އައްޑޫ ސިޓީ މީދޫގައި ވަކިތަރުތީބެއް ނެތި (ރެންޑަމްކޮށް) ނެގި ސުންކުތަކުގެ ތެރެއިން ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ވަކިތަރުތީބެއްނެތި މީދޫން ނެގި ސުންކުތަކުގެ ތެރެއިން ކޮވިޑަށް ފައްސިވެފައި ވަނީ ދެ ދިވެހިންނެވެ. އެ ދެ މީހުންނަކީ ވެސް އެއް ގެއެއްގައި ދިރިއުޅެމުންދިޔަ ދެ މީހުންނެވެ.

އެ ދެ މީހުންނާއި ގާތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އައްޑޫގައި މިހާރު ވެސްކޮވިޑްގެ ދެ އިހަލެއް އުފެދިފައެވެ. އެދެއިހަލުން 64 މީހަކު ފައްސިވެފައިވާއިރު، 200 އަށް ވުރެ ގިނަ ކޮންޓެކްޓުން ފާހަގަ ކުރެވިފައި ވެއެވެ.

މިހާރު ގިނަ ބަޔަކު އައްޑޫން ފައްސިވެފައި ވާތީ ހަފްތާއެއްގެ މުއްދަތަށް އައްޑޫ އިން އަންނަނީ ވަކިތަރުތީބެއްނެތި ސުންކު ނަގަމުންނެވެ.

ފާއިތުވި ގާތްގަނޑަކަށް މަހެއްހާ ދުވަހު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައިޝާ

    އެހެންކަމަށްވާނަމަ ބަލި ރަށުތެރެއަށް އިތުރަށް ނުފެތުރެނީސް މިކަން ބަލައި ޕޮޒިޓިވްވި މީހުންނާއި ގާތުން ބައްދަލުވި މީހުން ހޯދާ އެމީހުން އެކަހެރިކުރުމަކީ މިކަންކަން ބަލަން ހަވާލްވެ ތިއްބެވި ބޭފުޅުން އަވަސްވެގަންނަން ޖެހޭކަމެއް
    މިހެން މިދެންނެވީ އެމްޓީސީސީ ސައިޓުންވެސް ފުރަތަމަ ޕޮޒިޓިވްވި މީހުން ބަޔަކާ ކޮންޓެކް ނުވާކަމަށް ބުނުމުން އެތަން ދޫކޮށްލުމުން ރަށުތެރޭގައި މަސައްކަތް ކުރަން އުޅުނު އެމީހުންގެ އެތައްބަޔަކު އެފަހަރުވެސް ޕޮޒިޓިވްވެ ރަށުގެ މީހުން އެކަމާ ކަންބޮޑުވެ ރަށުމީހުން ރަށު ބަންދުވާން ޖެހުނު