލޭ މިހާރު ކަލެޔައް އުދުހުނުވަރަކަށް އުދުހެމުން ދޭ. ކަލެޔާ ވަގުތު އައަިސް ބައްދަލުކުރާނެ. އެވަގުތު ކަލެޔަށް ބައްދަލުކުރާނީ މާފުށީީ ޖައު

  29
 3. އާދަމުގެދަރި

  ދިވެހިން އިންޑިޔާގެ ފިޔައެއްޖަހައިގެން އުދުހޭކަށް ބޭނުމެއް ނުވާނެ. ދިވެހިން ބޭނުންވާނީ ދިވެހިންގެ ދިވެހިވަންތަ ދެފިޔަޖަހައިގެން އުދުހެން. އެހިތްވަރާއި އެފެންވަރު ދިވެހިންގެ ކިބައިގައި ހުންނާނެ.

  38
 4. ކަބީ ކަބީ

  ހަމް އާޕްކޭ ހެ ކޯން؟

  13
  1
 5. ބޯހަލާކު

  އެއްފިޔަ ކެނޑޭނެ އިންޝާﷲ ވަރައް އަވަހައް އޭރުން ދޫނިވެއްޓޭނީ..؟ވަރައް ވާހަކަ

  33
 6. ޖަނާޒާ

  ހިބަރުވަދު، ދޫންޏަކަށް ބަދަލުވީތޯ! ދެފިޔަނޑޭ ، ނުވާނެ ތިކަމެއް. ތިޔަ ޖެހެނީ ދަންތޫރައެއްގައި. އަދި ފަހުންމިކަންފެންނާނީ، ނުފެނުން ދުޢާއަކީ. މީ މަގޭވެސް ޤައުމު ވީމާ. ސާހިދުގެ އެކަނި ޤައުމެއްނޫންމީ.

  32
 7. މުފައްކިރު.

  ކިހާވަރެއްބާ ލިބުނީ؟

  31
 8. Anonymous

  ﷲގެ ރަޙްމަތްފުޅާއިއެކު ދިވެހިންނަށް ލިބުނު ފިޔައަކީ ދުނިޔެއާއި އާޚިރަތްވެސް ހޯދޭކަހަލަ މާތްވެގެންވާ އިސްލާމްދީން މަތީގައި އުޅެވުމުގެ ނިޢުމަތް . ތިބޭފުޅާ އާއި ތިބޭފުޅާ ގުޅިފައިވާ މީހުން އާޚިރަތް ހޯދަން ނޫޅޭ ބަޔަކުގެ ފިޔައިގައި އެލިގެން އުދުހިގެން އަވަސް ގޮތަކުން ބޭނުން ދީނަކަށް ބޭނުން މަޖާކުރާ ތަންތަން ހުރިތަނަށް ރައްކާވެގެން ދިޔައްޔާ ހާސް ބައިވެސް ރަނގަޅު

 9. ޢަހު

  މީނަ ބނާނެ އަހަރެން ދެމީހުންގެ އޮންނަނީ އެކައްޗޭވެސް

 10. ޙަބޭ

  ހިތައް ވެރިވަރީ ބިރުވެރިކަން، ދަރިންގެ ދަރިންނަށް މި ގައުމުގެ މިނިވަންކަން ނުފޯރާފާނެތީ ހިތައް ހަމަޖެހުމެއް ނުލިބެ. ޢިހްސާސް ވަނީ މިތިބެވެނީ ކޮންމެ ވަގުތެއްގަވެސް ހަމަލާއެއް އަމާޒު ވެދާނެ ހަނގުރާމަވެރި ކަންޒެއް (ޓްރެއްޗެއް) ގަހެން. މިގައުމު ހަލާކު ކުރާ މި ބައިގަނޑުގެ ކިބައިން ސަލާމަތްކުރަންވާންދޭ. ޢިންޑިއާ އައުޓް

 11. ފަޓާސް

  އިންޑިޔާ އަށް މިޤައުމަކީ ފިޔައެއް ނޫން. ބަންޑުދަށުލައި ހިއްތާލާފައިވާ މުސަޅެއް. މިކަމުގެ ހިތިރަހާ ފޯރާނީ އަންނަން އޮތް ޖީލުތަކަށް. ތިޔަކުރެވޭ ކަމަކީ ވަގުތީ އުފަލަކަށް ފައިސާގެ އެދުމުގައި ކުރާކަންކަން. ޢަދި ތިޔައީ ފައިސާގެ އަޅުވެތި ކަމަށް ޤައުމު ދުއްވާލުން. ކޮންމެ އެގްރިމެންޓަކީ ފަނުފުލުން ގޮސް ހުސްވާނެ އެގްރިމެންޓްތަކެއް. ދަރަނި މަތިން ދަރަނި ވެރިކުރުވާ އެއްބަސްވުންތަކެއް. ވެރިކަމަކީ ތިމާމެންގެ އަތްމަތީ އަބަދު އޮންނާނެ ކަމއްްކަމަށް ހީކުރާއްވާ. މާދަމާ ރޮމުން ދުވާނީ ތިމާމެންގެވެސް ދަރިން. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް

 12. ތިޔަ ސުބްރަމަންޔަން އަކީ މުސްލިމުންގެ ޢަދުއްވުތޯ

  މިއީތަ މުސްލިމުންނަށް އަނިޔާވެރިވާން ބުނި ސުބްރަމަންޔަން އަކީ؟ އެހެންވެއްޖިއްޔާ ތިފިޔަގަނޑަކީ ވ. ބަލި ފިޔަގަނޑެއް. ވަޒީރު ކައިރިން އަހާލަން ބޭނުންވަނީ އެފަދަ މީހުންނާއި ގުޅުން ބޭއްވުމަކީ ކޮންކަހަލަ ކަމެއްތޯ

 13. ސޯހިބް

  އަދިކިރިޔާ މިއިނގެނީ އެއްގަލުން ފެހިކާ ދެދޫނިކަން މީ ސަހަރޯ މިޔޮއްގައުމެއް އަމިއްލަ ފައި މައްޗައް ތެދުވެވެން އޮއްވާ ބަޔެއްގެ ތައްޕާހައް މިވެއްޓިގަންނަނީ އޭހައްދަވާ ގެންގުޅުއްވާ މާތްﷲ މިއެަނިޔާވެރިންގެ ކިބައިން މިގައުމުސަލާމަތް ކޮއދެއްވާފާންދޭވެ އާމީން

 14. ާައަހުމަދު

  ދެ ފިޔަ ކަމެއް އެންގޭ.ކޯތަޓަކުން ކުރި ހުކުމެއް ތަންފީޒް ކުރަން ޖެހުނީމަ ދެ ގައުމުގެ ގުޅުން ނެތުމުން ތަންފީޒު ނުކުރެވުނު.

 15. Habeeb

  India military out right now we don't need India army

 16. ގެރީގެދެދަޅު

  މަހީކުރީ ގެރީގެ ދެދަޅު ކަމައް މުސްލިމުންނައް ހަމަލާދޭދަޅަކާ ރާއްޖެ ލާފަ މަތިޖަހާ ދަޅެއްކަމައް މަހިތީ ބުނަންތަ ވާހަކައެއް ހިބަރުވަދާ ސާހިދޫ ތިޔައިންޑިޔާ ނުދޭނެ މިރާއްޖެ ހަމަނޭވާލައިގެން ކުރިއަރާދިޔަކަ މައުމޫނައްވެސް ޖެހުނީ ތިޔަބަލާވެރިކަން ނަމަވެސް ޔާމީނު ގަބޫލު ކުރި ސިންގަޕޫރަކީ މިރާއްޖެޔާއެކު މިނިވަންވި ގައުމެއްކަން އެހެންވެ ހަށިފޮޅާނިކުމެ ތަރައްގީ ހާސިލު ކުރެވެންފެށީ