ރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އުނދަގޫތަކާއި މައްސަލަތައް އިންޑިއާގެ އެހީތެރިކަމާއި އެކީ ހައްލު ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސްޒ މުހައްމަދު ނަޝީދު ދެއްވައިފިއެވެ.

ނަޝީދު މިހެން ވިދާޅުވީ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަަސްވުންތަކެއްގައި ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ 70 އިންސައްތައަކީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން ގިނަ ޒުވާނުންނަށް މުސްތަގުބަލު ކުރިއެރުވުމަށް އުނދަގޫތަކެއް ކުރިމަތީ ވާ ކަމަށެވެ. ނަޝީދު ވަނީ ޒުވާނުންގެ ތެރޭގައި ހުނަރު ހުރި އާޓިސްޓުން، ވާހަކަ ލިޔުންތެރިން، މިއުޒިކް ކުޅޭ މީހުން، އެތްލީޓުންގެ އިތުރުން އެކި ކަހަލަ ކުޅިވަރުތައް ކުޅޭ ޒުވާނުން އުޅޭ ކަން ފާހަގަ ކޮށްފައެވެ.

ނަޝީދު ވިދާޅުވީ، ގިނަ ޒުވާނުންނަށް އެފަދަ ކަންކަން ނުވަނީ އެކި ކަހަލަ މައްސަލަތައް ކުރިމަތިވުމުން ކަމަށެވެ. އެގޮތުން ޒުވާނުންނަށް މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވާކަންވެސް ނަޝީދު ވަނީ ފާހަގަ ކޮށްފައެވެ. އަދި އެފަދަ މައްސަލަތައް ކުރިމަތިވުމުން ގިނަ އާއިލާތަކުން ހިތާމަ ކުރާކަންވެސް ނަޝީދުގެ ވާހަކަފުޅުން ވަނީ ފާހަގަ ކޮށްފައެވެ.

"އެހެން އެގޮތަށް ވުމުން އެޒުވާނުންނަށް ނަފްރަތު އުފައްދައި، މުޖުތަމައުން ބައެއް ފަހަރު ބޭރު ކޮށްލާ، އޭގެ ފަހުން ބޭރުގެ ހަނގުރާމަތަކަށް އެޒުވާނުން ގެންދަނީ. އަޅުގަނޑުމެންނަށް އެކުދިންނަށް އުއްމީދު ދޫކޮށް ނުލެވޭނެ އަދި ނުއެސް ކުރާނަން" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އިންޑިއާއިން ދިން އެހީގެ ސަބަބުން އެފަދަ ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކައް ހައްލު ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އެފަދަ އެހީތައް ސަރުކާރުން ބޭނުން ކުރާނީ އެފަދަ ކުދިންނަށް ފައިދާ ކުރާނެ ރަނގަޅު ގޮތުގައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން އިންޑިއާއިން ފޯރުކޮށްދިން އެހީތެރިކަމަށް ނަޝީދު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާ ސަރުކާރުން ފުރަތަމަ އިންޑިޔާގެ ޒުވާނުންގެ މައްސަލަ ހައްލުކުރާށޭ ބުނޭ! ބޮވޭނެ! ބޮވެންޖެހޭނެ! މީތަ ހައްލަކީ!

    29
  2. ވިސްނާލުމަށް އެދެމޭ

    އަހަރެމެންގެ ވެރިންގެ އަނގައިންބުނާ އަޑު އަހަންބޭނުންވަނީ އަހަރެމެންގެ ޒުވާނުންގެ ކަންތައްތަ ހައްލުކޮއް ދޭނީ އަހަރެމެން ދިވެހިންނޭ ދިވެހިންގެ ބޭނުންތަ އިގޭނީ ދިވެހިންނަ..ވެރިންގެގޮތުގަ ދިވެހިންތިބެގެން..އިންޑިޔާގެ އެހީތެރިކަމާއެކު ވެރިކަން ނުހޯ ދާބަޔަކު ވެރިކަމުގަތިބެގެން..ތިބޭފުޅުންނަ ދިވެހިންނަ އައްޑޫބޮނޑިއެއްވެސް ދިވެހިންނަ ނު ދެވޭ އިންޑިޔާގެ އެހީތެރިކަމުގަނޫނީ..🤮🤮🤮🤮

    24
  3. މަގޭ މަރު

    ތިއީ މިރާއްޖޭގެ ބޮޑުމޮޔަ.

    24
    1
  4. ކާފަބޭ2020

    ތިޔައީ ނޭންގިއޮތްކަމެއްނޫން! މަޖިލީހަށްވައްދާފެއެއޮތްބިލަކީ ތިޔަކިޔާލަވައިގެފެށުން ކޮންމެހެންނޫންކަމަށްހެދިގެ ދެބޯގެރި ދުއްވައުޅޭނެކަމެއްނެތް ތިޔަކަންޖެހޭނީކުރަން ތިޔަތިބީ 1 ބިލިއަނާ 1 ލައްކައާއޮޅިފަ ކަޓުނުލިބޭނެތީ ބިލިއަނަކަށްވުރެ ލައްކައެއްގިނަވެފަ ! މެޖޯރިޓީހޯ ދައި ދިނީ މަޖިލިސްތެރެއިން އެކަންތައްތައްކުރުވަން ވީމާ ކޮންމެހެންއަލަނާސިއޭފަޅޮލޭ ކިޔާނެކަމެއްނެތް! ކިތައްއަހަރުވެއްޖެތޯ އޯޑިއޯނާ ނާދީހުރިތަން ފަޅަށް ސަރުކާރަށްއެއްވެސް ލާރިއެއްނުލިބިއޮންނަތާ؟؟؟؟؟؟

    15
  5. ބޮޑުވަޒީރު

    ކެރަފާ ނަޝީ ދު މި ބައް ދަލުވުމުގައި ބައިވެރިވުންތީ ތި ކަމުގައި ބޮޑު ކޮރަޕްޝަން ހިމެނިފައިވާ ކަމެއް

    19
  6. ޖސޖ

    ތިޔަށް ކިޔަނީ ކަންކަން ހައްލުކުރުމެއް ނޫން. ތިޔަށްކިޔަނީ މަކަރުވެރި ގޮތަކަށް މިޤައުމު ބުޑިސްޓުންގެ އަޅުވެތިކަމަށް ގެންދިޔައުން. އަމިއްލަޔަށް ޤައުމު ހިންގަން ނޭނގެންޔާ ރައްކާވޭ

  7. ޑަބިޔާ

    ގެރިއަށް އަޅުކަން ކުރަން ބުނާނީ. މުސްލިމުންނައް ގޯނާކޮއް އަންދަމުން ދާބަޔަކްށް ކޮން ކަމެއް ދަސްކޮއްދެވޭނީ. އެމީހުންގެ ހާލާގެން ނޫޅެވޭ ބަޔަކަށް ވާނެކަމެއް އޮންނާނެބާ.

  8. އަހުމަދު ނީޒް

    އިނގިރޭސިން ދިން ކަހަލަ ނުފެންނަ އެހީ އެއްބާ. އިންތިހާބު އޮތީ ކުރި މަތީ. ސަރު ކާރުގެ އޮފީސްތަ ކުން ދޭ ޚިދުމަތް ލަސްވެއްޖެ. ބޮލަށް އުނދަގޫ ޒުވާން ވިޔަފަރި ވެރިންނަށް ދަތިވާ ޤާނޫނާއި ޤަވާއިދު ތަ ކާ ހެދި މި ތިބީ ވޯޓް އަންނަ ގަޑިއަށް ބަލަން. ފަށައިގެން އުޅޭ ވިޔަފާރި ކެފޭ ތައް ދަނީ އިނދަ ޖެހެމުން. ކެތްތެރި ކަން ކޮޅުން ލައިފި. ފްލެޓްތައް ވިއް ކާލައިފި.

  9. އަހުމަދު ނީޒް

    ފުރަތަމަ ހައްޤުތަ ކުން މަހްރޫމް ވެފަވާ ކަޝްމީރާ މެދު ވިސްނާލައްވާ

  10. އިންޑިއާ އައުޓް

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

  11. ބިރަކާއިނުލާމަޖާކުރާ

    އެއީ މަސްތުވެގެންތިބެ ބިރަކާއިނުލާ މަޖާކުރެވޭނެ ތަންތަނާއި، ނާސިގެތަކާއި، ޖުވާކުޅޭނެތަންތަނާއި، އިސްލާމްދީނުގައި ހަރާމްކުރެއްވިހާކަންތައް ބޭނުންބަޔަކު ފަސޭހަކަމާއިއެކު ކުރެވޭނެ ތަންތަން ހަދާދީގެން

  12. އަހްމަދު

    ހޫ އެހެންވެދޯ މިސަރުކާރުން ޒުވާނުންގެ ފްލެޓްތައް ދިރުވާލީ ނުވަތަ ގެއްލުވާލީ އެރައީސް ބުނާކޮންމެއެއްޗެއްވެސް ރައްޔިތުން އަޑުއަހަންވާ އޭގެއިދިކޮޅައް އެއީއަބަދުވެސް އެރައީސް ޖައްސަވާނީ ޖަމަލުފޮޑި

  13. ޢަލިބޭބެ

    މޮޔަ ކަމުގެ ހިތާފައެއް ނެތްދޯ

  14. ސުވާލު

    ކުޑަކުދިންނާއި ބެހުމާއި ރޭޕުކުރުން.

  15. ނިޒާމު

    އަޅެ ދިވެހި ރައްޔިތުން އުޅޭތަ މިގައުމުގަ އުޅޭނަމަ މިސޮރައް މިހާރު މިގައުމުގަ އުޅެވިގެން ނުވާނެ ދުއްވާލެވޭނެ ކިތައްމެ ގޮތެއް އޮންނާނެދޯ...ދުއްވާލާފަވެސް ގައުމު ސަލާމަތްވޭތޯ ބަލަން އެބަޖެހޭ...އަދި މީނާއަށް ތަބާވާ ވެރިންވެސް އެބަޖެހޭ ފާހަގަ ކޮށްފަ ބަހައްޓަން ..މީ ބަލާވެރިކ ކަމެކޭ ކިޔަ ކިޔާ ތިއްބަކަސް ނުވާނެދޯ...

  16. ކަންނެލު

    އެކަން އެބައެނގޭ ނޫންތޯ މިތަނައް އެނމެ ގިނައިން ޑުރަގް އެތެރެވަނީ އިންޑިއާއިން އެވާހަކަތޯ ތިޔަވިދާޅު ވެވެނީ