ދިވެހި ފިލްމީ ދާއިރާގައި މަޝްހޫރު ކަން ހޯދި ހަސަން މަނިކު (ކޮއްޔަ ހަސަން މަނިކު)އަކީ އުފެއްދުންތެރި ހިޔާލު ތަނަވަސް ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ކޮވިޑް-19 ބަލީގައި އޭނާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވެ، މިއަދު މީސް މީޑިއަގައި އާއްމު ކުރެއްވި އަތުލިޔުމުގެ ފޮޓޯއެއްގައެވެ.

"މީގެ ތިން ހަފްތާ ކުރިން އަޅުގަނޑާއި ބައްދަލުކޮށް މީގެ އެތައް ވާހަަކައެއް ހިއްސާކުރެއްވިއެވެ. ހަސަނަކީ ވަރަށް ގިނަބައެއްގެ ތާއިދާއި ލޯބި ހޯދި ފަންނާނެއެކެވެ". ރައީސް ޕޯސްޓް ކުރެއްވި އެ ލިޔުމުގައި ވެއެވެ.

ރާއްޖޭގައި އުފެދުނު މޮޅެތި ފިލްމީ ތަރީންގެ ތެރޭގައި ހިމެނޭ ކޮއްޔަ ހަސަން މަނިކު 67، ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 10 ޖަހާކަން ހާއިރެވެ.

ކިޔުންތެރިންގެ ހިޔާލު