ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އެއްބަަސްވުންތަކެއްގައި ސޮއިކުރުމަށް މިއަދު ހަވީރު އެކުވެނި ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އިންޑިއާ އަކީ މިއަދު ދުނިޔޭގައި އެންމެ ބާރަށް ތަރައްގީ އަދި ކުރިއަރަމުން އަންނަ އެއް ގައުމު ކަމަށާއި އިންޑިއާ އަކީ އަބަދުވެސް ރާއްޖޭގެ އަވަށްޓެރި ގައުމު ކަމަށެވެ.

އެގޮތުން ރާއްޖެ އަށް ދިމާވި ކޮންމެ ކަމެއްގައި ވެސް އެންމެ ފުރަތަމަ އެހީ ފޯރުކޮށްދީފައިވަނީ އިންޑިއާ އިން ކަމަށާއި މިސަރުކާރުން ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ "އިންޑިއާ ފުރަތަމަ" އޭ ބުނަނީ އެހެންވެގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެއީ ބަގާވާތަކަށްވިއަސް، ފެން ނެތިގެން އުޅެން ޖެހުނަސް، ބޮޑު ރާޅެއް އެރިކަމުގައިވިއަސް އަދި ބަލި މަޑު ކަމަކަށް ވެކްސިން ޖަހަން ކަމުގައިވިއަސް އެންމެ ފުރަތަމަ އަޅުގަނޑުމެން ގާތަށް އަބަދުވެސް އައިސްފައިވަނީ އިންޑިއާ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ދިވެހިން އަބަދުވެސް ވިސްނަން ޖެހޭނީ ދިވެހިންގެ ރަނގަޅަށް ކަމަށާއި އެގޮތުން ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމާއި ސަލާމަތް ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގެ ކުރިއެރުން، ދިވެހި ރާއްޖޭގެ ސަލާމަތް، ދިވެހި ރާއްޖޭގެ ތަރައްގީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ގުޅިފައި އޮތީ އިންޑިއާގެ ކުރިއެރުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމާއި" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ޙާރިޖިއްޔާގައި އިންޑިއާގެ ޙާރިޖީ ވަޒީރު ޖައިޝަންކަރު އަށް ސާފު ނުވި ކަމެއް، ނޭނގުނު އެއްޗެއް ހިނގަމުން ނުދާ ކަމަށާއި ހާއްސަކޮށް އިންޑިއާ ކަނޑަށް ވެދާނެ ގޮތަކާއި ވާން އުޅޭ ގޮތްވެސް އެންމެ ސާފުކޮށް ރާއްޖެއަށް ބުނެދެމުން އަންނަނީ ޖައިޝަންކަރު ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޑަބިޔަ

    ދުނިޔޭގަވެސް އެންމެ ނާތަހުޒީބު މީހުން އުޅޭ އެއްގައުމު. ދެން ކޮން ކުރިޔެއް އަރާނީ. ގެރި ނެތިއްޔާ ނޫޅެވޭ ބައެއް. އަސްލު ވާގޮތްކީ ފައްޅިއެއް އަޅަން ބޭނުންވަނީ. ކަހީނަކު ބައިންދަން ކަލޯއަށް މޮޅުވާނެކަމަށް

    57
    1
  2. ފުތާބެއްޔާ

    އެހެންކިޔާފަ ގައުމު ތަކުން ބޭނުން ނުކުރަން އުޅޭ ވެކުސިންޑޯޒުކޮޅެއްގެ ބަދަލަށް ރާއްޖޭގެ ސަރަހައްދު ތަކަށް އިންޑިޔާ ސިފައިން އެޅުމަކީ ތަރައްގީއެއްނޫން.

    51
    1
  3. ވިސްނާލުމަށް އެދެމޭ

    ތިގޮތަށް ދެ ކުނީމަ މިހުރިހާ ދުވަހު ރާއްޖެ ހަމަ އިސް ކޮޅަށް ތެދުނުވެވިއޮތީ...ރާއްޖޭގެ ސިޔާސީވެރިންގެ ސި ކުނޑިޔަށް ވިސްނަދިންބަޔަ ކު ވިސްނަދީފަ އޮންނަނީ ތިގޮތަށް..ތަފާތުދެއް ކި ތަފާތުފެނުނު ހަމައެ ކަނި ވެރިޔަ ކީ ރޔާމީން.. އެމަނި ކުފާނަށް އެގިވަޑައިގަނޭ ދިވެހިރާއްޖޭގެ ތަރައްގީ ދިވެހިން އެދޭގޮތަށް ގެނެވޭނީ ދިވެހިން އަމިއްލަޔަށް ތަރައްގީވާންބޭނުންވެގެން ތަރައްގީހޯދަން މަސައް ކަތް ކޮއްގެން ކަން..ދެންވެސް ތަރައްގީ ގެނެވޭނީ ރ ޔާމީނަށް....އެއީ ދިވެހިންގެ ދިވެހި ރައީސެއް..

    53
    2
  4. ހުސޭނުބޭ

    އިންޑިޔާގެ އެހީއާއެކު ތަރައްޤީވުމެކޭ ކަޅުހިލަދާއެއް ބަނދެގެން މާކަނޑުގައި ފެތުމެކޭ ވާނީ އެއްވަރު!

    49
  5. މަހާތުމާ

    ޢިންޑިޔާގެ ކުރިއެރުންކަމަށް އެވެރިން ދެކެނީ ސަރަހައްދަށް އަތްގަދަކުރުމާ ލާއިންސާނީ ހުދުމުހުތާރު ވެރިކަންކުރުން.

    ބަލަ ނަސީދޫ، ދިވެހިންނަށްވެސް ބޭރުގެ ހަބަރުތައް އެގެޔޭ

    44
  6. މާމީ

    ތިބުނަނީ ކުރިއައް ވާންހުރި ކަންތައް އެނގޭމީހެކޭ ދޯ؟؟ ހާދަގަދަބޭބެ އެކޭދޯ އހެންވެ ދޯ އުތުރު ތިލަފަޅު ތިޔާ ދިނީ....

    33
  7. އޭބަލަ ނަޝީދާ

    ކަލޭގެ ޖީބަށް އިންޑިއާއިން ކިހާ ފައިސާއެއް އަޅާތަ؟

    40
    1
  8. އޯކޭ

    ކަލޭ ދޭބަލަ އިންޑިއާއަށް ތިހާ ދާހިތުން އުޅެއްޏާ އިންޑިއާ އުނގަށް ނުވެއްޓުނަސް ދިވެހިނަށް އަމިއްލަ ފައިމަތީ ކޮޅަށް ހުރެވެންވާނެ

    43
  9. ރަން ރީނދޫ

    އިންޑިއާގެ ތަރައްޤީ ގުޅިފައޮތީ ދިވެހިން އަޅުވެތި
    ކުރުމާއި. ދިވެހިން އިންޑިއާ ދުވަހަކު ނެތަސް ރާއްޖެ ތަރައްޤީ ކުރާނެ.

    14
    1
  10. ޝޮކްތެރަޕީ

    އިންޑިޔާ މީހުންގެ ޒަރޫރީ ބޭނުންތަ ނުކޮއްދީ ދިވެހިންގެ ޒަރޫރީ ބޭނުންތަ ކޮއްދެނީ ހާދަ ހެޔޮފުޅު އިންޑިޔާއެކޭދޯ؟

  11. ކެޔޮޅު

    މަރުމޯލާ އިންޑިއާއިން ރާއްޖެ ތަރައްގީއެއް ނުކުރާނެ އިންޑިއާއިން ކުރާނީ އާޚިރުގާ ރާއްޖެ އަޅުވެތި %100

    10
    1
  12. ކޮބާކަލޭ

    އިންޑިއާއިން ރާއްޖެ އަޅުވެތިކުރާ ދުވަހުން ޖާއްޖެވިއްކާ އަންނި އުޅޭނީ ލަންޑަނައްދާން އެކަމަކު އެކމަކު ހީކުރާހާ ކަމެއް ނުވާނެ މޮޔަޔާ!!!

  13. ބިސްމުހައްމަދު

    ހދ.އަތޮޅު ރައްތަށް މަތިން އިންޑިއާ ހެލިކޮޕްޓްރު ދުއްވާ ޑާހެދި މިހާރުވެސް ނިދެނީކީނޫން... ކުޅުދުއްފުށި ބަނދަރުގަ އިންޑިއާ ސިފައިންގެ މީހަކު ޑިއުޓީގަ ހުންނަތާ ދެހަފްތާ ވެއްޖެ މިހާރުވެސް

  14. ނަސީދު

    ބަލަގަ މަށޭއެންމެގިނަދުވަހު ލަންޑަނުގައި އުޅުނު ދިވެއްސަކީ އެހެންވެ މިބުނަނީ ތަރައްގީ އެންމެ ބޮޑައް އެނގޭނީ މަށަށޭ!!

    4
    1
  15. އާދަމުގެދަރި

    ދުނިޔޭގައި ތިބި އެންމެ ކަމުނުދާ އެއް ބަޔަކީ އިންޑިޔާ މީހުން. ތަނަކަށް އަތުވެއްޖިއްޔާ އެތަނަކަށް ނުހޮރުއްޕާންކުރުން ނޫން ކަމެއް ނުކުރާނެ. ރާއްޖޭގެ ތަރައްޤީއަށްވުރެ ރާއްޖޭގެ ހަލާކާ ގުޅިފައި އޮތީ. އޮޅުވާލަން ކިތަންމެ ވާހަކައެއް ދެއްކިޔަސް ތިޔަކަމެއް ބަޔަކު ގަބޫލެއް ނުކުރާނެ.

  16. ނިޒާމު

    އަމިއްލަ ގައުމު ހަމަޔައް ނޭޅުވިގެން އުޅޭއިރު
    ކޮން ރާއްޖެއަ ކާތަ މި އިންޑިއާގެ ވެރިން އަޅަިގަނެގެން މިއުޅެނީ..
    އަނެއް ކާ ގައުމު ވިއް ކާލީބާ ވިއް ކާލިވާހަކަ ..ގައުމީ ސަލާ މަތައްޓަކ ކައި ސިއްރު ކުރަނީބާ..އިބޫ ނަމަނަމަ ކަލޭ ހަންދާން ކުރާތި ކޮންމެވެސް ދުވެހެއް އިރާދަކުރެއްވިއްޔާ ރައްޔިތުންނައް ލިބޭނެ...

  17. ނާރު

    ނިހާރު ރައްޔިތުންނަށް އެގި ކަށަވަރުވެއްޖެ މިތިބަ ސަރުކާރުގައި ދިރުމެއްނެތްކަން އާ އެގެންޏާފަހެ އިންޑިއާއަށް މިޖެނީ މި ގައުމަށް ތަރައްގީގެންނަށް ދޮގެއްތަ ބަލަ އިބުރާހިމާ ކަލޭގެ ވިސްނުން ތިޔާގޮތަށް ތިޔާގޮތަށް ތިޔަހުރީ ދުނިޔޭން ބޭރުން ކިޔެވީމަތާ ދޯ

  18. ޒާ

    ތީގެ މާނައަކީ ރާއްޖެ ތަރައްގީ ނުވާނޭ

  19. އަލީރާޖާ

    ތިޔާކިޔާއެއްޗެއް ދިމަލެއްނުވޭނު އެހެންވީމަ ދޯ އިންޑިއާގެ ރައްފުށު ހިސާބް އަދިވެސް ތަރައްގީނުވެ އެއޮތީ މާތާހިރުވާނެ އިންޑިއާގެ ދަށުވެފައޭ ބިންޏަސް

  20. ހުސެން

    އިންޑިއާ ގެ ނާޗަރަންގީ އަކީ ތަަރައްޤީ އެއް ނޫން ބީތާ.ކަލެއަށް ތަރައްޤީ ފެނޭތަ؟

    12
  21. ހަވާސާ އިބޫ

    ޔާﷲ ކެރީގޭ ނަސީދުގެ ބަލާއާއި މުސީބާތުން މިގައުމާއި އިސްލާމްދީން ސަލާމަތްކުރައްވާންދޭވެ. އާމީން

  22. އަހްމަދު

    ކަލޭ ނެތި ދިއުމާ ގުޅިފަ ވަނީ ތަރައްޤީ
    އިންޑިއާގެ ތައއޕާހުގަ އުޅެގެންނެއްނޫން

  23. ކުއީން

    ދެރަވަރު ކަންކަން🙁