ކ. އަތޮޅު ގުރައިދޫން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ. އެރަށުން ފައްސިވެފައި ވަނީ އެއް އާއިލާއެއްގެ އަށް މީހެކެވެ،

އެއީ މާލެ އިން އައިސް އެރަށުގައި ކަރަންޓީންވެގެން ތިބި ބައެކެވެ.

"ވަގުުތު"އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް ނައިބް ރައީސް އިބްރާހިމް ޝަލީޒް ވިދާޅުވީ، އެރަށުން ފައްސިވެފައި ވަނީ މާލެ އިން އައިސް ކަރަންޓީންގައި ތިބި އެއް އާއިލާއެއްގެ އަށް މީހުން ކަމަށެވެ.

އަދި އެ މީހުން ފައްސިކަން އެނގުނީ ބަލީގެ އަލާމަތްތައް ފެނިގެން، އެ މީހުންގެ އެދުމުގެ މަތިން ޓެސްޓު ކުރުމުން ކަމަށްވެސް ޝަލީޒް ވިދާޅުވިއެވެ.

ޝަލީޒް ވިދާޅުވިގޮތުގައި، އެ މީހުން ކަރަންޓީންގެ މުއްދަތު ނިމެން އަދި ދެ ތިން ދުވަސް އެބަ އޮތެވެ. އެހެން ނަމަވެސް މިހާެު އެ މީހުން ފައްސިވުމާއެކު އިތުރު މުއްދަތަކަށް އެ މީހުން ކަރަންޓީން ކުރާނެ އެވެ.

އޭނާ ވިދާޅުވިގޮތުގައި، މިއީ ކުރިން އެރަށުން ފައްސިވި މީހާއާ ގުޅުން ހުރި މީހެއް ބައެއް ނޫނެވެ. ކުރިން އެރަށުން ފައްސިވި މީހާއާ ގުޅިގެން އެރަށަށް އަރާ ފޭބުން މަނާ ކުރިއެވެ. ނަމަވެސް މިހާރު އެރަށް ވަނީ މޮނީޓަރިންގ އިން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލަފާ

    ލަފާ ކުރެވެނީ ޓާބޫ ފެމިލީ އަކަ