ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އުފެއްދި ކޮވިޝީލްޑް ވެކްސިން ޖެހި ފަހުން ނިޔާވި ދިވެހިމީހާގެ އަނބީމީހާ ވެސް އެ ވެކްސިން ޖެހި ފަހުން މިރޭ ނިޔާވެއްޖެއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އުފެއްދި "ކޮވިޝީލްޑް" ވެކްސިން ރާއްޖޭގައި ޖަހަން ފަށާފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. އެންމެ ފުރަތަމަ ވެކްސިން ޖެހި މީހުންގެ ތެރޭގައި ފްރަންޓްލައިންގައި މަސައްކަތް ކުރި މީހުންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި، ވެކްސިން ޖެހި ފަހުން ނިޔާވެފައި ވަނީ އުމުރުން 82 އަހަރުގެ އަންހެނެކެވެ. އޭނާއަކީ އިއްޔެ ވެކްސިން ޖެހި ފަހުން ނިޔާވި 93 އަހަރުގެ ފިރިހެން މީހާގެ އަނބިމީހާއެވެ.

ނިޔާވި އަންހެން މީހާ އަށް ވެކްސިން ދިނީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އަންހެން މީހާ ވެކްސިން ޖެހި ފަހުން ހުން އައިސް ވަރަށް ބޮޑަށް ބަލިވިއެވެ. އަދި އޭނާގެ ހާލު ސީރިއަސްވެގެން ގައްދޫ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެމީހާ ނިޔާވީ ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަނިކޮށެވެ.

އެމީހާއަކީ ވެސް ސިއްހީ މައްސަލަތަކުގެ ސަބަބުން ބަލި އެނދުގައި އޮންނަ މީހެއް ކަމަށްވެއެވެ.

ނަމަވެސް މި މީހާގެ މަރާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނުވަތަ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ. އެކަމަކު، މިރޭ ބާއްވާ އެޗްއީއޯސީގެ ޕްރެސް ކޮންފަރެންސްގައި މިކަމާ ގުޅޭ މައުލޫމާތު ހާމަ ކުރާނެ ކަމަށް ބެލެވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހި ފަހުން ނިޔާވި ދިވެހި ފިރިހެން މީހާގެ މަރު މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. އެޗްޕީއޭ އިން އިއްޔެ ކުރި ޓުވީޓެއްގައި ވިދާޅުވީ ނިޔާވި އުމުރުން 93 އަހަރުގެ ފިރިހެން މީހާއަކީ ސިއްހީ އެތައް މައްސަލައެއްގެ ސަބަބުން ބަލި އެނދުގައި އޮންނަތާ 10 އަހަރުވެފައިވާ މީހެއް ކަމަށެވެ. އެމީހާއަށް ވެސް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މީހާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަން ފާހަގަކޮށް އެޗްޕީއޭ އިން ވިދާޅުވީ މަރު އަދި އެ ނޫން ވެސް ބޮޑެތި ބަލިތަކަކީ ކޮންމެހެން ވެކްސިނާ ގުޅުން ހުރި ކަމަކަށް ނުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުގައި ވެސް ކޮވިޑް ވެކްސިން ޖަހާ ފަހުން، ބައެއް މީހުން ދުނިޔެ ދޫކޮށް ގޮސްފައިވެއެވެ. ރާއްޖެ އާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ އިރު، މި ބަލިން ރައްކާތެރިވުމަށް ހުރިހާ ގައުމެއްގައި ވެސް ޖަހަނީ ވެކްސިނެވެ. ދުނިޔޭގެ މަޝްހޫރު ވެކްސިންތަކުގެ ތެރޭގައި ކޮވިޝީލްޑް، ފައިޒާ، ސިނޯފާމް އަދި ރަޝިއާ އިން އުފެއްދި ވެކްސިން ހިމެނެއެވެ.

ރާއްޖޭގައި މިހާރު ހަމައެކަނި ބޭނުން ކުރަމުން އަންނަ ވެކްސިނަކީ ކޮވިޝީލްޑެވެ. އެކަމަކު، ޗައިނާގެ ސިނޯފާމް ވެކްސިން ވެސް ރާއްޖެ އަށް ވަނީ ގެނެސްފައެވެ. އެކަމަކު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ހުއްދަ ނުލިބޭތީ އަދި އެ ވެކްސިން ޖަހަން ނުފަށައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ދިނުމުން ހުން އައުމާއި ގައިގަ ރިއްސުމާއި ވަރުބަލިވުން ފަދަ ކަންކަން ކުރިމަތިވާތީ ބައެއް ގައުމުތަކުގައި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ނުދެއެވެ. ރާއްޖޭގައި ވެސް ދެމުން ގެންދާ އޮކްސްފޯޑް އާއި އެސްޓްރާޒެނެކާގެ ވެކްސިން ޖަރުމަންވިލާތުގައި އުމުރުން ދުވަސްވީ މީހުންނަށް ނުދޭގޮތައް ވަނީ ނިންމާފައެވެ. އިންޑޮނޭޝިއާގައި ވެސް އުމުރުން ދުވަސްވީ މީހުންނަށް ވެކްސިނެއް ނުދެއެވެ.

ރާއްޖެ އިން މިހާތަނަށް 64،048 މީހުންގެ ގަޔަށް ވަނީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފައެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާ ގޮތުގައި ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހާނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގެ އަދަދު 18،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، މި ބަލީގައި 60 މީހުން ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ގެރިޝީލްޑް

  އަަނެއް ކާ ކޮވިޝީލްޑް ގެ ނަމުގައި މީހުން މަރާ ވެ ކްސިންވެސް ހުރެދާނެ . ބަލާބަލަ ރަނގަޅުއެއްޗެއްތޯ؟؟

  152
  36
  • ފަރީދާ

   Unbelievable

   13
   11
 2. އަހަރެން

  ޖެހީމައި މަރުނުވާ ވައްތަރެއްގެ ވެކްސިނެއް ހުރޭތަ؟

  38
  25
  • މޮޔަ

   ޒަހަރުކޮޅެއް ބޯލާފައި ތިހެން ބުނަންވީނު " މަރުނުވާ ވައްތަރެއްގެ ޒަހަރެއް ހުރޭހޭ "

   18
   2
  • ޙަސަނު

   ބީތާޔާ އެހެންވީރުޖެހުމުގެ ބޭނުމަކީ ކޮބާ

   16
   1
 3. އަމީތާބް

  ހީވާގޮތުން ވެއްޖެއިޔާ 65ގެ މީހުންނަށް ދޭ................................................................

  20
  2
 4. އައިމިނަތު

  އިސްރަށްވެހިންގެ އެލަވަންސް

  34
  6
 5. އަލި ދީދީ

  2 ޑޯޒަށް ވާވަރަށް އެއްފަހަރާ ވެކްސިން ޖަހަނީތަ؟ ވެކްސިން ޖަހަން ތިބޭ މީހުންގެ ތަޖުރިބާއަށްވެސް ބަލަން ވާނެ.. ހަމަ އިއްޔެ މެންދުރު ސުކޫލް ނިންމާފަ އަންނަ ކުއްޖާއަށް ވާނުވާ ގިނަ ފަހަރު ނޭނގޭ..

  35
  6
 6. އަލީބަލީ

  އެއީ ވެކްސިން ދީގެން ނިޔާވި މީހެއްކަން ކިހިނެއްތޯ ހޯދީ؟ މިހާރު ވެކްސިންދީފައި އެތިބަ 60 ހާސް މީހުންވެސް ދެން މަރުވާނީ ވެކްސިން ދިން ފަހުން. އަޅުގަޑު ހަމަ ހައިރާން ވެއްޖެ.

  40
  35
 7. ސިރީން

  އިންޑިއާއިން ދޭންބާ ހިލޭ ރަނގަޅު އެއްޗެއް !؟

  41
  13
 8. ކިނބޫ

  ތި ދެ މަރުގެ ހަގީގަތް ސާފުވީމަ ނޫނީ ނުކެރޭނެ ވެކްސިން ޖަހާކަށް. މަވެސް މީ 60 އަހަރުގެ މުސްކުޅިއެއް. ދުނިޔޭގެ ބައެއް ގައުމުތަކުން މުސްކުޅިންނަށް ތި ވެކްސިން ނުދެނީ ސަބަބެއް އޮވެގެން ކަމަށް ވެދާނެ.

  62
  9
  • މީހާ

   ޙާދަ މޮޅޭ ކިނބޫ ބޭބެ.

 9. ޚިޔާލު

  ލިޔުން ކިޔާލުމުން އަދި އެޗެޕީއޭގެ ބަސމަގު ހުރިގޮތުން ވަރަށް ބޮޑަށް ވެކްސިން ދިފާއުކޮށް، މީހާގެ ބަލިމޑުކަމާއި އުމުރަށް ބްލޭމް ވާގޮތައް ވާހަކަ ހުރިކަން ފާހަގަވޭ.

  64
  10
 10. ޙަބިބު.

  ތިޔައީ އިންޑިޔާ މީހުން ދިރާސާކުރަން ފޮނުވައިގެންއުޅޭ އެއްޗެއް މޮޔަބަޔެއްކަން އެނގޭ ދިވެހި ދައުލަތާ ހަވާލުބެގެންތިބީ ދުނިޔޭގެ އެއްވެސް ތަހުޒިބީ ބަޔަކު ނުޖަހާނެ ތިޔެއް ޖަރުމަނު ފުރާންސް އިޓަލީ އެމެރިކާ ޗައިނާ ޖަޕާން އެފްރިކާގެ ގައުމުތަކަކުން ކެރަފާސް ވެކްސިނެއް ނުޖަހާނެ ހުދު މަވެސް ތިޔެއްނުޖަހާނަން

  12
  2
 11. އެކުއްޖާ

  އިއްޔެ ފިރިމީހާ، މިއަދު އަނބިމީހާ... އެހާ އާންމު ގޮތެއްނޫން މީ!!!! މުސްކުޅި އާބާދީ ނައްތާލުމާއި ދުނިޔޭގެ އާބާދީ މަދުކުރުމަކީ މާކުރިނފެށިގެންވެސް ބަޔަކު ގަދައަޅާ މަސައްކަތް ކުރާ ކަމެއް.

  20
  5
 12. ޟިސާލު

  މިވަގުތު އެއްމެ ރަނގަޅުވާނީ ދުނިޔޭގެ އެހެން ގައުމުތަކުންވެސް ހެދިހެން އިތުރު ދިރާސާކުރަން ތި ވެކްސިން ހުއްޓާލިއްޔާ.

  17
  3
 13. ބަބޫ

  10 އަހަރު އެނދުމަތީގަ އޮތްމީހެއް. އަންހެނުންވެސް އެނދުމަތީގަ. އެމީހުނަކަށް ބޭރަށް ނުދެވޭ. ދެން ކީއްކުރަންތަ އެމީހުން ގަޔަށް ވެކްސިން ޖަހަންވީ؟ އެގޭ އެހެން މީހުން ގަޔަށް ޖެހީނަ އެ ދެމަފިރިންނާހަމަޔަށް ވައިރަހެއް ނާންނާނެއްނު؟ ﷲ އެ ދެމަފިރިންގެ ފުރާނަޔަށް ހެޔޮ ރަހްމަތް ލައްވާ ދުވަރުގެ މިންވަރު ކުރަށްވާނދޭވެ. އާމީން

  30
  1
 14. ޒ

  އެންމެން މަރާ ހުސް ކޮށްފަ ޤައުމު ޙަވާލު ކުރަނީ ކީ ނޫންބާ

  12
  4
 15. ޑަކްތަރު

  އެ ދެމަފިރިންނަކީ ވެކްސިން ދިނުމުގެ ކުރިންވެސް ހަމަ ދުނިޔޭގައި ތިބިކަން ނޫން ދެވަނަ ހާލެއް ނެތް ފަދަ ގޮތަކަށް ތިބި ބަޔެއް. މާނަ އަކީ އަމިއްލަ ބާރުގަ އެއްވެސް ހަރަކާތެއް ނެތި ވާހަކަ ނުދެއްކި އެނދުމަތި ވެފަ ތިބި ދެމީހެއް. އެފަދަ ޙާލުގައި ތިއްބާ ވެކްސިން ދިންއިރު ވިސްނާލިބާ!

  23
  • ވަޒީރެއާލާ

   އެޗްޕީއޭއިން ޑޮކްޓަރުން މެދުވެރިކޮށް އެކިގޮތްގޮތަށް މިވެކްސިންގެ މޮޅުވާހަކަ ދައްކުވާ ކޮންމެހެންވެސް ވެކްސިން ޖަހަން އެދަނީ މަސައްކަތް ކުރަމުން. ހީވާކަހަލަ މިވެކްސިން ނުޖަހާ ހުއްޓާ މަރުވެއްޖެނަމަ އެމީހަކު ސުވަރުގެ އަށް ނުވަދެވޭނެހެން. އެހެންވީމާތާ ބަލިހާލު ބޮޑުވެގެންގޮސް އަދުތޯ މާދަންތޯ ވެފައި ތިބި މީހުނަށް އެވަރަކުން މި ވެކްސިން ޖަހަން އެޗްޕީއޭއިން އެ ތެޅިބާލަނީ.

   8
   2
 16. ހަސަދު

  އުމުރުން 92 އަހަރުގެ މީހަކަސް ވެކްސިން ދިނީ ކީއްކުރަންބާ!!!.

 17. އަހްމަދްފުޅު

  ވެކްސިން ދިން މީހަކު ސީރިއަސް ހާލަތަކަށް ނުދާކަމަށް ނަޒުލާ ބުނިއަޑު އެހިން.

 18. ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

  ތަފާތުއެކި ބަލިތައް ހުރި މީހުނަށް ވެކްސިން ދިންފަހުން މަރުވެއްޖެނަމަ މަރުވީ ވެކްސިންގެ ސަބަބުންކަމެއް ޔަގީނެއް ނުކުރެވޭ. އެކަމަކު ތަފާތުބަލިތައް ހުރި މީހުނަށް ކޮވިޑް ޖެހުމަށްފަހު މަރުވެއްޖެނަމަ ކޮވިޑްޖެހިގެން މަރުވިކަން ޔަގީން. މީއަރަތެއްނޫންތަ؟ ނަޒުލާމެން ހީކުރަނީ ތިމާމެން ނޫން އެހެންމީހުންނަކީ މޮޔައިންކަމަށްތަ؟

 19. އޭނަ

  ވެކްސިން ޖުހިފަހުން މަރުވީމަ އެބުނީ ވެކްސިން ޖަހައިގެންމަރުވިއްޔޭ. ނުޖަހާ ހުއްޓާ މަރުވިނަމަ ބުނާނީ ވެކްސިން ނުޖެހީމަ މަރުވިއްޔޭ. ދެން މި ގައުމުގަ ވާނީ މުޅިންވެސ ވެކްސިން މަރު ތޯއްޗެއް.. މަގޭ ނަޒަރުގަ އެހާ ބޮދަށް ބަލިވެ އުޅޭ މުސްކުޅިނނަކަށް މި ޖަހާނެ ކަމެއް ނެތް.. ކޮންމެ ވެކްސިން އަކީވެސް ސައިޑް އިފެޗްޓް ހުންނަ އެއްޗެއް..

 20. ދެވަންސޫރަ

  މުސްކުޅި ބަލި ވެފަ ތިބޭ ބައެއް ގަޔަށް ވެކްސިން ޖަހާނީ ގަސްތުގަ އެމީހުންނަށް އިތުރު ތަކްލީފްތަކެއް ދިނުމަށް. ވެކްސިން ޖެހިފަހުން ހުންއައިސް އުނދަގޫވާ ވާހަކަ އެ ބުނަނީ. މުސްކުޅިންނަަށް ހުމާ ކެއްސުމާ އެކި އެކި އުދަގޫތަކުން ހަށގަނޑު ދިފާއުކުރަން އުނދަގޫވާނެ. ވީއިރު ވެކްސިން ދީގެން ގަސްތުގަ އެމީހުންނަަށް ތިޔަ އަނިޔާކުރަނީ. އަޅެ މިރާއްޖެގަ ސިއްޙީ މީހުން އެވަރުވެސް ވިސްނާނުލަނީތަ. އެދުމަތިވެފަ ގޭގައި ރައްކާތެރިކޮން ތިބޭ ބައެއް ގަޔަަަށް ވެކިސިން މި ދެނީ ވެކްސިން ގިނަވީތަ.

 21. ސޮއްބެ

  މީގެން ވެސް ދޭހަ ކޮއްދެނީ ރާއްޖޭގައި ތިބީ ތަނެއް ދޮރެއް ނޭނގޭ ގަނާރު ވާނުވާ ބުރާންތި ޑޮކްޓަރުންނާއި ހެލްތު ވޯކަރުން ކަން... ހެޔޮވެސް ނުވާނެ ދޯ މުސްކުޅި މުސްކުޅި މީހުނަށް މާބައިވަރު ތަހުލީލުތަކެއް ކުރެވިފައި ނެތް ވެކްސިނެއް ދޭން... އަދި އެއީ މާލެއިން ބެރު ރިސްކެއްވެސް ނެތް ރަށެއްގައި ހުރި މީހެއް... ކީއްކުރާކަށް އެމީހާއަށް ވެކްސިން ދޭންވީކީ... ކިހާ ދެރަކަމެއް. މިކަހަލަ ކަންތައްތަކާއޭ މަމެން ރުޅި އަންނަނީ...

 22. ނަައީމް

  ތިޔަވެކްސިނުން ކުރާފައިދާ އަކީ އަވަހާ މުސްކުޅިވުމާއި މުސްކުޅިން އަވަހާ މަރުވުމެވެ. މިވަގުތު ދިވެހިރާއްޖޭގައި ހިންގާ މެގް ޕުރޮޖެކްޓަކީވެސްމީ . ހީހީ ހަލާކު މަނުވީ ކިރިޔާ ރައްޔިތުންނޭ ވިސްނާލަބަލަ މީވެސް ގައުމެކޭ ބޭކާރު5އަހަރު މީތާ ބޭނުނަވާގޮތަކީ މިވެރިންބާލަންހިގާބަލަ ބާލައިގެންނޫނީ ނެތޭ ކުރިމަގެއް މިވެރިން ބާލާ ފަ ރާއްޖެއިންބޭރުގަ ބައިތިއްބާފާ ރާއްޖެ ތަރައްގީކޮއްފާ ގެންނާނީ ހިގާބަލަ ދާން މިވެރިން ބާލަން

 23. ޣަލަތު

  މަރުވި އަންހެން މީހާއަކީ ފިނޭންސް މިނިސްޓަރުގެ މާމަ. އެހެންވީމާ މިނިސްޓަރ އަމީރުގެ މާމަ އާއިކާފަ ނިޔާވުމުގެ ހިތާމައިގަ ބައިވެރިވެ އަމީރަށް ތައުޒިޔާ ފޮނުވަން.

  • ލޮލް

   ތިބުނާ މީހާގެ ޝަރުޢީ ކާފައެއް ނުހުރެޔޯ..! ލޮލް

 24. ކޮވިޑް

  ޢިންޑިއާ އިން އުފެއްދިޔަސް މި ކޮވިޝީލްޑް އަކީ އޮކްސްފޯޑް ޔުނިވަސިޓީ ގެ އަސްޓްރާ ވެކެންޒާ ވެކްސިން. ޢެތަކެއް ތަހުލީލް ތަކެއްފަހު ނެރެފައިވާ ވެކްސިން އެއް. ޙުރިހާ ކަމެއްގަ އަހަރެމެންގެ ވާހަކަ ދެއްކުން ރަގަޅުކުރަން ވެއްޖެ. ދުނިޔޭގަ ބާކީ ތިބި އެންމެންނަކީ ގޯސް ބަޔަކައް ނުހަދާ، ދުނިޔޭގަ އެންމެންވެސް އެއްބައިވަންތަ ކަމާއެކު އަޅާލައިގެން އުޅޭ ބައެއްކަމައް ދެކެން ޖެހޭ. ނޭގޭ ވާހަކަ ދައްކާ ފަތުރާ ފިތުނަ ފަސާދަ އައް ނުހަދަމާތޯ. ﷲ ތައާލާ ހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވޭ. ސަލާމް

  1
  2