ހެލްތް އެމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގަމުންދާ ދަރުބާރު ގެއިން ހަ މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑައިރެކްޓަރ އަހުމަދު ނާސިރު ވިދާޅުވީ، ބަލި ފެތުރިފައިވާ ތަނެއްގައި މަސައްކަތް ކުރަމުންދާއިރުގައި، ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަރާތްތައްވެސް ފައްސިވަމުންދާ ކަމަށެވެ.

އެގޮތުން ދަރުބާރުގޭގައި ކޮވިޑާއި ދެކޮޅަށް މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އިހަލެއް (ކްލަސްޓާއެއް)އުފެދިފައިވާ ކަމަށް ނާސިރު ވިދާޅުވިއެވެ. އޭނާ ވަނީ މި މަސައްކަތުގައި އުޅުނު ހަ ފަރާތެއް ފައްސިވެފައިވާ ކަމަށް ވިދާޅުވެފައެވެ.

"އެ ހަ ފަރާތެއް ފައްސިވުމައި ގުޅިގެން އެ ފަރާތްތަކާއި ގާތުން އެއްތާވި 29 މީހަކު ހިމެނޭ، މިފަރާތްތައް މިހާރު ވަނީ ކަރަންޓީން ކުރެވިފައި އަދި ދަރުބާރު ގޭގެ އެތެރެ ރައްކާތެރިކަމުގެ ފިޔަވަޅު ވަނީ ވަރުގަދަކޮށް ކަންތައްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ". ނާސިރު ވިދާޅުވިއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ފައްސިވެފައި ވަނީ 145 މީހެކެވެ. މިއާއެކު މިހާރު ރާއްޖެއިން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 18،612 އަށް އަރާފައެވެ.

ރާއްޖެއިން މިހާރު މި ބަލީގައި 60 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސުވާލު

  ވެކްސިން ނުޖަހަނީތަ؟

 2. ދާނިޝް

  އެޗްއީއޯސީގަ މަސެއްކަތް ކުރަން ޖެހެނީ ނުލާހިކު ކައިރި ކައިރީގަ... އެއްވެސް ވަރަކަށް ގައިދުރު ކަމެއް ނެތް... އެތަނަށް ވަދެ ވުނީތީ ބިރުން ފިއްކަޑައިގެން ދާވަރު ވޭ ރައްކާތެރި ކަމުގެ ފިޔަވަޅުތަށް ދަށް ކަމުން... އެތަން މިތަނުން، ސަރުކާރުގެ އޮފީސްތަކާ، މުއައްސަސާތަކާ އެކިއެކި ތަންތަނުން ވޮލެންޓިރުން ގެނެސް ގެން އުޅޭއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަށް އެހާ ދަށް... ވަންނަ އިރު ވެސް ފެންނާނެ ދެތިން ކުއްޖަކު މާސްކް ދަށްދޮޅީގަ އަޅުވައިގެން ދަރުބާރުގެ ތެރޭގަ އުޅޭތަން... ސެނިޓައިޒަރ ފުޅިއެއް ހާ ހިސާބުވެސް ނެތް... އެޗްޕީއޭ އިން އެޗްއީއޯސީގެ ރައްކާތެރިކަމުގެ ފިަޔަވަޅުތަށް ބަލައިފިއްޔާ ޖޫރިމަނާ ކުރަން ޖެހޭ މީހުން ގިނަވަނެ.. ވަރަށް ދެރަ ކަމެއް މިއީ

 3. ވިސާމް

  އެޗްއޯސީ އަކީ އެންމެ ރައްކާތެރިކަން ކުޑަ އެއް ތަން... ތިން ފޫޓު ކީއްކުރަން 1 ފޫޓް ވެސް ދުރުމިން ނުބަހައްޓާ ތަނެއް... ތިތަނަށް މަސެއްކަތް ކުރަން ދާ ވޮލެންޓިއަރުން އެހާ ވަރަށް ކެއްސާ، ރޯގާގެ އަލާމާތްތަށް ހުއްޓާ ވެސް ނިކުންނަން އެންގީމަ ނިކުމެ އެތިބެނީ، ދެން ކިހާ ނުރައްކާތެރި ވާނެ

 4. ލލ

  ކަރަޕްޝަނަށް ޕޮޒިޓިއުވީ !

 5. ސޯލިހުބޭ

  ފިޔަވަޅުތައް ވަރުގަދަ ވެގެންގޮސް ތިޔަ ފައްސިވީ.

 6. ކޮވިޑް

  ތިތަން އުވާލާ މިހާރުން މިހާރަށް